އަވަހަށް ހަލާކުވާ ކާބޯތަކެތި އައްޑޫއަށް ދާއިމީ ގޮތެއްގައި ގެންދެވޭނެ އިންތިޒާމު ހަމަޖައްސަނީ

އަދި ލަކުނޑި ބޯޓުފަހަރުގައި ޕެރިޝަބަލް މުދާ ފޯރުކޮށްދިނުމުގެ ބަދަލުގައި އަންނަ ޖުލައި 1 ވަނަ ދުވަހުން ފެށިގެން އެ ހިދުމަތް ފޯރުކޮށްދޭ އިންޑިއާގެ ފައިންސް ގުރޫޕުން ހިދުމަތް ފޯރުކޮށްދޭނީ ދަގަނޑު ބޯޓުފަހަރު ބޭނުންކޮށްގެން ކަމަށް އޭނާ ވިދާޅުވި

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް: ހިދުމަތް ކުރައްވާ ކާމިޔާބީއާ ހަމައަށް ވަޑައިގަތުމަށް ދިގު ދަތުރެއް ކުރެއްވެވި ހާއްސަަ ބޭފުޅެއް

އަވަހަށް ހަލާކުވަ ކާބޯތަކެތި ދާއިމީ ގޮތެއްގައި އައްޑޫ ސިޓީއަށް ލިބޭނެ އިންތިޒާމު ޖުލައި އެއްވަނަ ދުވަހުން ފެށިގެން ހަމަޖެހޭނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން ބުނެފި އެވެ. 

އެމްޕީއެލްސްގެ ސީއީއޯ މުހައްމަދު ވަޖީހު ފޭސްބުކުގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫއަށް ޕެރިޝަބަލް މުދާ ކުރިން އުފުލަނީ ލަކުނޑި ބޯޓުގައި ކަމަށްވާތީ، އެ ހިދުމަތް ލިބެނީ ވަކި ދުވަސްވަރެއްގައި ކަމަށެވެ. 

އިތުރަށް ވަޖީހު ވިދާޅުވީ އަހަރު ތެރޭ ވަކި ދުވަސްތަކެއްގައި ޕެރިޝަބަލް މުދާ އައްޑޫއަށް ގެންދެވޭ ގޮތަށް ހިދުމަތް ބައްޓަންވެފައި އޮތުމުން އަހަރުގެ ގިނަ ދުވަސްވަރު އައްޑޫއަށް އެ މުދާ ފޯރުކޮށްނުދެވޭ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން އަހަރުގެ ބޮޑު ބައެއްގައި އެފަދަ މުދާ އައްޑޫއަށް ގެންދަނީ މާލެއިންނެވެ. 

ވަޖީހު ވިދާޅުވި ގޮތުގައި ޕެރިޝަބަލް ކާގޯ އައްޑޫއަށް ދާއިމީ ގޮތެއްގައި ފޯރުކޮށްދިނުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްގެންދެވޭނެ ގޮތެއް އިންތިޒާމު ކުރުމަށް އެމްޕީއެލްއާއި، ހިތަދޫ ރީޖަނަލް އެއާޕޯޓުން ކުރި މަސައްކަތް ކާމިޔާބުވެފައިވާ ކަމަށެވެ. 

އަދި ލަކުނޑި ބޯޓުފަހަރުގައި ޕެރިޝަބަލް މުދާ ފޯރުކޮށްދިނުމުގެ ބަދަލުގައި އަންނަ ޖުލައި 1 ވަނަ ދުވަހުން ފެށިގެން އެ ހިދުމަތް ފޯރުކޮށްދޭ އިންޑިއާގެ ފައިންސް ގުރޫޕުން ހިދުމަތް ފޯރުކޮށްދޭނީ ދަގަނޑު ބޯޓުފަހަރު ބޭނުންކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ. 

ވަޖީހު ވިދާޅުވެފައިވަނީ ހިދުމަތް ދަގަނޑު ބޯޓުފަހަރު ބޭނުންކޮށްގެން ފޯރުކޮށްދޭން ފެށުމުން އަހަރުގެ ހުރިހާ ދުވަސްވަރެއްގައި މެދުކެނޑުމެއް ނެތި ޕެރިޝަބަލް ކާގޯ އައްޑޫއަށް ލިބޭނެ ކަމަށެވެ. އެ ބޯޓުތަކުން އާންމުކޮށް ގެންނާނީ ބިހާއި، އަލުވިއާއި، ފިޔައި އަދި ތަރުކާރީގެ ބާވަތްތަކެވެ. 

ޕެރިޝަބަލް މުދަލުގެ އިތުރަށް އައްޑޫ ރައްޔިތުން އިންޑިއާއިން އެ ސިޓީއަށް ގެންނަން ބޭނުންވާ އާންމު މުދަލާއި، ކާބޯތަކެތީގެ އެހެނިހެން ބާވަތްތައް ގެނެވޭނެ ކަމުގައިވެސް ވަޖީހު ވިދާޅުވި އެވެ. 

ވަޖީހު އިތުރަށް ވިދާޅުވީ އަލަށް ފަށާ ދަގަނޑު ބޯޓުގެ ދަތުރުތައް ރާވަނީ ކޮންމެ 10 ދުވަހަކާއި 15 ދުވަހަކުން އައްޑޫއަށް ބޯޓެއް ދަތުރު ކުރާ ގޮތަށް ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.