އީދުގެ ތަހުނިޔާ ރައީސަށް މޯދީ އަރިސްކުރައްވަައިފި

އީދު ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒަށާއި ދިވެހިރާއްޖޭގެ ސަރުކާރަށާއި، ރައްޔިތުންނަށް މޯދީ ތަހުނިޔާ ވިދާޅުވެފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ: ދެ ބޭފުޅުންނާއި ދެ ގައުމުގެ ގުޅުން ވަނީ ރަނގަޅުވެފައި

އަޟްޙާ އީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް ތަހުނިޔާއާއި މުބާރަކުބާދީގެ މެސެޖެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފޮނުއްވައިފި އެވެ. 

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އީދު ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒަށާއި ދިވެހިރާއްޖޭގެ ސަރުކާރަށާއި، ރައްޔިތުންނަށް މޯދީ ތަހުނިޔާ ވިދާޅުވެފައިވާ ކަމަށެވެ. 

އަދި އީދުގައި އެކުލެވޭ ގުރުބާންވުމާއި ރަހުމަތާއި އުހުއްވަތްތެރިކަމުގެ އަގުކުރުންތަކަށް މޯދީގެ މެސެޖުގައި އަލިއަޅުވައިލައްވާފައިވާ ކަމަށެވެ. އަދި މި އަގުކުރުންތަކަކީ ސުލްހަވެރި ގިނަ ފިކުރުގެ މީހުންގެ ޝާމިލުވުން އޮންނަ ދުނިޔެއެއް ބިނާކުރުމަށް ކޮންމެހެން މުހިއްމު އަގުކުރުންތަކެއްކަން މޯދީ ފާހަގަކުރެއްވި އެވެ. 

އިތުރަށް މޯދީގެ މެސެޖުގައި ފާހަގަކުރައްވާފައިވަނީ އިންޑިއާގެ ގިނަ ސަގާފަތް އެކުލެވޭ ތަރިކައިގެ ބައެއްގެ ގޮތުގައި ފުޅާ ދާއިރާއެއްގައި އިންޑިއާގެ އެކި ކަންކޮޅުތަކުގައި އީދު ދުވަސް ފޯރިއާއި ޖޯޝާއެކު ފާހަގަކުރަމުންދާ ކަމަށެވެ. 

އިންޑިއާއާއި ރާއްޖޭގެ ގުޅުން ކުރިއަށްވުރެ ބަދަހިވެ ރައީސް މުއިއްޒާއި ބޮޑުވަޒީރު މޯދީގެ މެދުގައި ގާތް ގުޅުމެއް އުފެދިފައިވަނީ މޯދީ ތިންވަނަ ދައުރަކަށް އިންޑިއާގެ ބޮޑުވަޒީރުކަމަށް އިންތިހާބުވެ ވަޑައިގެން މަގާމުގެ ހުވައިކުރެއްވި ރަސްމިއްޔާތަށް ރައީސް ކުރެއްވި ދަތުރުފުޅާ އެކުއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.