ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި 213 ބިލު، މުޅިން އާ 78 ބިލެއް

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ 213 ބިލުގެ ތެރޭގައި، މުޅިން އަލަށް އެކުލަވައިލާ ހުށަހަޅާ 78 ބިލެއް ހިމެނެ އެވެ.

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް: އިންތިގާލީ އޮފީހުން ބަދަލުހޯދައިދޭން ނިންމި 30 މައްސަލައެއް އޭޖީ އޮފީހުގައި އެބަ އޮތް --

ކުރިއަށް އޮތް ފަސް އަހަރަށް ސަރުކާރުން އެކުލަވައިލާފައިވާ ލެޖިސްލޭޓިވް އެޖެންޑާގައި 213 ބިލެއް ހުށަހަޅަން ހިމެނޭ ކަމަށާއި، އެއިން 78 ބިލަކީ މުޅިން އަލަށް ހުށަހަޅާ ބިލުކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެފި އެވެ. 

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާއާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބަންޑާރަނައިބުގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަނައިބު އަހްމަދު އުޝާމު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލާފައިވާ ލެޖިސްލޭޓިވް އެޖެންޑާ މިއަދު ވަޒީރުންގެ މަޖިލީހަށް ހުށަހަޅައި އެ އެޖެންޑާއަށް މަޖިލީހުން ރުހުންދީފައިވާ ކަމަށެވެ. 

އުޝާމު ވިދާޅުވި ގޮތުގައި ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭނީ މައިގަނޑު ގޮތެއްގައި ހަ ދާއިރާއެއްގެ ބިލުތަކެވެ. އެއީ: 

  • 1.ސަރުކާރުގެ މެނިފެސްޓީގައި ހިމެނޭ ވައުދުތަކާ ގުޅިގެން އެކުލަވައިލަންޖެހޭ ބިލުތައް
  • 2.ގާނޫނުއަސާސީގެ ދަށުން އެކުލަވައިލަންޖެހޭ ބިލުތަކާއި ގާނޫނުއަސާސީއާ ތައާރުޒުވާތީ އިސްލާހު ކުރަން ނުވަތަ ގާނޫނުތަކާ ގުޅޭ ބިލުތައް
  • 3.ދައުލަތުގެ އިދާރާތަކުގެ މަސައްކަތްތައް ހިންގުމުގެ ގާނޫނެއް ހެދިފައި ނެތިފައި ކޮންމެހެން ގާނޫނަކުން ބާރު ލިބިދޭންޖެހޭ ކަންކަމާ ގުޅޭ ބިލުތައް
  • 4.ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހއްލުކުރުމަށްޓަކައި އިސްލާހު ގެންނަންޖެހޭ ގާނޫނުތަކާ ގުޅޭ ބިލުތައް
  • 5.ޒަމާނާ ނުގުޅޭތީ އިސްލާހު ގެންނަންޖެހޭ ނުވަތަ އުވައިލަންޖެހޭ ގާނޫނުތަކާ ގުޅޭ ބިލުތައް
  • 6.ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކަށް ރާއްޖެއިން އަމަލުކުރުމަށްޓަަކައި އެކުލަވައިލަންޖެހޭ ބިލުތައް

ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ބިލުތަކުގެ ތެރޭގައި ދުސްތޫރީ އަދި ގާނޫނީ ކަންކަމާ ގުޅޭ 15 ބިލަކާއި ދައުލަތް ހިންގުމާ ގުޅުންހުރި 9 ބިލަކާއި، ހައްގުތަކާއި މިނިވަންކަމާ ގުޅުންހުރި 8 ބިލާއި، އިސްލާމްދީނާއި ގައުމިއްޔަތާ ގުޅުންހުރި 8 ބިލާއި، ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ 15 ބިލާއި، ސިއްހަތާއި ދުޅަހެޔޮކަމާ ގުޅުންހުރި 11 ބިލެއް ހިމެނެ އެވެ. 

އޭގެ އިތުރަށް ކޮރަޕްޝަނާއި ކުށްކުރުން ހުއްޓުވުމާ ގުޅޭ 22 ބިލަކާއި އާއިލާއާ މުޖުތަމައާ ގުޅުންހުރި 20 ބިލަކާއި، ފައިސާއާއި މާލީ ކަަންކަމާ ގުޅުންހުރި 22 ބިލެއް ހިމެނެ އެވެ. އަދި ޒަމާނާ ނުގުޅޭތީ އުވައިލަން ނުވަތަ އިސްލާހުކރުަންޖެހޭ ގާނޫނުތަކާ ގުޅޭ 26 ބިލެއް ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނެ އެވެ. އަދި ވިޔަފާރިއާއި އިގުތިސާދުގެ ދާއިރާގެ 22 ބިލެއް ހުށަހަޅަން ހިމެނިފައިވެ އެވެ. 

ވިހިވަނަ ރއްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރަށް ސަރުކާރުގެ ފަރާތުންވަނީ 37 ބިލެއް ހުށަހަޅާފަ އެވެ. އުޝާމު ވިދާޅުވި ގޮތުގައި އެ ބިލުތަކުގެ ތެރެއިން ތިން ބިލަކީ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ބިލުތަކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.