މިނިސްޓްރީތަކާއި ކުންފުނިތަކުން ކައުންސިލުތަކާ މުއާމަލާތްކުރާނެ ފޯކަލް ޕޮއިންޓުން ކަނޑައަޅަނީ

ވަޒީރު ފާހަގަކުރެއްވި ގޮތުގައި މިނިސްޓަރީތަކާއި ކުންފުނިތަކުން ކައުންސިލުތަކާ މުއާމަލާތްކުރާނެ ހާއްސަ ފޯކަލް ޕޮއިންޓުން ކަނޑައެޅިގެން ދިއުމަކީ، އެކަމުގެ ސަބަބުން ސަރުކާރާއި ކައުންސިލުތަކާއި، ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިވާނެ ކަމެކެވެ.

މިނިސްޓަރު އާދަމް ޝަރީފު އަދި މިނިސްޓްރީގެ ބައެއް އިސްވެރިންނާއި ކައުންސިލަރުން، ފޮޓޯ: އެކްސް

ސަރުކާރުގެ މިނިސްޓްރީތަކާއި ދައުލަތުގެ ކުންފުނިތަކުން ލޯކަލް ކައުންސިލުތަކާ މުއާމަލާތްކުރާނެ ފޯކަލް ޕޮއިންޓުންތަކެއް އައްޔަންކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. 

މިނިސްޓަރ ފޯ ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފު އުމަރު މިއަދު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކައުންސިލުތަކަށް ބޭނުންވާ މައުލޫމާތު ފަސޭހައިން އަވަހަށް ލިބޭނެ އިންތިޒާމު ހަމަޖައްސައި، ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކާއި ކައުންސިލުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. 

އެ ނިޒާމު ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދާ މަސައްކަތަކީ ސަރުކާރުގެ ކުންފުނިތަކާއި، ދައުލަތުގެ ކުންފުނިތަކުން ކައުންސިލުތަކާ މުއާމަލާތްކުރާނެ ވަކި ފޯކަލް ޕޮއިންޓުންތަކެއް އައްޔަންކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

ވަޒީރު ފާހަގަކުރެއްވި ގޮތުގައި މިނިސްޓަރީތަކާއި ކުންފުނިތަކުން ކައުންސިލުތަކާ މުއާމަލާތްކުރާނެ ހާއްސަ ފޯކަލް ޕޮއިންޓުން ކަނޑައެޅިގެން ދިއުމަކީ، އެކަމުގެ ސަބަބުން ސަރުކާރާއި ކައުންސިލުތަކާއި، ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިވާނެ ކަމެކެވެ. 

އިތުރަށް އޭނާ ވިދާޅުވީ މިފަދައިން ކައުންސިލުތަކާ މުއާމަލާތްކުރާނެ ފޯކަލް ޕޮއިންޓުންތަކެއް މިނިސްޓްރީތަކާއި ކައުންސިލުތަކުގައި އައްޔަންކުރެވުމުން ކައުންސިލުތަކާއި ސަރުކާރުގެ ހިންގުމުގެ ދުވެލި ހަލުއިވާނެ ކަމަށެވެ. 

މިއީ ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން ކައުންސިލުތަކާ މުއާމަލާތްކުރާނެ ފޯކަލް ޕޮއިންޓުންތަކެއް ކަނޑައެޅި ކައުންސިލުތަކަށް މައުލޫމާތު ލިބޭނެ އަދި އެ އިދާރާތަކާއި ކުންފުނިތަކާއެކު މުވާސަލާތުކުރެވޭނެ މިފަދަ ނިޒާމެއް އެކަށެއެޅިގެންދާ ފުރަތަމަ ފަހަރެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.