މަގުސަދަކީ އަޅާލުންތެރި މުޖުތަމައެއް އުފެއްދުން: މިނިސްޓަރު

މިނިސްޓަރު ވިދާޅިވީ އެ މިނިސްޓްރީގެ މައިގަނޑު މަސްއޫލިއްޔަތަކީ މުޖުތައުގެ ހުރިހައި އެންމެންނާ ބައްދަލުކޮށް ގާތުން ހާލަތު ބަލައި އޮޅުންފިލުވައި، އެއްވެސް މީހަކަށް ދައުލަތުގެ ފަރާތުން ކޮށްދެވޭނެ ކަމެއް އޮތްނަމަ އެކަމެއް ކޮށްދިނުން ކަމަށެވެ.

މިނިސްޓަރ ޑރ އައިޝަތު އަލީ ޝިހާމް

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓުން ފަށާފައިވާ މަސައްކަތްތަކުގެ މަގުސަދަކީ އަޅައިލުންތެރި އޯގާތެރި މުޖުތަމައެއް އުފެއްދުންކަމަށް މިނިސްޓަރު ޑރ.އާއިޝަތު ޝިހާމު ވިދާޅުވެއްޖެއެވެ. 

މިނިސްޓަރު މިފަދައިން ވިދާޅުވީ އެ މިނިސްޓްރީން ފަށާފައިވާ "ހާލު ކިހިނެއް" ޕްރޮގުރާމާ ގުޅޭ ގޮތުން މިނިސްޓްރީގެ އެކްސް އެކައުންޓުން އާންމުކުރި ވީޑިއޯއެއްގައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ރައީސްގެ އެންމެ ބޮޑު އަދި އެންމެ އިސްކަން ދެއްވާ ވައުދުފުޅަކީ އަމާން އޯގާތެރި މުޖުތަމައެއް ބިނާކުރުން ކަމަށެވެ. 

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި އެ މިނިސްޓްރީއަކީ ރާއްޖޭގެ ގިނަ ބައެއްގެ ހާލަތު ބެލެހެއްޓުމުގެ ޒިންމާ މަތިވެފައި އޮތް މިނިސްޓްރީއެވެ. އެގޮތުން އިސްރަށްވެހިންނާއި، ކުޑަކުދިންނާއި، ޒުވާނުންނާއި، އަދި އެއްވެސް ހާލަތެއް މެދުވެރިގެން ނާޒުކު ހާލަތަކަށް ވެއްޓިދާނެފަދަ ކޮންމެ މީހަކީ އެ މިނިސްޓްރީގެ ޒިންމާއެއްކަމަށް ޑރ.އާއިޝަތު ޝިހާމް ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅިވީ އެ މިނިސްޓްރީގެ މައިގަނޑު މަސްއޫލިއްޔަތަކީ މުޖުތައުގެ ހުރިހައި އެންމެންނާ ބައްދަލުކޮށް ގާތުން ހާލަތު ބަލައި އޮޅުންފިލުވައި، އެއްވެސް މީހަކަށް ދައުލަތުގެ ފަރާތުން ކޮށްދެވޭނެ ކަމެއް އޮތްނަމަ އެކަމެއް ދެނެގަނެ އެކަން ކުރެވޭނެ މަގުތައް ފަހިކޮށްދިނުން ކަމަށެވެ. 

މުޖުތަމައުގައި ކުއްލި ގޮތަކަށް ހާލަތު ދެރަވާ މީހުން ފަހަގަކުރެވޭކަމަށް ވިދާޅުވެ މިނިސްޓަރު ފާހަގަކުރެއްވީ ކުރިއާލާ މީހުންނާ ބައްދަލުވެ ހާލަތު ދެނެގަނެވޭނަމަ، މައްސަލަތައް ބޮޑުނުވަނީސް އެކަންކަން ދެނަގނެ އާއިލާތަކަށް ބޮޑެތި ގެއްލުންތަކެއް ނުވަނީސް އެ މައްސަލަތަކަށް ކޮންމެވެސް މިންވަރެއްގެ ހައްލެއް ހޯދައިދީ މުޖުތަމައަށް ލުއިކަން ގެނެވޭނެ ކަމެވެ. 

މުޖުތަމައުގައި ދިރިއުޅޭ ނާޒުކު ހާލަތަށް ހުށަހެޅިފައިވާ ފަރުދުންނާއި އާއިލާތަކުގެ ހާލަތު ބެލުމަށް ފަށާ ޕްރޮގުރާމު ހިންގުމުގައި މުޅި މުޖުތަމައުގެ އެއްބާރުލުން ބޭނުންވާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިހާރު މަސައްކަތް ފެށުނީ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބޮޑު އެއްބާރުލުމަކާއެކުކަން ފާހަގަކުރައްވައި މިނިސްޓަރުވަނީ މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކުން މި މަސައްކަތުގައި އެހީތެރިކަން ދިނުމަށް އެދިވަޑައިގެންފައެވެ. 

އިތުރަށް މިނިސްޓަރު ވިދާޅުވީ "ހާލު ބެލުން" ފަދަ ޕްރޮގުރާމުތަކުގެ މައިގަނޑު މަގުސަދަކީ ދިވެހި މުޖުތަމައަކީ އަޅައިލުންތެރި އޯގާތެރި މުޖުތަމައަކަށް ބަދަލުކުރުން ކަމަށެވެ. 

މިނިސްޓްރީން ފެށި "ހާލު ބެލުން" ޕްރޮގުރާމަކީ ނާޒުކު ހާލަތަށް މީހުން ހުށަހެޅުމުގެ ކުރިން އެމީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން ފެށުމުގެ އަމާޒުގައި ހިންގާ ޕްރޮގުރާމެކެވެ. އެ ޕްރޮގުރާމު ފަރުމާކޮށްފައިވަނީ މިނިސްޓްރީގެ މުވައްޒަފުން ގޭބީސީތަކަށް ޒިޔާރަތްކޮށް އާއިލާތަކާއި ފަރުދުންގެ ހާލަތު ވަޒަންކޮށް އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ދައުލަތުގެ އިދާރާތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދޭ ގޮތަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.