241 ކޮމިޓީގެ މުގައްރިރަކަށް ސަލީމު، ނައިބަކަށް ފަލާހު

ފަލާހު އިންތިހާބުކުރަން ޝާހިދު ހުށަހެޅުއްވުމުން ސަލީމު އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވިއެވެ. ފަލާހުވެސް އެ މަގާމަށް އިންތިހާބުކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ސަލާމަތީ ހިދުމްތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ސަލީމާއި ނައިބު މުގައްރިރު ފަލާހު

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރެއިން ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހަމައެކަނި ކޮމިޓީކަމަށްވާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރުކަމަށް އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ސަލީމު އަދި ކޮމިޓީގެ ނައިބު މުގައްރިރަކަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު އިންތިހާބުކޮށްފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އެކުލަވައިލާނެ ގޮތް މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ފާސްކުރީ ވެރިކަންކުރާ ކޮންގުރެސް ޕާޓީގެ ފަރާތުން އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި ގޮތަށެވެ. އެ ހުށަހެޅުއްވުމުގައި ބުނެފައިވަނީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓިގައި ތޭރަ މެންބަރުން ތިއްބަވާ ގޮތަށް ކަނޑައެޅުމަށެވެ. 

ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވާފައިވާއިރު އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ތޭރަ މެންބަރުންނަކީ: 

  • 1.އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމު
  • 2.އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު
  • 3.ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން
  • 4.ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފު
  • 5.ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު
  • 6.ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް
  • 7.ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބު
  • 8.މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގު
  • 9.ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ
  • 10.މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމު މުހައްމަދު
  • 11.މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް
  • 12.މާފަންނު އުތުރު ދާއިރާގެ މުހައްމަދު ނާޒިމް
  • 13.ތުޅާދޫ ދާއިރާ އަބްދުލް ހަންނާން އަބޫބަކުރު

ކޮމިޓީގެ މުގައްރިރަކަށް ސަލީމުގެ ނަންފުޅު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. ތާއީދުކުރެއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހެވެ. ސަލީމު މުގައްރިރަކަށް އިންތިހާބުކުރީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުންގެ އިއްތިފާގުންނެވެ. 

ނައިބު މުގައްރިރަކަށް ފަލާހު އިންތިހާބުކުރަން ޝާހިދު ހުށަހެޅުއްވުމުން ސަލީމު އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވިއެވެ. ފަލާހުވެސް އެ މަގާމަށް އިންތިހާބުކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.