އިނގިރޭސި ޑޮކްޓަރެއްގެ ދުލުން: ޣައްޒާގެ ހޮސްޕިޓާތައްވަނީ "ޑާކް އޭޖެސް"އަށް އިއާދަވެފައި

ޣައްޒާގައި މަސައްކަތްކުރެއްވި އިނގިރޭސި ޑޮކްޓަރަކު ސިފަކުރެއްވި ގޮތުގައި އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ޣައްޒާގެ ހޮސްޕިޓާތަކުގެ ހާލަތު ހީނަރުވެފަ އެވެ.

ޣައްޒަގެ ޚާން ޔޫނުސްގައި ހުންނަ އައްނާޞިރު ހޮސްޕިޓަލުގެ ޕީޑިއަޓްރިކް ޑިޕާޓުމެންޓު، ފޮޓޯ: ރޮއިޓާސް

ޣައްޒާގެ ހޮސްޕިޓާތަކަށް ބޭނުންވާ އަސާސީ ވަސީލަތްތައް ނުލިބުމުގެ ސަބަބުން އެ ހޮސްޕިޓާތަކުން ފޯރުކޮށް ދެވެނީ "މެޑީވަލް" ނުވަތަ ޔޫރަޕުގެ އަނދިރި ޒަމާނުގެ ފަރުވާތައް ކަމަށް، ޣައްޒާއިން އަނބުރާ ޤައުމަށް ވަޑައިގެންނެވި އިނގިރޭސި ޑޮކްޓަރަކު ވިދާޅުވެއްޖެ އެވެ. 

ޔުނިވާސިޓީ ކޮލްޖް ލަންޑަން ހޮސްޕިޓަލްސްގެ ގެސްޓްރޮއިންޓެސްޓިނަލް ސާޖެރީ ޑިޕާޓުމެންޓުގެ ވެރިޔާ ޑރ. ޚާލިދް ދަވާސް ވިދާޅުވި ގޮތުގައި ޣައްޒާގެ ހޮސްޕިޓާތަކުގައި ފޯރުކޮށްދޭން ޖެހިފައިވާ ޚިދުމަތްތަކަކީ "މެޑީވަލް މެޑިސިން" ގެ ގޮތުގައި ސިފަ ކުރުމަކީ ސައްހަ ސިފަ ކުރުމެކެވެ. 

އޭނާ އިތުރަށް ވިދާޅުވީ އެ ހޮސްޕިޓާތަކުގައި ހިނގާ ކަންކަމަކީ މީގެ 300 ނުވަތަ 400 އަހަރު ކުރިން ޔޫރަޕުގެ ޤައުމުތަކުގައި ހިނގިކަމަށް ތާރީޚު ފޮތްތަކުގައި ލިޔެވިފައި ހުރި ކަންތައްތައް ކަމަށެވެ. 

ދަވާސް ވިދާޅުވި ގޮތުގައި ޣައްޒާގެ ހޮސްޕިޓާތަކުގައި ޞިއްޙީ ޚިދުމަތްތެރިން މަސައްކަތްކުރަމުން ދަނީ ބޭނުންވާ ޞިއްޙީ ވަސީލަތްތައް ނެތިއެވެ. ކަރަންޓު އިރުއިރުކޮޅާ ކެނޑެމުންދާއިރު، ބަލިމީހުން ބިންމަތީގައި ބައިތިއްބައިގެންނެވެ. 

ޣައްޒާގެ ހަނގުރާމަ ފެށުނު ފަހުން އެ ސަރަހައްދުގައި ޑޮކްޓަރުންނަށް އެހީތެރިވެވަޑައިގަތުމަށް ދެވަނަ ފަހަރަށް މަސައްކަތްކުރެއްވި އުމުރުން 54 އަހަރުގެ ޑޮކްޓަރު ވިދާޅުވި ގޮތުގައި އޭޕްރީލް މަހާ ކައިރިވިއިރު ހޮސްޕިޓާތަކުގައި މަރުވާ މީހުންގެ އަދަދާއި ހޮސްޕިޓާތަކަށް ގެންނަ މަރުވެފައިވާ މީހުންގެ ހަށިތަކުގެ އަދަދު އިންސާނަކަށް ތަހައްމަލުނުކުރެވޭ މިންވަރަށް އިތުރުވެފައިވާ ކަމަށެވެ. 

ޞިއްޙީ ޚިދުމަތްތެރިން މަސައްކަތުގައި ދެމިތިބި ނަމަވެސް، އަބަދުމެ މަރު ފެނުމުން އެމީހުންނަށް ކޮށްފައިވާ އަސަރުތައް އެމީހުން ކިނބައިން ފެންނަ ކަމަށާއި، އެކުރާ މަސައްކަތުގެ ބުރަ ބޮޑުކަމަށް ވެސް ދަވާސް ވިދާޅުވިއެވެ. 

ޣައްޒާ ދޫކުރައްވައި އަނބުރާ އިނގިރޭސިވިލާތަށް ވަޑައިގެންނެވި ނަމަވެސް އަލުން ޣައްޒާއަށް ވަޑައިގަތުމަށް ގަސްތުކުރައްވާކަމަށް ދަވާސް ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި އުންމީދަކީ ދެން ޣައްޒާއަށް ވަޑައިގަންނަވާއިރު ހަމަލާ ބަދަލުކުރުން ހުއްޓިފައި އޮތުމެވެ. 

ދަވާސް ވިދާޅުވި ގޮތުގައި ޣައްޒާގައި ޤަތުލު އާންމުގެ މެދުގައި ހުންނެވުމަށްވުރެ ހިތްޕުޅަށް ދަތިފުޅުވަނީ އަނބުރާ ޤައުމަށް ވަޑައިގަތުމުނެނެވެ. ޣައްޒާގައި ހުންނެވިއިރު ފެނިވަޑައިގެންނެވި މަންޒަރުތަކާއި އިވިވަޑައިގެންނެވި އަޑުތައް ހަނދުމަފުޅުވުމާއެކު، އެއްވެސް ބަޔަކަށް އަދި އެއްވެސް އިންސާނަކަށް އެކަންކަމުގެ ތެރޭގައި އެކަންކަމުގެ ތެރޭގައި އުޅެވޭނީ ކިހައި ދުވަހަކުތޯ ހިތަށް އަރާކަމުގައިވެސް އޭނާ ވިދާޅުވިއެވެ. 

ދަވާސް އޭނާގެ ތަޖުރިބާތައް ހިއްސާކުރެއްވީ ބުރަސެލްސްގައި އޮތް ބައްދަލުވުމެއްގައި ޔޫރަޕިއަން ޔޫނިއަނުގެ މަސްއޫލުވެރިންނާއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.