މަންޑޭގެ މުދާތައް ހިފަހައްޓަން ނެރުނު އަމުރު ބާތިލެއް ނުކުރި

މަންޑޭގެ މައްޗަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ މި މައްސަލައިގައި، ކޭޕާކްގެ 41 އެޕާޓްމެންޓް 107 މީހަކަށް ވިއްކާފައިވެ އެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް 225 ދައުވާ ވަނީ ކޮށްފަ އެވެ.

ކޭޕާކްގެ ޗައިނާ ހިއްސާދާރާއި މައިނޯރިޓީ ހިއްސާދާރު މަންޑޭ

ކޭޕާކް ރެސިޑެންސް ވިއްކުމުގެ ތެރޭން ހީލަތް ހެދި ކަމަށް ތުހުމަތު ކުރެވޭ ހަމްބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ މުދާތައް ހިފަހައްޓަން ހުޅުމާލެ ކޯޓުން އަމުރު ނެރުނީ ރަގަޅަށް ކަމަށް ހައިކޯޓުން ނިންމައިފި އެވެ. 

ކޯޓު އަމުރެއްގެ ދަށުން މަންޑޭގެ މުދާތައް ފުލުހުން ހިފަހައްޓާފައި ވަނީ ފޭކު ޑޮކިއުމެންޓްތައް އުފައްދައިގެން ކޭޕާކް އެޕާޓްމެންޓްތައް ވިއްކައިގެން ލިބުނު ފައިސާ ލޯންޑާ ކޮށްގެން ހޯދާފައިވާ މުދާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

އެ އަމުރު ބާތިލު ކުރަން މަންޑޭގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގެ ހުކުމް އިއްވަމުން މިއަދު ހައިކޯޓުން ބުނެފައި ވަނީ މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން އެފަދަ މައްސަލަތަކުގައި އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް މުދާ ހިފެހެއްޓުމުގެ ބާރު ލިބިގެންވާ ކަމަށެވެ. މި މައްސަލައިގައި ވެސް ހުޅުމާލެ ކޯޓުން އަމުރު ނެރެފައި ވަނީ އެފަދައިން ކަމަށެވެ.

އެފަދަ އަމުރުތައް މުރާޖައާ ކުރަން ދަށު ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮންނަ ކަމަށާއި މަންޑޭގެ ފަރާތުން އެގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ. އެހެންކަމުން އަމުރު ބާތިލުކޮށްދެވޭން ނެތް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

މަންޑޭގެ މައްޗަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ މި މައްސަލައިގައި، ކޭޕާކްގެ 41 އެޕާޓްމެންޓް 107 މީހަކަށް ވިއްކާފައިވެ އެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް 225 ދައުވާ ވަނީ ކޮށްފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ކުރިން ވިދާޅުވެފައި ވަނީ ހިފަހައްޓާފައިވާ މަންޑޭގެ އެޕާޓްމެންޓްގައި ހަތް މިލިއަން ރުފިޔާގެ އަގުހުރި މުދާ ހުރި ކަމަށެވެ. އެއީ ކޭޕާކްގެ ހަތަރު އެޕާޓްމެންޓް ވިއްކުމަށްފަހު ލިބުނު ފައިސާއިން ގަނެފައިވާ އެފްޑަބްލިއު ކޮންސްޓްރަކްޝަންގެ ޕެންޓް ހައުސެކެވެ. އެތަނުގެ އަގަކީ 7.8 މިލިއަން ރުފިޔާ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.