ކޭޕާކް މައްސަލައިގަ މަންޑޭއަށް 200 އަށްވުރެ ގިނަ ދައުވާ

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފަ އެބަހުރި 41 އެޕާޓްމެންޓް އެބަހުރި 107 މީހުންނަށް ވިއްކާފަ އެބަހުރި،" މި މައްސަލައިގެ ތަފްސީލުތައް ދެއްވަމުން ޝަމީމް ވިދާޅުވި އެވެ.

ހަސަން މަމްދޫދު (މަންޑޭ): އޭނާގެ މައްޗަށް 225 އެއްހާ ދައުވާ އުފުލާނެ ކަމަށް ޕީޖީން ވަނީ ބުނެފައި --

ކޭޕާކް ރެސިޑެންސް ވިއްކުމުގެ ތެރޭން ހީލަތް ހެދި ކަމަށް ތުހުމަތު ކުރެވޭ ހަމްބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ މައްވަށް 225 އެއްހާ ދައުވާ ކުރަން އަންނަ ހަފްތާ ކްރިމިނަލް ކޯޓަށް ފޮނުވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ. 

ކޭޕާކު ޕްރޮޖެކްޓުގެ މަސައްކަތް ކުރަނީ ކޮރެއާގެ ހަމްބޯ ކުންފުންޏާ ގުޅިގެން އުފެއްދި ހަންބޯ މޯލްޑިވްސްއިންނެވެ. އެ ކުންފުނީގެ 95 ޕަސެންޓް ހިއްސާދާރަކީ ޗައިނާގެ ޖިން ޝީ ހޫ އެވެ. މަމްދޫހަކީ ފަސް ޕަސެންޓްގެ މައިނޯރިޓީ ހިއްސާދާރެވެ.   

ކޭޕާކް އެޕާޓްމެންޓްތައް ވިއްކުމުގައި ހިޔާނާތްތެރިވި މައްސަލައިގައި މަންޑޭގެ މައްޗަށް ހަތަރު ތުހުމަތެއް ކުރާ ކަމަށް ޝަމީމް މިއަދު ވިދާޅުވި އެވެ. އެއީ؛

  • ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ
  • އޮޅުވާލުމުގެ ކުށުގެ ދައުވާ
  • ޓެކުމުގެ ކުށުގެ ދައުވާ
  • މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފަ އެބަހުރި 41 އެޕާޓްމެންޓް އެބަހުރި 107 މީހުންނަށް ވިއްކާފަ އެބަހުރި،" މި މައްސަލައިގެ ތަފްސީލުތައް ދެއްވަމުން ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ހިޔާނާތްތުގައި ގެއްލުން ލިބުނު މީހުންގެ ބަޔާންތައް ނަގަމުންދާއިރު، ކޮންމެ މީހެއްގެ މައްސަލައިގައި މަންޑޭގެ މައްޗަށް އުފުލާނީ ވަކި ދައުވާއެއް ކަމަށެވެ. އެއް މައްސަލައެއްގެ ގޮތުގައި ދައުވާ ނުކުރާނެ ކަމަށެވެ. ތަހުގީގު ފުރިހަމަވެފައިވާ މީހުންގެ މައްސަލަތައް ކޯޓަށް ހުށަހެޅުމުގެ މައްސަލަ ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޝަމީމް އިތުރަށް ހާމާކުރެއްވި މައުލޫމާތުތަކުގެ ތެރޭގައި މަންޑޭގެ އެޕާޓްމެންޓްގައި ހަތް މިލިއަން ރުފިޔާގެ އަގުހުރި މުދާ ހުރިކަން ވެސް ހާމަކުރެއްވި އެވެ. އެ އެޕާޓްމެންޓް މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. ޝަމީމް ވިދާޅުވީ އެތަނަކީ މަނީ ލޯންޑަރިންގެ ފައިސާ އިން ގަނެފައިވާ ތަނެއްކަމަށް ބެލެވޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ލިބިފަ ހުރި މައުލޫމާތަކީ ކޭޕާކްގެ ހަތަރު އެޕާޓްމެންޓެއް ވިއްކާފަ އެފްޑަބްލިއު ކޮންސްޓްރަކްޝަންގެ ޕެންޓް ހައުސްއެއް ހުރީ ގަނެފަ،" ޝަމީމް ވިދާޅުވި އެވެ.

އެޕާޓްމެންޓްގެ އަގަކީ 7.8 މިލިއަން ރުފިޔާކަން ވެސް ޝަމީމް ހާމަކުރެއްވި އެވެ.

"200 ވަރަކަށް ސެންޓުފުޅި އެބަހުރި ނުކަނޑާ، ލަގްޒަރީ ހޭންޑްބޭގާ، ގާތްގަނޑަކަށް 90،000 ރުފިޔާގެ ދަބަސް، 40،000 ރުފިޔާއާ 50،000 ރުފިޔާގެ އަތްދަބަސް، ތަފާތު ވައްތަރުގެ ގަހަނާ 10،000 ޑޮލަރުގެ، 25،000 ޑޮލަރުގެ ގަހަނާ އެބަހުރި އެތާ. ޖުމްލަ މި ހުރިހާ އެއްޗެއްގެ އަގު ހަތް މިލިއަން ރުފިޔާއަށް އެބަ އަރާ،"

ޕެންޓްހައުސް އާއި އެތަނުން އަތުލައިގަތް ތަކެތީގެ އަގު 14.8 މިލިއަން ރުފިޔާއަށް އަރަ އެވެ. އެއީ ދައުލަތުގެ ބައެއް އިދާރާތަކުގެ މުޅި އަހަރުގެ ބަޖެޓަށްވުރެ ވެސް ގިނަ ފައިސާކަން ޝަމީމް ފާހަގަކުރެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.