ކޮންޓްރެކްޓަރުންނަށް ފައިސާ ނުލިބި ތިބީ ގޮތް ހުސްވެފައި: އެމްއެންއޭސީއައި

ސަރުކާރުން ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާ ނުލިބިގެން ކުންފުނިތަކުގެ މުވައްޒަފުންނަށް މުސާރަ ނުދެވި ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ.

ކޮންޓްރެކްޓަރުންގެ ޖަމިއްޔާއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލު ކުރަނީ -- މަސީ

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގުމުން އެ ފަރާތްތަކަށް ފައިސާ ނުލިބިގެން ގޮތް ހުސްވާ ހިސާބަށް ގޮސްފައިވާ ކަމަށް ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ ޖަމިއްޔާ، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) ބުނެފި އެވެ.

ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތް ތަމްސީލް ކުރާ ޖަމިއްޔާ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އަތޮޅުތަކުގެ ތަރައްގީއަށް ހިންގާ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކާއި އެހެނިހެން ޕްރޮޖެކްޓްތަކުގެ މަސައްކަތް ކޮންޓްރެކްޓަރުން އަމިއްލަ ތަކެތީގައި ކުރުމަށް ފަހު އެގްރީމެންޓުގައިވާ ގޮތަށް އިންވޮއިސް ފޮނުވުމުން ވެސް ފައިސާ ލިބުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. 

މިކަމުގެ ސަބަބުން އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންނަށް މުސާރަ ދޭން ދަތިވެ، މުވައްޒަފުންގެ ކެއުމާއި އެހެނިހެން ހަރަދުތައް ހަމަޖައްސަން އުނދަގޫވެ މަސައްކަތަށް ތަކެތި ސަޕްލައިކޮށްދޭ ފަރާތްތަކަށް ފައިސާ ދޭން ދަތިވެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ. 

އެމްއެންއޭސީއައި އިން ވަނީ މިކަމުގެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވެގެން ސަރުކާރުން ކޮންޓްރެކްޓަރު ޖޫރިމަނާ ކުރާ ގޮތަށް ކޮންޓްރެކްޓަރުންގެ އިންވޮއިސް ތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެވޭ ހާލަތްތަކުގައި އޭގެ ޖޫރިމަނާ ވެސް ކޮންޓްރެކްޓަރުންނަށްވެސް ދޭން ޖެހޭ ކަމަށް ބުނެފައިވެ އެވެ. 

ގައުމީ ކޮންޓްރެކްޓަރުންގެ ޖަމިއްޔާއަކީ 100 އަށްވުރެ ގިނަ ކުންފުނި ތަމްސީލް ކުރާ ޖަމިއްޔާ އެކެވެ. 

ސަރުކާރުން އެކި ފަރާތްތަށް މެދުވެރިކޮށް ކޮށްފައިވާ މަސައްކަތްތަކަށް ފައިސާ ނުލިބުމަކީ ބޮޑު ޝަކުވާ އެކެވެ. އެގޮތުން މި ޝަކުވާ އެންމެ ބޮޑަށް ފެންމަތިވެފައިވަނީ ފެނަކަ ކުންފުންޏެވެ. މި ކުންފުނިން އަމިއްލަ ފަރާތްތަކަށް ދޭން ޖެހޭ ފައިސާގެ އަދަދު ދެ ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވަނީ ބެލެވިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.