"ދެނެއް އެކަން އެގޮތަށް ވާކަށް ނެތް"

ދެވަނަ ބުރަށް ދިޔައީ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުންނާއި ރައީސް ސޯލިހުގެ ފަރާތްޕުޅުން ވެސް ޑިމޮކްރެޓުންގެ ތާއީދު ހޯދައި ކޯލިޝަނެއް ހެދޭތޯ މަޝްވަރާ ކުރަމުން ގެންދެ އެވެ.

ރައީސް މުހައްމަދު ނަޝީދު މިއަދު މަޖިލީހުގެ ރިޔާސަތުގައި

އެމްޑީޕީ އާއި ޑިމޮކްރޭޓްން ގުޅި، ރައީސް މުހައްމަދު ނަޝީދު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހޮވަން ބާރު އަޅުއްވައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހުގައި ވާހަކަފުޅު ދައްކަވަނިކޮށް ދެވަނަ ބުރުގައި ޑިމޮކްރޭޓުން އެމްޑީޕީއާއެކު ކޯލިޝަން ނުހަދާނެ ފަދަ މޭރުމަކުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅެއް މިއަދު ވިދާޅުވެއްޖެ އެވެ. 

އެއީ މީގެ ކުރިން ކެމްޕޭން ތެރޭގައި ވެސް ތަކުރާރުކޮށް އެ މަނިކުފާނު ވިދާޅުވެފައި އޮތް ވާހަކަފުޅެކެވެ. އެކަމަކު ސިޔާސީ ކަންކަމާއި ނިންމުންތައް ވަރަށް އަވަހަށް ބަދަލުވެ އެވެ. 

މިއަދުގެ މަޖިލިސް ޖަލްސާގައި ފުރުސަތު ހޯއްދަވައިގެން ޖާބިރު އެ މަގަށް ވާހަފުޅު ދައްކަވަމުން ގެންދެވި އެވެ. އެގޮތުން ޖާބިރު ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގަތް ވޯޓަކީ އެމްޑީޕީއާ އެއް ފިކުރުގެ ވޯޓް ކަމަށެވެ އެހެން ކަމުން ޑިމޮކްރެޓްސްއާ މަޝްވަރާ ކުރަން ގޮވާލައްވާ ކަމަށެވެ. 

"ދިމާވި މައްސަލައަކީ އެމްޑީޕީ ދެބައިވުން. އިތުރު މައްސަލައެއް ދިމައެއް ނުވޭ. އޭތި އަލުން ގްލޫ ކޮށްލެވިއްޖެ ކަމަށް ވަންޏާ، އެ ހިސާބުން ދާނީ ބާރަށް ކުރިއަށޭ،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ގައުމު ހަލާކަށް ދާން ރައީސް މުހައްމަދު ނަޝީދު ފުރުސަތު ނުދެއްވާނެ ކަމަށާއި ރައީސް ސޯލިހު ހޮވައި ދެއްވަން ހުރިހާ އެންމެނާއެކު އަތްގުޅާލުމަށް އެދޭ ކަމަށެވެ އަދި ހުރިހާ ބޭފުޅުން އަވަހަށް މަޝްވަރާކޮށް ރައީސް ސޯލިހު ހޮވަން ޖެހޭ ކަމަށެވެ.

ނަމަވެސް ރައީސް ނަޝީދު ކުރުކޮށް ވިދާޅުވީ "ދެނެއް އެކަން އެގޮތަށް ވާކަށް ނެތް" ކަމަށެވެ.

"އިއްޒަތްތެރި މެންބަރު އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، ދެނެއް އެކަން އެގޮތަށް ވާކަށް ނެތް." ނަޝީދު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓް ނަގަނީ މި މަހުގެ 30 ވަނަ ދުވަހު އެވެ. ދެވަނަ ބުރަށް ދިޔައީ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުންނާއި ރައީސް ސޯލިހުގެ ފަރާތްޕުޅުން ވެސް ޑިމޮކްރެޓުންގެ ތާއީދު ހޯދައި ކޯލިޝަނެއް ހެދޭތޯ މަޝްވަރާ ކުރަމުން ގެންދެ އެވެ.  

ކޮމެންޓް

2
450
ތޮލްހަތު
1 year ago

ވަރަށް ސަޅި ޖަވާބެއް ތި ދެއްވީ. އެމީހަކު މިނި ނާޅި އަކުން އެމީހަކށް މިނަންވަނީ .

ނަޝީދާ
1 year ago

"ދެނެއް އެކަން އެގޮތަށް ވާކަށް ނެތް" ސޮރީ ބޮރޯ ޖާބެ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.