އެމްއެންޕީގެ ތަރުޖަމާން ޝިދާތާ ޝަރީފް ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އާއެކީ މަޝްވަރާ ކުރިއަށް ގެންދިއުމަށް އެމްއެންޕީގެ ގައުމީ ހިންގާ ކައުންސިލްގެ މެޖޯރިޓީން ނިންމާފައިވާ ކަމަށެވެ.
ޕީޕީއެމް/ޕީއެންސީ އާއެކީ މަޝްވަރާ ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ގައުމީ ހިންގާ ކައުންސިލްގެ މެޖޯރިޓީ މިރޭ ނިންމައިފި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްއެންޕީން އަމަލު ކުރާނެ ގޮތެއް ނިންމުމަށް މިރޭ ވަނީ އެ ޕާޓީގެ ގައުމީ ހިންގާ ކައުންސިލް އެއްވެފައެވެ. އެ ބައްދަލްވުމާއި ގުޅޭގޮތުން އެ ޕާޓީގެ ތަރުޖަމާން ޝިދާތާ ޝަރީފް ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އާއެކީ މަޝްވަރާ ކުރިއަށް ގެންދިއުމަށް އެމްއެންޕީގެ ގައުމީ ހިންގާ ކައުންސިލްގެ މެޖޯރިޓީން ނިންމާފައިވާ ކަމަށެވެ.
އެހެން ކަމުން އެ މަޝްވަރާތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
އެމްއެންޕީން ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރި އެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ކާނަލް ނާޒިމް އެވެ. މި ފަހުން އުފެދުނު އަދި ވަރަށް ބޮޑު އިންތިޒާމެއްގެ ތެރެއިން ހިންގަމުން އައި އެމްއެންޕީން މި ފަހަރުގެ އިންތިހާބު ގައި ރަނގަޅު ނަތީޖާ އެއް ނެރޭނެ ކަމަށް ކުރީން އޮތީ ބެލެވިފައެވެ. ނަމަވެސް ދިހަހާހާ ގާތް ކުރާ އަދަދެއްގެ މެންބަރުންގެ ދަފްތަރެއް ވެސް އޮތް އެމްއެންޕީ އަށް ލިބުނީ ހައިރާންވާހާ ދަށް ނަތީޖާ އެކެވެ.
ނާޒިމަށް ލިބިވަޑައިގަތީ 1،907 ވޯޓެވެ. އެއީ ވޯޓް ލީ މީހުންގެ އެއް ޕަސެންޓް ވޯޓެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. މުއިއްޒު ވަނީ ލައްކައަކަށް ވުރެ ގިނަ މީހުންގެ ވޯޓް ހޯއްދަވާފައެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވީ ރައީސް ސޯލިހެވެ. އެ ދެ ބޭފުޅުން ވެސް ވަނީ އިތުރު ޕާޓީތަކާއި ލީޑަރުންގެ ތާއީދު ހޯދުމުގެ މަސައްކަތް ފައްޓަވާފައެވެ.
ދެން ގޯހެއްނޫން ދޯ. ބެލެވެނީ ތީ ވަރަށް ރަނގަޅު ނިނމުމެއް ކަމަށް.