ދުންޔާ ވިދާޅުވީ މި ސަރުކާރުން ދޫކޮށްލީ އެތައް އަހަރެއްވަންދެން ރާއްޖެއިން ދެމެހެއްޓި ސިޔާސަތު ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދީ ހާއްސަ ސަރަހައްދު --އީއީޒެޑް އޮތީ ގާނޫނަކުން ކަނޑައަޅާފައި ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިއްރު ސިޓީފުޅު ކަނޑު ދޫކޮށްލީކަން ސާފުވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސޯލިހް ފޮނުއްވި ސިއްރު ސިޓީފުޅު އާންމު ނުކުރަން ސަރުކާރުން ނިންމާފައި ވަނިކޮށް އެ ސިޓީ ބަޔަކު މިރޭ ވަނީ އާންމުކޮށްފައެވެ. ސޯޝަލް މީޑިއާގައި އާންމުވެފައި ވަނީ ރައީސްގެ ސިޓީފުޅުކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވެސް ވަނީ ކަށަވަރު ކޮށް ދީފައެވެ. އެ އޮފީހުން ބުނި ގޮތުގައި ދައުލަތުގެ އެފަދަ ލިޔެކިޔުމެއް އާންމުވި ގޮތް ބަލާނެ އެވެ. އެކަން މިހާރު ބަލަމުންދާ ކަމަށެވެ.
އެ ސިޓީއާ ގުޅޭގޮތުން ދުންޔާ ވިދާޅުވީ ސިޓީގެ ދެވަނަ ޕެރާގްރާފުގެ ފުރަތަމަ ޖުމްލަ ކިޔާލީމުމުން މި މައްސަލަ ދަންނަ ކޮންމެ މީހަކަށް ވެސް ކަނޑު ދޫކޮށްލީކަން ސާފުކޮށް އެނގޭނެ ކަމަށެވެ. ދުންޔާ އެ އިޝާރާތް ކުރެއްވީ ފޯޅަވަހީގެ މައްސަލާގައި ކުރީން ގެންގުޅުނު ސްޓޭޓް ސަރުކާރުން ބަދަލުކުރި ކުރުމަށެވެ.
ދުންޔާ ވިދާޅުވީ މި ސަރުކާރުން ދޫކޮށްލީ އެތައް އަހަރެއްވަންދެން ރާއްޖެއިން ދެމެހެއްޓި ސިޔާސަތު ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދީ ހާއްސަ ސަރަހައްދު --އީއީޒެޑް އޮތީ ގާނޫނަކުން ކަނޑައަޅާފައި ކަމަށާ އީއީޑެޒް ބެލެހެއްޓުމުގެ ޒިންމާ ގާނޫނު އަސާސީން މަތިކޮށްފައި ވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާ ކަމަށެވެ.
އިޓްލޮސް އިން ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު ކަނޑައެޅުމުގައި ރައީސްގެ ސިޓީފުޅަށް ހަވަލާދީފައިވާ ކަމަށް ބުނެ އެ ސިޓީ އާންމު ކުރުމަށް ސިޔާސީ ޕާޓީތަކާއި މަޖިލީސް މެންބަރުން ގެންދެވީ ގޮވާލައްވަމުންނެވެ. ނަމަވެސް ސަރުކާރުގެ އެފަދަ ލިޔުންތައް އެގޮތަށް އާންމު ކުރެވޭނެ އުސޫލެއް ނެތުމުން ސަރުކާރުން އެކަން ނުކުރެއެވެ. ދާދި ފަހުން ބާ ކައުންސިލަށް އެ ސިޓީ ވަނީ ހިއްސާކޮށްފައެވެ.
ސިޓީ އާންމުވެފައި މިވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނު ތެރޭގައި ދިމާވި އެންމެ ބޮޑު ގިންޖެހުމަކީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ އިން ފަތުރަމުން ދިޔަ ދޮގު ވާހަކަތަކަށް ރައްދު ނުދެވުން ކަމަށާއި، ދެވަނަ ބުރުގެ ކެމްޕޭނުގައި ހާމަކުރަން ހުރި ހުރިހާ ކަމެއް ހާމަކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނިކޮށެވެ.
ރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިއްރު ސިޓީފުޅާއި ގުޅިގެން ސަރުކާރުން ތަކުރާރުކޮށް ބުނަމުން އައީ ކަނޑުން ބައެއް ދޫކޮށްލާފައި ނުވާނެ ކަމަށާ ސިޓީފުޅުގައި ދިވެހީންނާއި ގައުމަށް ގެއްލުވާނެ އެއްވެސް ކަމެއް ހިމަނާފައި ނުވާނެ ކަމަށެވެ.
ކަނޑާބެހޭގޮތުން ފޮނުވާ ސިޓީއެއްގައި ކަނޑުގެ ވާހަކަ ނެތް ނަމަ ކީއްކުރަން ފޮނުވާ ސިޓީއެއްތޯ؟ ކޮންމެ ވާހަކަ އެއް ކޮންމެ ގޮތަަކަށް ދެއްކިޔަސް އެނގޭ އެއްޗަކީ ކަނޑުން ބަ އެއް ގެއްލިޖެ ކަން، ޒިންމާ ވާން ޖެހޭ ފަރާތަކީ އިބޫކަން
ތި އީ އިބޫ ގެ އިނޮސެންޓް ކަން ހާމަ ކޮށްދެން ގަސްތުގަ ރާވައިގެން ސަރުކާރުން ކުރި ކަމެއް. ސިޓީގައި ކަނޑު ވިއްކާލި ވާހަކަ ނެތީމަ މާތް ވާން ވެގެން ލީކް ކޮށްލީ.