މައްސަލަ ގެންދިއުމުން ނަޝީދުގެ މަލާމާތެއް އެމްޑީޕީއަށް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބި ވަޑައިގަތީ ދެވަނަ އެވެ. ތިންވަނަ ލިބުނީ ޑިމޮކްރެޓްސް އަށެވެ. އެމްޑީޕީއަށަް މިވަގުތު ނަޝީދުގެ އެހީ މުހިންމެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނުގެ އިތުބާރު ނެތް މައްސަލަ އެމްޑީޕީން ވަނީ އަނބުރާ ގެންގޮސްފައި --

އެމްޑީޕީގެ މެންބަރު ހުށަހަޅާފައި އޮތް އިތުބާރު ނެތް ކަމުގެ މައްސަލަ އެ ޕާޓީން އަނބުރާ ގެންދިއުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މާނަ ފުން ލަވައަކުން އެމްޑީޕީއަށް މަލާމާތެއް ކުރައްވައިފި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ނަޝީދާއި އެ މަނިކުފާނުގެ ދަ ޑިމޮކްރެޓްސްގެ އެހީ ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ދަނޑިވަޅެއްގައި މިއަދު އެމްޑީޕީގެ 33 މެމްބަރުން ވަނީ އިތުބާރު ނެތް މައްސަލަ އަނބުރާ ގެންގޮސްފަ އެވެ. އަދި ސޮއި ތައް ގެންދިއުމުން ނައިބު ރައީސް އީވާ އަބްދުﷲ ގެ މައްޗަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް ނުބަލަން މިއަދު ވަނީ ނިންމައިފަ އެވެ.

މަޖިލީހުގެ ޖަލްސާ ނިންމާލުމަށްފަހު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހްމީ މަޖިލީސްގެ ތަޅުމުގައި ހުންނަވައިގެން ލަވައެއް ވިދާޅުވާ ވީޑިއޯއެއް ނަޝީދު ވަނީ ހިއްސާ ކުރައްވާފަ އެވެ. "ޒީރޯ ޑިގްރީ އެޓޯލް" ގެ އެ ލަވައިގައި ކިޔަނީ "ވަޔަށާ އޮއިވަރު ރަގަޅަށް ނުބަލާ، ހިޔަލެއްގައި ތިބެ ދަތުރަށް ނުފުރާ،" މިހެންނެވެ. 

މެންބަރު އިންތި ލަވަ ވިދާޅުވާ އެ ވީޑިއޯ ހިއްސާ ކުރައްވަމުން ރައީސ ނަޝީދު ލިޔުއްވާފައި ވަނީ "ހުޅަނގާ ދެކުނާ ވަކިނުވި ނަމައީ، އޮޅިގެން ނަމަނަމަ ދަތުރަށް ނުފުރާ،" މިހެނެވެ. 

ރައީސް ނަޝީދުގެ އެ ޓްވީޓަށް ބާރު ދެއްވައި މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވެސް ވަނީ ހަމަ އެ ލަވައިގެ ޅެމުން ތަންކޮޅެއް ޓްވިޓާގައި ހިއްސާ ކުރައްވާފަ އެވެ.

އެކަމަނާ މިހެން ލިޔުއްވާފައި ވެއެވެ: 

"ރިޔަލެއް މާ ބޮޑު އޮތަކަސް ލިބިފާ، ދިޔަގަނޑު ނުހިކޭނަމައީ އެކުގާ، ވަޔަށާ އޮއެވަރު ރަނގަޅަށް ނުބަލާ، ހިޔަލެއްގާތިބެ ދަތުރައް ނުފުރާ،" 

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބި ވަޑައިގަތީ ދެވަނަ އެވެ. އެންމެން ހައިރާން ކޮލުމަށް ފަހު ތިންވަނަ ހޯދީ ޑިމޮކްރެޓްސް އަށެވެ. އެ ޕާޓީގެ ކެންޑިޑޭޓް އިލްޔާސް ލަބީބް 15،600 ވޯޓް ހޯއްދަވާފަ އެވެ. 

ދެވަނަ ބުރުގައި އިންތިހާބުން މޮޅުވާން ބޭނުން ނަމަ އެމްޑީޕީން ކޯލިޝަން ފުޅާ ކުރުމަށް މިހާރު އެންމެ ބޮޑަށް ބޭނުން ވާނީ ޑިމޮކްރެޓްސްގެ އެހީ އެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު އެވެ. އެމްޑީޕީން ގެންދަނީ އެ މަސައްކަތް ކުރަމުންނެވެ.

މިއަދު ކުއްލި ގޮތަކަށް އެމްޑީޕީން ނަޝީދާއި އީވާގެ މައްސަލަ ގެއްދިއުމުން ނަޝީދު ނުސީދާ ގޮތަކަށް މަލާމާތެއް ކުރައްވާފައި އެވަނީ އެހެން ވެގެން ކަމަށް ބެލެވެ އެވެ. 

މަލާމާތެއް ކުރައްވާ އެ މަނިކުފާނު ވިދާޅުވެފައި އެ ވަނީ ސިޔާސީ ކަންކަމުގައި ކުރިއަށް ވާނެ ގޮތެއް ނުބަލާ ކަންކަން ނުކުރުމަށެވެ.

މިހާރު ހާލަތު އޮތް ގޮތުން އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ނަޝީދުގެ އެހީ ބޭނުން ވެއެވެ. ދަ ޑިމޮކްރެޓްސްގައި ތިބި ގިނަ މެމްބަރުން ބުނަމުން ދަނީ އެމީހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތަށް ނާރާނެ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.