ކުރިއަށް ދާންވީ ގޮތް ވަރަށް ސާފު: އިލްޔާސް

"ތިބޭފުޅުން ކަންބޮޑުވެ ނުލައްވާ. އަޅުގަނޑުމެން ތިބޭފުޅުން ދެރަވާނެ ގޮތަކަށް މި ގައުމަށް ދެރަވާނެ ގޮތަކަށް މި ޕާޓީއަށް ދެރަ ގޮތަކަށް ތިބޭފުޅުންގެ ތި ވިސްނުމަށް ދެރަ ގޮތަކަށް އަޅުގަނޑުމެން ނިންމުމެއް ނުނިންމާނަން"

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވޯޓު ލައްވަނީ -- މި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް އިން ކުރިއަށްދާން ވީ ގޮތް ވަރަށް ސާފު ކަމަށާ ލަސްތަކެއް ނުވެ އެެ ޕާޓީގެ ނިންމުން ހާމަ ކުރައްވާނެ ކަމަށް ޑިމޮކްރެޓުންގެ ކެންޑިޑޭޓް އިލްޔާސް ލަބީބު މިއަދު ވިދާޅުވެއްޖެ އެވެ.

އިއްޔެ އޮތް ރިޔާސީ އިންތިހާބު ގައި ދެވަނަ ބުރަށް ވަޑައިގެންނެވޭ މިންވަރަށް ވޯޓް ލިބިވަޑައިނުގަތަސް ތިންވަނަ ކެންޑިޑޭޓެއްގެ ގޮތުގައި އެންމެ ގިނަ ވޯޓް ހެއްދެވީ އިލްޔާސް އެވެ. އެެހެން ކަމުން އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސްގެ ނިންމުމަކީ ވަރަށް މުހިންމު ނިންމުމެކެވެ.

ޑިމޮކްރެޓްސްގެ ސަޕޯޓަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން މިއަދު އޮތް ހަވީރުގެ ސައެއްގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ ދެވަނަ ބުރުގައި އެ ޕާޓީން އަމަލު ކުރާނެ ގޮތަކާމެދު ވަރަށް ގިނަަ ބަޔަކު ސުވާލު ކުރާ ކަމަށެވެ. އިލްޔާސް ވިދާޅުވި ގޮތުގައި ކުރިއަށް ދާންވީ ގޮތް ޑިމޮކްރެޓްސްގެ ލީޑާޝިޕަށް ވަރަށް ބޮޑަށް ސާފެވެ.

"ތިބޭފުޅުން ކަންބޮޑުވެ ނުލައްވާ. އަޅުގަނޑުމެން ތިބޭފުޅުން ދެރަވާނެ ގޮތަކަށް މި ގައުމަށް ދެރަވާނެ ގޮތަކަށް މި ޕާޓީއަށް ދެރަ ގޮތަކަށް ތިބޭފުޅުންގެ ތި ވިސްނުމަށް ދެރަ ގޮތަކަށް އަޅުގަނޑުމެން ނިންމުމެއް ނުނިންމާނަން. އަޅުގަނޑުމެން ނިންމުން ނިންމާނީ ތިބޭފުޅުންނާ އެކީ. ތިބޭފުޅުން ބޭނުންފުޅުވާ ގޮތަކަށް،"

ކުރިއަށްދާން ވީ ގޮތް ސާފު ނަމަވެސް ތެޅިފޮޅިގަނެގެން ނިންމުންތައް ނިންމައިގެން ނުވާނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ. އިލްޔާސް ވިދާޅުވި ގޮތުގައި އެ ޕާޓީގެ ނިންމުން ބިނާވާން ޖެހޭނީ ޕާޓީގެ ފަލްސަލާތައް ހިފަހައްޓައިގެން ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ގިތް ނިންމުމަށް ފަހު ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށެވެ.

އިލްޔާސް ތަކުރާރު ކޮށް ވިދާޅުވީ ޑިމޮކްރެޓްސް ފަހަތަށް ނުޖެއްސޭނެ ކަމަށާ އެ ޕާޓިން ފެށި ދަތުރުގައި ދެމި ތިބެ ކާމިޔާބު ހޯދާނެ ކަމަށެވެ.

އަށް ކެންޑިޑޭޓުން ވާދަ ކުރެއްވި ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ވޯޓްގެ 50 ޕަސެންޓަށް ވުރެ މަތީ ނަތީޖާއެއް ނުހޯއްދެވުނެވެ. އަދި އަދި އެންމެ މަތީން ވޯޓް ހޯއްދެވި ދެ ކެންޑިޑޭޓުންގެ ތެރެއިން ކެންޑިޑޭޓަކަށް ވެސް 50 ޕަސެންޓާ ހަމައަށް ދަތުރެއް ނުކުރެއްވުނެވެ.

އެހެންވެ އިންތިހާބުގައި ކުރި ހޯއްދެވި އިދިކޮޅު ކެންޑިޑޭޓް، މާލޭގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދެވަނަ ބުރަކަށް ދަތުރު ކުރައްވާފަ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓްގައި އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ލައްކައަކަށް ވުރެ ގިނަ ވޯޓް ހޯއްދެވި އެވެ. އެ މަނިކުފާނު ވަނީ 101،180 ވޯޓް ހޯއްދަވާފަ އެވެ. ދެވަނައަށް ވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނަށް ލިބިވަޑައިގެންފައި ވަނީ 85،935 ވޯޓެވެ. އެއީ މުއިއްޒު ހޯއްދެވި ވޯޓާއި ބަލާއިރު 15،000 ވުރެ މަދު އަދަދެކެވެ.

އިންތިހާބުގައި ތިން ވަނައަށް ދިޔައީ ރައީސް ނަޝީދުގެ އެމްޑީޕީން ވަކިވެ ވަޑައިގެން އުފެއްދި އަދި ދެތިން މަހެއްހާ ދުވަހުގެ މަސައްކަތަށް ފަހު ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި އިލްޔާސް ލަބީބެވެ. އޭނާ 15،600 ވުރެ ގިނަ ވޯޓް ހޯއްދަވާފަ އެވެ. އަދި ވަރުގަދަ ސިޔާސީ ލީޑަރު އަދި ކުރީގެ އިންތިހާބު ތަކުގެ "ކިންގް މޭކަރު" ގާސިމް އިބްރާހިމަށް ވުރެ މަތީން ވޯޓް ހޯއްދަވައިގެން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ 6،300 ވުރެ ގިނަ ވޯޓް ހޯއްދަވާފަ އެވެ.

ގާސިމް އިބްރާހިމަށް ލިބިވަޑައިގަތީ 5،600 ވޯޓެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.