އައިޝްވަރިޔާ ބޮލީވުޑަށް ނެރެން އެހީވީ ސަނީ

އައިޝްވާރިއާއާ އެކީ ސަނީ ނިންމަން އުޅުނު "އިންޑިއަން" ނުނިންމުނަސް ސަނީ ބައިވެރިވެގެން "އިންޑިއަން" ކިޔާ ފިލްމެއް ފަހުން ނެރެފައި ވެއެވެ.

ބޮލީވުޑް ތަރި އަދި ކުރީގެ މިސް ވޯލްޑް، އައިޝްވާރިއާ ރާއީ

ބޮލީވުޑް ތަރި އަދި ކުރީގެ މިސް ވޯލްޑް، އައިޝްވާރިއާ ރާއީ ބޮލީވުޑަށް ނެރެން މަސައްކަތް ކޮަށް ދީފައިވާނެ ކަމަށާއި އެކަމަށް ވަރަށް ބޮޑަށް ބާރު އެޅި ކަމަށް ސަނީ ޑިއޯލް ބުނެފި އެވެ.

އުމުރުން މިހާރު 66 އަހަރު ވެފައިވާ އެކްޝަން ބަތޮލު ސަނީ ބުނީ 1994 ގައި މިސް ވޯލްޑް ތާޖު ހާސިލުކުރި އައިޝްވާރިއާ ރާއީ ބޮލީވުޑްގެ ތަރިއަށް ބަދަލުކޮށްލުމަށް އޭނާ ބާރު އެޅީ "އިންޑިއަން" ކިޔާ ފިލްމަކުން ކަމަށާއި އެ ފިލްމަކީ އޭނާ ޕްރޮޑިއުސް ކުރާ ގޮތަށް ފެށި ޕްރޮޖެކްޓެއް ކަމަށެވެ. 

އައިޝްވާރިއާ ފުރަތަމަ ފިލްމަކީ ސަނީގެ ކޮއްކޮ ބޮބީ ޑިއޯލްއާއެކު ކުޅުނު ފިލްމެކެވެ. އެ ފިލްމް ހަދައި ދިނީ ސަނީ ބޮލީވުޑަށް ނުކުތް "ބޭތާބު" ވެސް ހެދި ޑައިރެކްޓަރެވެ. 

އައިޝްވާރިއާ ބެލުންތެރިންނަށް އެންމެ ފުރަތަމަ ބޮޑު ސްކްރީނުން ފެނިގެން ދިޔައީ މި އަހަރުގެ އެޕްރީލްގައި ރިލީޒްކުރި "ޕޮނިޔިން ސެލްވަން: ޕާޓް 2" ގެ ޑައިރެކްޓަރު މަނީ ރަތުނަމްގެ ތަމަޅަ ފިލްމަކުން  1997 ގަ އެވެ. 

އައިޝްވާރިއާއާ އެކީ ސަނީ ނިންމަން އުޅުނު "އިންޑިއަން" ނުނިންމުނަސް ސަނީ ބައިވެރިވެގެން "އިންޑިއަން" ކިޔާ ފިލްމެއް ފަހުން ނެރެފައި ވެއެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.