މޮރޮކޯ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 2000 އިން މައްޗަށް

މޮރޮކޯއަށް އައި މި ބިންހެލުމަކީ 2004 ވަނަ އަހަރު އުތުރުގެ ރިފް ފަރުބަދަތަކުގެ އަލް ހުސެއިމާ ކައިރީގައި ހިނގި ބިންހެލުމެއްގައި 600 އަށް ވުރެ ގިނަ މީހުން މަރުވި ފަހުން މޮރޮކޯއަށް އައި އެންމެ ނުރައްކާތެރި ބިންހެލުމެވެ.

މޮރޮކޯ ބިންހެލުމުގެ ތެރޭގައި ތާށިވެ މަރުވެފައި މީހެއްގެ ހަށިގަނޑު ހޯދައި އުފުލަނީ

މިދިއަ ހުކުރު ދުވަހުގެ ރޭ މޮރޮކޯއަށް އައި ބާރު ގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 2000 އިން މައްޗަށް އުފުލިއްޖެ އެވެ. އަނެއްކޮޅުން މި ބިންހެލުމުގެ ތެރޭގައި ޒަހަމުވެފައިވާ މީހުންގެ އަދަދު ވެސް މިހާރު 2000 އިން މައްޗަށް އުފުލިފަ އެވެ.  

ހުކުރު ދުވަހުގެ ރޭ މެންދަމު މޮރޮކޯ "ނިދާފައި" އޮއްވާ ބިންހެލުން އައިސްފައި ވަނީ ރިކްޓާ މިންގަނޑުން 6.8 ގެ ބާރު މިނުގަ އެވެ. ބިންހެލުން އައީ މަރަކޭޝްގެ އިރު އުތުރުން 72 ކިލޯމީޓަރު ދުރުގައި އޮންނަ ހައި އެޓްލަސް ފަރުބަދަތައް އޮންނަ ސަރަޙައްދަށެވެ. 

މި ބިންހެލުން އައިސްފައިވާ ކަމަށް އެމެރިކާގެ ޔޫއެސް ޖިޔޮލޮޖިކަލް ސާވޭ އިން ބުނެފައި ވަނީ ބިމުގެ ފަށަލައިން ފެށިގެން 18.5 ކިލޯމީޓަރު އަޑިއަށެވެ. 

ބިންހެލުމުގެ އަސަރު ލައްވާލައި ގެއްލުންވީ މަރަކޭޝް އާއި އަލް- ހައުޒާއި ވަރްޒާޒާތާއި އަޒީލާލާއި ޝީޝާވަތު އަދި ތަރޫދާނަށެވެ. އެ ގޮތުން ގިނަ ދަދެއްގެ އިމާރާތްތައް ވެއްޓި ވެއްޔާ މޮޑެވި އެތައް ބަޔަކު މަރުވެފައިވާއިރު އެ އިމާރާތްތަކުގެ ދަށުގައި އެތައް ބަޔަކު ތާށިވެފައި ވެއެވެ. -- ބިންހެލުމުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ސަރަޙައްދުތަކުގެ ތެރޭގައި މަރަކޭޝްގެ ތާރީހީ ރަށެއްވެސް ހިމެނެއެވެ. އެ ރަށަކީ ޔުނެސްކޯގެ ހެރިޓޭޖް ލިސްޓަށް ލާފައިވާ ރަށެކެވެ.

ބިންހެލުމާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން އެތައް އެތައް މަސައްކަތްތަކެއް ކުރާއިރު ބޭރު ދުނިޔެއިން ދަނީ އާރާސްތު ކުރުމަށް އެ ގައުމަށް އެހީތެރިކަން ފޯރު ކޮށްދޭނެ ކަމަށް ބުނަމުންނެވެ.

މޮރޮކޯއަށް އައި މި ބިންހެލުމަކީ 2004 ވަނަ އަހަރު އުތުރުގެ ރިފް ފަރުބަދަތަކުގެ އަލް ހުސެއިމާ ކައިރީގައި ހިނގި ބިންހެލުމެއްގައި 600 އަށް ވުރެ ގިނަ މީހުން މަރުވި ފަހުން މޮރޮކޯއަށް އައި އެންމެ ނުރައްކާތެރި ބިންހެލުމެވެ.

މޮރޮކޯ މިވަގުތު އޮތީ ގައުމީ ހިތާމައިގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.