ބްރެޒިލަށް ވަޑައިގަތަސް ޕޫޓިން ހައްޔަރެއް ނުކުރެވޭނެ: ލޫލާ

ލޫލާގެ މި ވާހަކަތައް އާއިރު ބްރެޒިލަކީ އައިސީސީ އުފެއްދުމަށް މެދުވެރިވި ރޯމް ސްޓޭޓިއިޓްގައި ސޮއިކުރި ގައުމެކެވެ. މިކަމާ ގުޅޭ ގޮތުން ލޫލާގެ އޮފީހުން ބަހެއް ބުނެފައެއް ނުވެ އެވެ.

ރައީސް ޕޫޓިން އާއި ރައީސް ލޫލާ

އިންޑިއާގެ ދިއްލީގައި މިއަދު ޖީ20 ގެ ސަމިޓް ނިންމާލާއިރު އަންނަ އަހަރު ޖީ20 ގެ ރިޔާސަތަކަށް ދެން ވާނީ ބްރެޒިލެވެ. އެހެން ކަމުން އަންނަ އަހަރު ބާއްވާ ގްރޫޕް އޮފް 20 ގެ ބައްދަލުވުން އޮންނާނީ ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގަ އެވެ. އެކަން އިއުލާން ވުމާއެކު އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފި ނަމަ ރަޝިޔާގެ ލީޑަރު ލަޑިމިއާ ޕޫޓިން ހައަޔަރު ކުރުމާމެދު އޮތް ބިރަށް ބްރެޒިލްގެ ރައީސް ވަނީ ފެން ޖައްސަވާ ފިނި ކުރައްވާފަ އެވެ.  

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) ނެރެފައިވާ ހައްޔަރު އަމުރެއް އޮތުމުން، އެއިން ރެކި ވަޑައިގަތުމަށް ރައީސް ޕޫޓިން ދިއްލީ ސަަމިޓަށް ވަޑައެއް ނުގަންނަވަ އެވެ. ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ ސާފުކޮށް ވިދާޅުވީ ބްރެޒިލްގައި ރައީސް ޕޫޓިން ހައްޔަރު ނުކުރާނެ ކަމަށެވެ. އެ ޖާގަ ނުވެސް ނެތް ކަމަށެވެ.  

އިއްޔެ ދިއްލީގައި ފެށި ޖީ20 ބައްދަލުވުމުގެ ހަވާސާގައި "ފަސްޓްޕޯސްޓް ނިއުސް ޝޯ" ގައި ލޫލާ ވިދާޅުވީ އަންނަ އަހަރުގެ ސަމިޓަށް ޕޫޓިންއަށް ދައުވަތު އަރުވާނެ ކަމަށާއި ޕޫޓިން ވަޑައިގަންނަވާނެ ކަމަށް ބެއްލެވޭ ކަމަށެވެ. އަދި ވިދާޅުވީ ރިއޯ ބައްދަލުވުމުގެ ކުރިން ރަޝިޔާގައި އޮންނަ ބްރިކްސް ބްލޮކް އޮފް ޑިވެލޮޕްމަންޓް ނޭޝަންސް ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ. 

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް ޕޫޓިންއަށް ފަސޭހަ ކަމާއެކު ބްރެޒިލްއަށް ވަޑައިގެންނެވޭނެ،" ލޫލާ ވިދާޅުވި އެވެ. "އަޅުގަނޑު ދަންނަވަން އޮތް އެއްޗަކީ އަޅުގަނޑު ބްރެޒިލްގެ ރައީސް ކަމުގައި ހުއްޓާ ޕޫޓިން ބްރެޒިލަށް ވަޑައިގަތުމަކުން ރައީސް ޕޫޓިން ހައްޔަރު ކުރެވޭނެ ގޮތެއް ނެތޭ،"

ލޫލާގެ މި ވާހަކަތައް އާއިރު ބްރެޒިލަކީ އައިސީސީ އުފެއްދުމަށް މެދުވެރިވި ރޯމް ސްޓޭޓިއިޓްގައި ސޮއިކުރި ގައުމެކެވެ. މިކަމާ ގުޅޭ ގޮތުން ލޫލާގެ އޮފީހުން ބަހެއް ބުނެފައެއް ނުވެ އެވެ.

އައިސީސީން ޕޫޓިންގެ މައްޗަށް އަމުރެއް ނެރެފައި ވަނީ ހަނގުރާމައިގެ ޖަރީމާތަކުގެ ތުހުމަތުތަކުގަ އެވެ. އެ އަމުރެއް ނެރެފައި ވަނީ މިދިޔަ މާޗް މަހު އެވެ. އެ ސަބަބާ ހުރެ ރައީސް ޕޫޓީން ގެންދަވަނީ ބައިނަލްއަގްވާމީ ޖަލްސާތައް ތަކުރާރުކޮށް ދޫކޮށްލައްވަމުންނެވެ. ދިއްލީ ސަމިއްޓަށް ވެސް ހާޒިވެ ވަޑައި ނުގެން ޕޫޓިން ފޮނުއްވެވީ ފޮރިން މިނިސްޓަރު ސާގޭ ލަވްރޯފެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.