އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ވޯޓް ފޮއްޓާއި ހަވާލުވެ ހުރި އިސް މީހާ މަގާމުން ވަނީ ދުރުކޮށްފައެވެ. އޭނާ މަގާމުން ދުރުކުރީ އިގުރާރާއި ހިލާފުވުމުންނެވެ.
ރަސްދޫގައި ވޯޓްލުން މެދުކެނޑުނީ އެއްވޯޓް ފޮށީގެ އެވެ. ވޯޓް ލުން މެދުކަނޑާލަން ޖެހުނީ އުފެދުނު ހަމަނުޖެހުމަކާއި ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ވޯޓް ފޮއްޓާއި ހަވާލުވެ ހުރި އިސް މީހާ މަގާމުން ވަނީ ދުރުކޮށްފައެވެ. އޭނާ މަގާމުން ދުރުކުރީ އިގުރާރާއި ހިލާފުވުމުންނެވެ.
ހިޔާލުތަފާތުވުން އުފެދުނީ މަންދޫބުންގެ ގޮތުގައި ތިބި ދެ މީހަކު މަސްއޫލިއްޔަތުން އެކަހެރި ކުރުމުންނެވެ. އެއީ ޕީޕީއެމަށް ނިސްބަތްވާ ދެ މަންދޫބުން ކަމަށް ވެއެވެ.
މައްސަލަ ހައްލުކޮށް ވޯޓްލުން އަލުން ފެށުމަށް ދަނީ މަަސައްކަތް ކުރަމުންނެވެ.