"އަޅުގަނޑަކީ ރައްޔިތުން ކޮންމެ ގޮތަކަށް ނިންމެވި ނަމަވެސް އެކަން ގަބޫލު ކުރާނެ މީހެއް އަބަދުވެސް. އަޅުގަނޑު ޔަގީން ކުރަނީ ދިވެހި ރައްޔިތުން އެ ނިންމަވާ ގޮތަކަށް އަޅުގަނޑުމެން ވެސް އެކަމަށް އިހްތިރާމުކޮށް އެކަން ބަލައިގަނެ އަނެއްކާ ވެސް ގައުމައިގެން އަޅުގަނޑުމެން ކުރިއަށް ދާނީ،"
މިއަދު ކުރިއަށްދާ އިންތިހާބުގައި ރައްޔިތުން ކޮންމެ ގޮތަކަށް ނިންމިޔަސް އެ ނިންމުން ގަބޫލުކޮށް ގައުމައިގެން ކުރިއަށްދާން ޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގައި ވޯޓް ދެއްވުމަށް ފަހު ނޫސްވެރީންނާއި ވާހަކަ ދައްކަވުން ފައިސަލް ވިދާޅުވީ އޭނާ އަކީ އަބަދުވެސް ރައްޔިތުންގެ ނިންމުން ގަބޫލު ކުރައްވާނެ ބޭފުޅެއް ކަމަށެވެ. ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރަން ޖެހޭ ކަމަށާ އެ ނިންމުން ބަލައިގަނެ ކުރިއަށްދާން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަކީ ރައްޔިތުން ކޮންމެ ގޮތަކަށް ނިންމެވި ނަމަވެސް އެކަން ގަބޫލު ކުރާނެ މީހެއް އަބަދުވެސް. އަޅުގަނޑު ޔަގީން ކުރަނީ ދިވެހި ރައްޔިތުން އެ ނިންމަވާ ގޮތަކަށް އަޅުގަނޑުމެން ވެސް އެކަމަށް އިހްތިރާމުކޮށް އެކަން ބަލައިގަނެ އަނެއްކާ ވެސް ގައުމައިގެން އަޅުގަނޑުމެން ކުރިއަށް ދާނީ،"
ފައިސަލް ތަކުރާރުކޮށް ވިދާޅުވީ ކޮންމެ ގޮތަަކަށް ނިންމުން އައި ނަމަވެސް ގައުމައިގެން ކުރިއަށްދާން ޖެހޭ ކަމަށެވެ. އިންތިހާބު ނިމުމުން ދެން ތިބެން ޖެހޭނީ އެކަތިގަނޑެއްގެ ގޮތުގައި ކަަމަށް ވިދާޅުވި އެވެ. އަދި އެއްބުރުން އިންތިހާބު ނުނިމުނު ކަމުގައި ވީނަމަވެސް ދެވަނަ ބުރަކާއި ހަމައަށްވެސް އޮމާން ކަމާއެކު ދާން ޖެހޭ ކަމަށެވެ. ފައިސަލް ވިދާޅުވީ ގައުމުގެ ކުރިމަގު ފެންނަނީ އުޖާލާކޮށް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމަކީ ސިޔާސީ ޕާޓީތައް އުފެދުނު ފަހުން ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރާ ފުރަތަމަ ނާއިބު ރައީސެވެ. ފައިސަލް ގެ މަގާމުގެ މުއްދަތު ނޮވެންބަރު 17، 2023 އަށް ހަމަވާނެ އެވެ.
ބެސްްޓް