މޮރޮކޯއަށް ބިންހެލުމެއް އައިސް 296 މީހުން މަރުވެއްޖެ

މި ބިންހެލުމަކީ 2004 ވަނަ އަހަރު އުތުރުގެ ރިފް ފަރުބަދަތަކުގެ އަލް ހުސެއިމާ ކައިރީގައި ހިނގި ބިންހެލުމެއްގައި 600 އަށް ވުރެ ގިނަ މީހުން މަރުވި ފަހުން މޮރޮކޯއަށް އައި އެންމެ ނުރައްކާތެރި ބިންހެލުމެވެ.

ރަބަތު (ސެޕްޓެމްބަރު 9) - މޮރޮކޯގެ ފަރުބަދަތައް ހިމަނޭ ސަރަހައްދަށް ހުކުރު ދުވަހުގެ ރޭ ދަންވަރު އައި ބާރުގަދަ ބިންހެލުމެއްގައި 296 މީހުން މަރުވެ ގިނަ އަދަދެއްގެ އިމާރާތްތައް ހަލާކުވެ ބޮޑެތި ސިޓީތަކުގެ ރައްޔިތުން ގެދޮރު ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ހިނގައްޖެ އެވެ. 

މޮރޮކޯގެ އިންޓީރިއާ މިނިސްޓްރީން ބުނީ 296، އެ އަދަދަކީ މަރުވި މީހުންގެ އިބްތިދާއީ ނަމްބަރެއް ކަމަށާއި 153 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. ބިންހެލުން އައި ސަރަހައްދުގެ އޮފިޝަލަކު ވިދާޅުވީ ގިނަ މީހުން މަރުވެފައި ވަނީ ފަރުބަދަމަތީ ސަރަހައްދުތަކުގައި ކަމަށެވެ. 

ބިންހެލުން އައި ސަރަހައްދާ އެންމެ ކައިރީގައި އޮންނަ ބޮޑު ސިޓީ، މަރެކޭޝްގެ ރައްޔިތުން ބުނީ ޔުނެސްކޯއިން ދުނިޔޭގެ ތަރިކައިގެ ލިސްޓަށް ލާފައިވާ ސަރަހައްދު ކަމަށްވާ މުސްކުޅި ސިޓީގެ ބައެއް އިމާރާތްތައް ވެސް ވެއްޓިފައިވާ ކަމަށެވެ. 

މަރުވި މީހުންގެ އަދަދާ ބެހޭ ގޮތުން ޓީވީން ދެއްކި ބަޔާނުގައި ބުނެފައި ވަނީ ބިންހެލުން އައިސްފައި ވަނީ އަލް ހައުޒް، އޮއާޒާޒާޓޭ، މަރަކޭޝް، އަޒިލާލް، ޗިޗައުއާ އަދި ތަރޫޑަންޓް ޕްރޮވިންސްތަކަށް ކަމަށެވެ.

ބިންހެލުން އައި ސަރަހައްދު ކައިރީގައި އޮންނަ ފަރުބަދަމަތީ އަވަށެއް ކަމަށްވާ އަސްނީގެ ރައްޔިތެއް ކަމަށްވާ މޮންސިރު އިތުރީ ބުނީ އެ ސަރަހައްދުގެ ގިނަ ގޭގެއަށް ވެސް ގެއްލުން ލިބިފައިވާ ކަމަށެވެ. 

"އަޅުގަނޑުމެންގެ އަވަށްޓެރިން ވަނީ ވެއްޓި ތާށިވެފައި. ވަސީލަތްތައް ބޭނުން ކޮށްގެން އެމީހުން ސަލާމަތް ކުރުމަށް ބުރަކޮށް މަސައްކަތް ކުރަމުން ދަނީ" އޭނާ ވިދާޅުވި އެވެ.

ވިއްސަކަށް ސިކުންތު ވަންދެން ރޭ ބިން ހެލުން އައެވެ. މޮރޮކޯގެ ޖިއޮފިޒިކަލް ސެންޓަރުން ބުނީ އެ ބިންހެލުން އައިސްފައި ވަނީ އިގިލް ސަރަހައްދަށް 7.2 މެގެންޓިއުޑްގެ ބާރުމިނުގައި ކަމަށެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނީ ބިންހެލުމުގެ މެގްނިޓިއުޑް 6.8 އަށް އަރާފައިވާއިރު، އެ ބިންހެލުމަކީ 18.5 ކިލޯމީޓަރު (11.5 މޭލު) ގެ ފުންމިނެއްގައި އުފެދުނު ބިންހެލުމެއް ކަމަށެވެ.

ދަނޑުވެރިކަމުގެ ކުދި ރަށްތައް ހިމެނޭ ފަރުބަދަމަތީ ސަރަހައްދެއް ކަމަށްވާ އިގިލް އޮންނަނީ މާރެކޭޝްގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 70 ކިލޯމީޓަރު (40 މޭލު) ދުރުގައެވެ. ބިންހެލުން އައީ ރޭ 11:00 ޖަހާ އެހާކަންހާއިރު އެވެ. 

މި ބިންހެލުމަކީ 2004 ވަނަ އަހަރު އުތުރުގެ ރިފް ފަރުބަދަތަކުގެ އަލް ހުސެއިމާ ކައިރީގައި ހިނގި ބިންހެލުމެއްގައި 600 އަށް ވުރެ ގިނަ މީހުން މަރުވި ފަހުން މޮރޮކޯއަށް އައި އެންމެ ނުރައްކާތެރި ބިންހެލުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.