އަދިތިޔާ-އެލް1 ސެލްފީއެއް ނަގައި ދުނިޔެއަށް ފޮނުވައިފި

ހަލޯ އޯބިޓަކީ އޯބިޓަލް މެކޭނިކްސްގެ ތިން ބައިގެ ޕޮއިންޓްތަކުގެ ތެރެއިން އެއް ޕޮއިންޓް ކައިރީ އޮންނަ ތިނެސްކަން ވަޒަނެކެވެ.

މިދިއަ ހޮނިހިރު ދުވަހު އިރުގެ މިޝަނުގައި އިންޑިއާއި ފަޒާއަށް ފޮނުވި އުޅަނދު، "އަދިތިޔާ-އެލް1" އިން ސެލްފީއެއް ނަގައި، ދުނިޔެއަށް ފޮނުވައިދީފި އެވެ. 

"އަދިތިޔާ-އެލް1" އުޅަނދުން އޭގެ އަމިއްލަ ފޮޓޯއެއް ނަގައި ފޮނުވައި ދިނީ އިންޑިއާގެ ސްޕޭސް ރިސާޗް އެޖެންސީ (އިސްރޯ) އަށެވޗެ. އެ ފޮޓޯއިން ދުނިޔެއާއި ހަނދު ފެނެ އެވެ.

އަދީއްޔާ-އެލް1 އަކީ އިރު ދިރާސާކުރާ އިންޑިއާގެ ފުރަތަމަ ޖައްވީ އޮބްޒަވޭޓަރީ އެވެ. ދުނިޔެއާއި ގާތްގަނޑަކަށް 1.5 މިލިއަން ކިލޯމީޓަރު ދުރަށް (932،000 މޭލު) މި އުޅަނދު ދަތުރު ކުރާނެ އެވެ. މީގެ މާނައަކީ އޮބްޒަވޭޝަން ޕޮއިންޓަށް އަދިތިޔާ-އެލް1 ދަތުރު ކުރަން ގާތްގަނޑަކަށް ހަތަރު މަސް ދުވަސް ނަގާނެ އެވެ. ގާތްގަނޑަކަށް 125 ދުވަހުގެ ތެރޭ މަންޒިލަށް ދަތުރު ކުރުމަށްފަހު، އިރާ އެންމެ ކައިރި ކަމަށް ބެލެވޭ ލަގްރެންޖް ޕޮއިންޓް، އެލް1 ވަށައިގެންވާ ހެލޯ އޯބިޓެއްގައި އޮވެ ދިރާސާކޮށް ސައިންޓިފިކް ތަޖުރިބާތަކަށް ބޭނުންވާނެ އިރުގެ ތަސްވީރުތައް ފޮނުވާނެ އެވެ. މިޝަން ގައި އިރުގެ ހަރަކާތްތައް ބެލުމުގެ އިތުރުން އިރުގެ ސަބަބުން ސޯލާ ސިސްޓަމަށް އަންނަ ބަދަލުތައް ހޯދާން ވެސް ހިފާނާނީ އެލް 1ގެ ޕޮއިންޓްގައި އޮވެ އެވެ.

ދުނިޔެއާއި އިރާ ދެމެދު މަޑުކުރަން ފަސޭހަވާ ފަސް ލެގްރެންޖިއަން ޕޮއިންޓް (ނުވަތަ ޕާކިން އޭރިއާ) އެއް ވެއެވެ. ޖައްވުގައި ހުންނަ މި ޕޮއިންޓްތައް ޖައްވީ އުޅަނދުތަކަށް ބޭނުން ކޮށްގެން ތެޔޮ ބޭނުންކުރުން މަދުކޮށްގެން އެތަނުގައި މަޑު ކުރެވޭނެ އެވެ.   
ހަލޯ އޯބިޓަކީ އޯބިޓަލް މެކޭނިކްސްގެ ތިން ބައިގެ ޕޮއިންޓްތަކުގެ ތެރެއިން އެއް ޕޮއިންޓް ކައިރީ އޮންނަ ތިނެސްކަން ވަޒަނެކެވެ.

މި އޯބިޓްގައި L1 އިން L5 އަށް ލޭބަލް ކޮށްފައިވާ މައިގަނޑު ފަސް ލަގްރެންޖް ޕޮއިންޓް އޮވެ އެވެ. "ހަލޯ އޯބިޓް" ގުޅިފައިވަނީ އެލް1، އެލް2، އަދި އެލް3 ލަގްރެންޖް ޕޮއިންޓްތަކާއެވެ. ހެލޯ އޯބިޓެއްގެ ސިފައަކީ އަހުގެ މަރަވަޅީގެ ސިފަ ލިބިފައިވާ މަގެކެވެ. މި ބާވަތުގެ އޯބިޓްގައި އޮންނަ ޖައްވީ އުޅަނދެއް ވަގުތު ފާއިތުވަމުންދާ ވަރަކަށް އޭގެ މަގާމު މާ ބޮޑުތަނުން ދުރަށް ނުޖެހި އޮވެވޭނެ އެވެ.

މި އޯބިޓްތަކުގައި ޖައްވީ ޓެލެސްކޯޕްތަކާއި އެހެނިހެން ސައިންޓިފިކް އާލާތްތައް ބަހައްޓައިގެން ދުނިޔެ އާއި ހަނދާއި އިރު އަދި އެހެނިހެން ވެސް އުޑުމަތީގެ އެފަދަ ތަންތަނުގެ ތަފާތު ދިރާސާތައް ކުރެވެއެވެ.

އިންޑިއާގެ ޖައްވީ އުޅަނދު ޖައްވީ އުޅަނދު އިރުގެ ހެލޯ އޯބިޓަށް ވަދެވުމުން އެ އުޅަނދަށް އިރުގެ ސާފު މަންޒަރު މެދުކެނޑުމެއްނެތި ފެންނާނެ އެވެ. އޭގެ ސަބަބުން އިރުގެ ހަރަކާތްތަކާއި އެތާނގެ ޖައްވާއި މޫސުމަށް ކުރާ އަސަރު ރިއަލް ޓައިމްގައި ބެލޭނެ އެވެ. މި ދަތުރު ކުރާ ޖައްވީ އުޅަނދުގައި އިލެކްޓްރޯމެގްނެޓިކް އަދި ޕާޓިކަލް ފީލްޑް ޑިޓެކްޓަރު ހިމެނެ އެވެ. އަދި އިރުގެ އެންމެ ބޭރު ފަށަލަތައް ކަމަށްވާ ފޮޓޯސްފިއާ އާއި ކްރޮމޮސްފިއާ ބެލުމަށް ހަތް ޕޭލޯޑް ވެސް އުފުލާނެ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.