ޖަޕާނުގެ "މޫން ސްނައިޕާ" ހަނދަށް ނައްޓާލައިފި

މި ދަތުރުގައި "މޫން ސްނައިޕާ" ހަނދުގެ އޯބިޓް / ހަނދުގެ އިހްތިސޯސީ ދައުރުގެ ތެރެއަށް ދެމިގަންނާނީ ހަތަރު މަސް ދުވަހުގެ މުއްދަތުގެ ދުވެލީންނެވެ.

ޖަޕާންގެ "މޫން ސްނައިޕާ" މިއަދު އޭގެ ރޮކެޓާއެކު އުދުހިގަންނަނީ

ހަނދަށް ދިއުމުގެ ރޭހުގައި އޮތް ޖަޕާނުން ހަނދަށް އުޅަނދެއް ފޮނުވުމަށް މި އަހަރު މީގެ ކުރިން ދިމާކުރި ތިން ފަހަރު މޫސުން ގޯސް ވެގެން އެކަން ނުވެ ދިއުމަށް ފަހު، ހަނދަށް ފޮނުވާ ލޭންޑަރު ހިމެނޭ ރޮކެޓެއް ކާމިޔާބު ކަމާއެކު ފޮނުވާލައިފި އެވެ. 

ޖަޕާނުގެ މި މިޝަން ކާމިޔާބުވެއްޖެ ނަމަ އެމެރިކާ، ރަޝިޔާ، ޗައިނާ އަދި އިންޑިއާއަށް ފަހު ހަނދަށް ފައިބާ ފަސް ވަނަ ގައުމަކަށް ވާނީ ޖާޕާނެވެ. 

ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޖަޕާނުން ދެތިން ފަހަރެއްގެ މަތިން ހަނދުގެ ބިމަށް ދާން މަސައްކަތްކޮށް ކާމިޔާބުވާ ގޮތް ނުވީ މޫސުން ގޯސްވުމުގެ ސަބަބުން މިޝަންތައް ތިން ފަހަރު މަތީން ފަހުވަގުތު ފަސް ކުރަން ޖެހިގެނެވެ. އެހެން އޮއްވާ މީގެ ދެ ހަފްތާ ކުރިން އިންޑިއާއިން ވަނީ ހަނދުގެ ދެކުނު ފަޅިއަށް އުޅަނދެއް ފޮނުވައި ކާމިޔާބުކަމާއެކު ޖައްސައިގެން ޖަޕާނަށްވުރެ ކުރީން ތާރީހު ލިޔެފަ އެވެ.

ޖާޕާނުން "މޫން ސްނައިޕާ" ގެ ނަމުން ނަންދީފައިވާ އެ ގައުމުގެ ލޭންޑަރު މިއަދު ހަނދުގެ ދަތުރުގައި ފޮނުވާލީ އެޗް-އައިއައިއޭ ރޮކެޓުގައި ކަމަށް ޖަޕާން އެއަރޮސްޕޭސް އެކްސްޕްލޯރޭޝަން އެޖެންސީ (ޖޭއެކްސާ) ބުނެ އެވެ. އަދި ބުނީ ދަތުރުގެ ހުރިހާ ކަމެއް ބަރާބަރަށް ދާނަމަ ހަނދުގައިވާ ޝިއޯލީ ކްރޭޓަރު / ވަޅުގަނޑެއްގެ ކައިރީން 100 މީޓަރު ހިމެނޭ ސަރަހަދަކަށް މޫން ސްނައިޕާ ލޭންޑް ކުރާނެ  އެވެ، އެއީ މީގެ ކުރިން ލޭންޑާތައް ޖެއްސުން ގަސްތުކުރި ތަންތަނާ ދިހަވަރަކަށް ކިލޯމީޓަރާއި ދެމެދުގެ ދުރުމިނެވެ.  

މި ދަތުރުގައި "މޫން ސްނައިޕާ" ހަނދުގެ އޯބިޓް / ހަނދުގެ އިހްތިސޯސީ ދައުރުގެ ތެރެއަށް ދެމިގަންނާނީ ހަތަރު މަސް ދުވަހުގެ މުއްދަތުގެ ދުވެލީންނެވެ. އަދި އޭގެ ފަހުން އަންނަ އަހަރުގެ ފެބްރުއަރީ މަހު ހަނދަށް ޖައްސަން މަސައްކަތް ކުރުމުގެ ކުރިން ހަނދު ވަށައި މަހެއްހާ ދުވަސް ބުރު ޖެހުމުގައި ހޭދަ ކުރާނެ އެވެ.

"މޫން ސްނައިޕާ" އަކީ 100 މިލިއަން ޑޮލަރުގެ މި މިޝަނަކެވެ. މިއީ ލުއި އަދި ކުޑަ އަގެއްގައި ޖައްވީ އުޅަނދެއް ހަނދުގައި ޖެއްސުމުގެ ގާބިލްކަން ދައްކުވައި ދޭނެ މިޝަނެއް ކަމަށް ޖަޕާނުން ބުނެ އެވެ. 

"މޫން ސްނައިޕާ" އުފުލާ ރޮކެޓުގައި ޖަޕާނާއި އެމެރިކާ އަދި ޔޫރަޕްގެ ޖައްވީ އިދާރާތައް ގުޅިގެން ހިންގާ އެކްސްރޭ އިމޭޖިން އެންޑް ސްޕެކްޓްރޯސްކޯޕީ މިޝަންގެ (އެކްސްއާރުއައިއެސްއެމް) ސެޓެލައިޓް ވެސް ގެންދިޔަ އެވެ.

ބަހެއް ސައިޒުގެ ޓެލެސްކޯޕެއް ހިމެނޭ މި ސެޓެލައިޓް ހަނދުގެ ލޭންޑަރާއި ވަކިވާނެ އެވެ. އަދި ދުނިޔޭގެ ވަށައިގެން ދައުރުވެ ބްލެކްހޯލް އާއޮ ޖައްވުގެ އެހެން ސިއްރުތައް ދިރާސާ ކުރަން ފަށާނެ އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ މަސައްކަތުގައި ޖެކްސާގެ "އޮމޮޓެނާޝީ" ޖައްވީ އުޅަނދުގެ ހަނދުގައި ޖެއްސުމުގެ މިޝަން  ހުއްޓާލީ ގުޅުން ކެނޑުމުންނެވެ. އަދި ދާދި ފަހުން އޭޕްރީލް މަހު ޖަޕާނުގެ އަމިއްލަ ސްޓާޓް-އަޕް ކުންފުންޏެއް ކަމަށްވާ އައިސްޕޭސް އިން ވެސް އެ މީހުންގެ ޖައްވީ އުޅަނދާ ގުޅުން ގެއްލުމުން އެ މީހުންގެ ހަކުޓޯ-އާރް ލޭންޑަރު ހަނދަށް ޖައްސާފައެއް ނުވެ އެވެ.

ޖަޕާނުގެ ޖައްވީ ޕްރޮގްރާމަށް ވެސް ވަނީ އެހެން ނާކާމިޔާބީތައްވެސް ކުރިމަތިވެފަ އެވެ.

ކޮމެންޓް

1
450
ހަލީލް
1 year ago

މިހާރު ދެން ހަނދަން ނުދާ މީހެެއް ނެތް ދޯ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.