އަރަބިއްޔާގެ ބެލެނިވެރިންނަށް މުއިއްޒު އުންމީދު ދެއްވައިފި

ސަރުކާރުން އަރަބިއްޔާއަށް އިހުމާލްވެފައިވާ ކަމުގެ ޝަކުވާތައް އޮވެ އެވެ. އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން ގިނައިން އުޅެން ޖެހެނީ ދާއިމީ ސްކޫލެއް ނެތިއެވެ.

މައްސަލަތައް ގިނަ، އަރަބިއްޔާގެ ބެލެނިވެރިންނާ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރޭ ބައްދަލު ކުރައްވާ އުންމީދު ދެއްވައިފި އެވެ.

މުއިއްޒު ރޭގައި ވަނީ އަރަބިއްޔާ ކަންކަމާއި ދިމާވެފައިވާ މައްސަލަތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބެލެނެވެރިންނާ ބައްދަލު ކުރައްވާ ވަގުތު ހޭދަ ކުރައްވާފަ އެވެ.

އެ ސްކޫލްގެ ބެލެނިވެރިން ބުނާ ގޮތުގައި މުއިއްޒު، އެ ސްކޫލްގެ ބެލެނިވެރިންނާއެކު ބޭއްވި ކުއްލި ބައްދަލުވުމުގައި އަރަބިއްޔާއަށް ދިމާވެފައިވާ މައްސަލަތަކުގައި އުންމީދު ދެއްވާ އެކަމަށް ވައުދުތަކެއް ވެވަޑައިގެންނެވިކަމަށާއި އޭގެ ތަފުސީލުތައް ފަހުން ހާމަ ކުރާނެ ކަމަށެވެ. 

މީގެ ކުރިން މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އަރަބިއްޔާ ސްކޫލް އަޅަން ނިންމި ސަރަހައްދަކީ މާލޭގެ އެންމެ ކާރޫބާރު ބޮޑު އަދި ޖާގައިގެ ގޮތުން މާބޮޑު ތަނަވަސްކަމެއް ނެތް ކުރީގެ ބާ ޖަމާލުއްދީން ކަމަށާއި އެއަށްވުރެ ޖާގަ ބޮޑުކޮށް އެ ސްކޫލްގެ އިމާރާތް އެޅޭނެ ބިންތައް މާލޭގައި އެބަހުރި ކަމަށެވެ. 

ސަރުކާރުން އަރަބިއްޔާއަށް އިހުމާލްވެފައިވާ ކަމުގެ ޝަކުވާތައް އޮވެ އެވެ. އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން ގިނައިން އުޅެން ޖެހެނީ ދާއިމީ ސްކޫލެއް ނެތިއެވެ. 

ކޮމެންޓް

1
450
އީސާ
1 year ago

ތީ ހަމަ އުއްމީދެއް. ހިޔެއް ނުވޭ ހަގީގަތަކަށް ވެދާނެ ހެނެއް. ސަބަބު، އުއްމީދު ގެ ހުޅުކޮޅު ނިވޭނެ 9 ސެޕްޓެމްބަރ ގަ. މުއިޒް ނުހޮވޭނެ 100 ގެރެންޓީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.