ބްލިންކެން ވަނީ ޔްކްރޭނުގެ ރައީސް ލޮޑިމިއާ ޒެލެންސްކީއާ ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި އެމެރިކާގެ ސަޕޯޓަށް ޒެލެންސްކީ ޝުކުރު އަދާކުރެއްވި އެވެ.
އެމެރިކާއިން ޖުމްލަ އެއް ބިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރު ހިމެނޭ ގޮތުން އެހީގެ އާ ޕެކޭޖެއް ޔޫކްރޭނަށް ދޭން ނިންމައި އެކަން އިއުލާން ކޮށްފި އެވެ.
މި ޕެކޭޖް އިއުލާން ކޮށް ދެއްވީ އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެން ކިއެވްއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އެމެރިކާގެ އެހީގެ އާ ޕެކޭޖްގައި 665 މިލިއަން ޑލަރު ހާއްސަކޮށްފައި ވަނީ ސީދާ ހަތިޔާރަށެވެ. އޭގެ ތެރޭގައި ހިމާސް މިސައިލް ލޯންޗް ސިސްޓަމްތަކާއި ޖެވެލިން އެންޓިޓެންކް ހަތިޔާރާއި އެބްރަމްސް ޓެންކާއި އެހެނިހެން ހަތިޔާރުގެ ސިސްޓަމްތައް ހިމެނޭނެ ކަމަށް ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކަރީން ޖީން ޕިއެރޭ ޔަގީންކޮށް ދެއްވަ އެވެ.
ޕެންޓަގަން އިން ބުނީ މި ޕެކޭޖްގެ ތެރޭގައި ޔޫރޭނިއަމް ވަޒަންތައް ވެސް ފޮނުވާނެ ކަމަށާއި ނަމަވެސް އެ ވަޒަންތައް ބޭނުން ކުރުމަކީ ހިޔާލުތަފާތުވުންތަކެއް އުފެދޭނެ ކަމަކަށް ވާނެ ކަމަށެވެ.
ބްލިންކެން ވިދާޅުވީ ރަޝިއާއާ ދެކޮޅަށް ރައްދު ހަމަލާ ދިނުމުގައި ޔްކްރޭނުން ދޭ ހަމަލާތަކުގައި ކުރިއެރުންތައް ލިބޭ ކަމަށާއި އެމެރިކާގެ އެހީގެ އާ ޕެކޭޖްގެ ސަބަބުން އެ ކުރިއެރުން ދެމެހެއްޓުމަށާއި އިތުރު ބާރެއް ބިނާ ކުރުމަށް ޔުކްރޭނަށް އެހީތެރި ކަމަކަށް ވާނެ ކަމަށެވެ.
ވޮޝިންޓަނުން ރިޕޯޓް ކުރާ އަލްޖަޒީރާގެ ރޮޒިލެންޑް ޖޯޑަން ބުނީ އެންމެ ފަހުގެ އަސްކަރީ އެހީގެ ޕެކޭޖުގެ ބޭނުމަކީ ޔޫކްރޭންގެ ކައުންޓާ އޮފެންސިވްގައި ވަރުގަދަ ކޮށްދޭން އެމެރިކާއަށް ވެދެވެނެ އޮތް އެހީއެއް ވެދިނުން ކަމަށެވެ.
"އެމެރިކާއިން ސީދާ އަސްކަރީ އެހީގެ ގޮތުގައި ފޯރު ކޮށްދެމުންދާ 175 މިލިއަން ޑޮލަރަކީ ޔޫކްރޭންގެ އަސްކަރީ ރައްދު ހަމަލާއަށް ދޭ އެހީ... އެބްރަމްސް ޓެންކްތަކުގެ 10 ޓޭންކް މި ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި ޔޫކްރޭނަށް ގެނެވޭނެ" ބްލިންކެން ވިދާޅުވި އެވެ.
ބްލިންކެން ވަނީ ޔްކްރޭނުގެ ރައީސް ލޮޑިމިއާ ޒެލެންސްކީއާ ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި އެމެރިކާގެ ސަޕޯޓަށް ޒެލެންސްކީ ޝުކުރު އަދާކުރެއްވި އެވެ. އެއާއެކު ވިދާޅުވީ ފިނި މޫސުން ކައިރިވަމުން އަންނައިރު ކުރިއަށް އޮތްތަނުގައި އުނދަގޫ މަސްތަކްތަކެއް ކުރަން ޖެހޭނެ ކަމަށެވެ.
"އަހަރެމެން އުފާ ކުރަން މި އަންނަ ފިނީގައި އަހަރެމެން އެކަނި ނުވާނެތީ... އަހަރެމެން މަސައްކަތް ކުރާނީ އަހަރެމެންގެ ބައިވެރިންނާ އެކު،" ޒެލެންސްކީ ވިދާޅުވި އެވެ.
އެމެރިކާ އަށް ތްރެޓަކަށް ވެދާނެ ހެން ހީވާ ހުރިހާ ގައުމެއް ފަނާކޮށްފަ ނޫނީ ނުހުއްޓާނެ. އަމިއްލަ އަށް ހަނގުރާމަ ކޮށްގެން ނޫނިއްޔާ އެހެން މީހުންނަށް ހަދިޔާ އާއި ޕެކޭޖް ދީގެން ވިޔަސް ހެޔޮ.