ޝީއާ ޕޫޓިން ޖީ20 ސަމިޓް ދޫކޮށްލެއްވުމުން ހައިރާނެއް ނުވޭ: ޖައިޝަންކަރު

އެ ދެ ބޭފުޅުން އުޒުރުވެރިވެ ވަޑައިގެން ސަމިޓް ދޫކޮށްލެއްވުމާ އިންޑިއާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވެސް ފޮރިން މިނިސްޓަރު ޖައިޝަންކަރު ވިދާޅުވި އެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރު

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މި މަހުގެ ބާއްވާ ޖީ20 ސަމިޓްގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިން ބައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ. -- ޕޫޓިންގެ ބަދަލުގައި ބައިވެރިވެ ވަޑައިގަންނަވަނީ ފޮރިން މިނިސްޓަރެވެ. ޝީގެ ބަދަލުގައި ބައިވެރިވެ ވަޑައިގަންނަވަނީ ބޮޑުވަޒީރެވެ.

އެ ދެ ބޭފުޅުން ސަމިޓް ދޫކޮށްލައްވަނީ މި ދައުރުގައި އިންޑިޔާއިން ބަލަހައްޓައި ދޭ ރިޔާސަތާ މެދު ހިތްހަމަ ނުޖެހޭތީތޯ ރޮއިޓާސްގެ ނޫސްވެރިޔަކު ސުވާލު ކުރުމުން އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރު ވިދާޅުވީ ނިއުދިއްލީގައި ބާއްވާ ޖީ20 ސަމިޓަށް ރައީސް ޝީ އާއި ރައީސް ޕޫޓިން ވަޑައި ނުގެން ދޫކޮށްލެއްވުމަކީ ޖީ20 އަށް ލިބޭ ދެރައެއް ނަމަވެސް "އެއީ އާދަޔާ ހިލާފު ކަމެއް ނޫން" ކަމަށެވެ. 

އަދި އެ ދެ ބޭފުޅުން އުޒުރުވެރިވެ ވަޑައިގެން ސަމިޓް ދޫކޮށްލެއްވުމާ އިންޑިއާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވެސް ފޮރިން މިނިސްޓަރު ޖައިޝަންކަރު ވިދާޅުވި އެވެ.

ޖީ20 ގައުމުތަކުގެ ސަމިޓް ހިނގާނީ މި ސެޕްޓެމްބަރު މަހުގެ 9 އިން 10 އަށެވެ. ސަމިޓްގައި މަޝްވަރާކޮށް ނިންމަންޖެހޭ ކަންކަމާއި ފާސް ކުރަން ޖެހޭ މުހިންމު ޑިކްލަރޭޝަންތައް އެޖެންޑާގައި ހިމެނުނު ނަމަވެސް ޕޫޓިން އާއި ޝީ ވަޑައި ނުގަންނަވާތީ އެފަދަ ނިންމުންތަކަށް ހިޔަނި އެޅިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.  

"ނޫން ނޫން. އަޅުގަނޑަކަށް ހިއެއް ނުވޭ އެ ދެ ބޭފުޅުން ވަޑައި ނުގަންނަވަނީ އެއީ އިންޑިއާއާ ގުޅުމެއް އޮތް ކަމެއްގެ ސަބަބުން ކަމަކަށް" ޖައިޝަންކަރު ވިދާޅުވި އެވެ.  "އަޅުގަނޑަށް ހީވަނީ އެ ބޭފުޅުން ކޮންމެ ނިންމުމެއް ނިންމެވިޔަސް އެކަމެއް ކުރައްވާނީ އެންމެ ރަނގަޅަށް ކަމަށް. އެހެން ނަމަވެސް އެއީ ތިޔަބޭފުޅުން ހީކުރައްވާ ގޮތަށް ދާ ކަމެއް ކަމަކަށް އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނުފެނޭ،"

ޖައިޝަންކަރު އަދި ވިދާޅުވީ ރައީސް ޕޫޓިން އާއި ރައީސް ވަޑައި ނުގަތަސް ސަމިޓްގެ ނިންމުންތައް ފާސް ކުރަން ހިޔަންޏެއް ނޭޅޭނެ ކަމަށާއި މަޝްވަރާތައް ހިނގާނެ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.