މުއިއްޒު ވަޑައިގަތުމުން މަތިވެރީގައި ހަމަނުޖެހުން ހިންގައިފި

"މިހާތަނަށް ބެލި ބެލުމުން މި ހަމަނުޖެހުމުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަށް ހަމަލާދޭން އުޅެފައިވާކަމަށް ނުބެލެވޭ،" ފުލުހުން ބުންޏެވެ.

މަތިވެރީގައި ހަމަނުޖެހުން ހިންގާ ވީޑިއޯއަކުން ނަގާފައިވާ ސްކްރީން ޝޮޓެއް

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު އއ. މަތިވެރިއަށް ވަޑައިގަތުމުން އެރަށުގައި ބަޔަކު ހަމަނުޖެހުން ހިންގައިފި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޒުވާބެއް އުފެދުނީ އެރަށުގެ އެމްޑީޕީ އެކްޓިވިސްޓުންނާއި މުއިއްޒުގެ ސްޕޯޓަރުންނާ ދެމެދު އެވެ. މުއިއްޒު ވަޑައިގަތް ވަގުތު އެމްޑީޕީގެ ދެތިން އެކްޓިވިސްޓަކު ހޮޅިއެއް ހިފައިގެން "ހޮޅި މުއިއްޒު" އޭ ކިޔައި ގޮވަމުން ދިޔަ ކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ.

އޭގެ ފަހުން ޒުވާބެއް އުފެދި އެކަކު ޕީޕީއެމް މީހުންގެ ތެރެއަށް ވަދެގަންނަން އުޅުމުން ފުލުހުން ވަނީ އޭނާ ހުއްޓުވުމަށްފަހު ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެރަށު ޕީޕީއެމް މީހުން ތުހުމަތު ކުރާ ގޮތުގައި އެމީހާ މަސައްކަތް ކުރީ މުއިއްޒަށް ހަމަލާ ދިނުމަށެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ދެ މީހުންގެ މެދުގައި ޒުވާބު އުފެދި ބޭއަދަބީ އަތުގެ އިޝާރާތްތަކެއް ކޮށްފައިވާ ކަމަށެވެ. މި ހަމަނުޖެހުމުގެ ތެރެއިން ގެންދިޔަ މީހާ މައުލޫމާތު ސާފުކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.

"މިހާތަނަށް ބެލި ބެލުމުން މި ހަމަނުޖެހުމުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަށް ހަމަލާދޭން އުޅެފައިވާކަމަށް ނުބެލެވޭ،" ފުލުހުން ބުންޏެވެ.

ކެމްޕޭނަށް ކެންޑިޑޭޓުން ވަޑައިގަތުމުން އެހެން ބައެއް ރަށްރަށުގައި ވެސް ޕާޓީތަކުގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުންތައް ހިންގާފައި އެބަހުއްޓެވެ. އަދި ތަކެއްޗަށާއި ތަންތަނަށް ވެސް ގެއްލުން ދީފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.