ނައިފަރުގައި އެމްޑީޕީއާ ޑިމޮކްރެޓްސް ތަޅައިގެންފި

ނައިފަރުގެ ބައެއް މީހުން ބުނާ ގޮތުން އެކި ކުށްތަކުގައި -- ހާއްސަކޮށް މަސްތުވާތަކެތީގެ މައްސަލަ ތަކުގައި ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ގިނަ ބަޔަކު ވަނީ ދޫކޮށްލާފައެވެ.

ނައިފަރުގައި އެމްޑީޕީއާ ޑިމޮކްރެޓްސްގެ ސަޕޯޓަރުންގެ މެދުގައި ވަނީ ހަމަނުޖެހުމެއް ހިނގާފައި

ފާދިއްޕޮޅު ނައިފަރުގައި އެމްޑީޕީއާ ޑިމޮކްރެޓްސްގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުމެއް ހިނގައިފި އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހުން ބުނި ގޮތުގައި ހަމަނުޖެހުން އުފެދުނީ އެމްޑީޕީގެ ހޮޅި ދަނޑިއެއް ޑިމޮކްރެޓްސްގެ ސަޕޯޓަރުން ނެގި ކަމަށް ބުނެ އެވެ. އެކަމާއި ގުޅިގެން އުފެދުނު ހިޔާލު ތަފާތުވުންތަކުގައި އެމްޑީޕީގެ ބައެއް ސަޕޯޓަރުން ވަނީ ޑިމޮކްރެޓްސްގެ ކެމްޕެއިން މެޓީރިއަލް ތަކަށް ގެއްލުން ދީފައެވެ.

ހިޔާލު ތަފާތުވުން ހަމަނުޖެހުމަކަށް ބަދަލުވެ ދެ ޕާޓީގެ ސަޕޯޓަރުން ވެސް ވަނީ ކެމްޕެއިނަށް ދަމާފައިވާ ބެނާތަކާއި ޕޯސްޓަރު ތަކަށް ގެއްލުން ދީފައެވެ. އެ ހަމަނުޖެހުން ހުއްޓުވަން ފުލުހުން ވެސް މަސައްކަތް ކޮށްފައިވެއެވެ. ހަމަނުޖެހުމުގެ މަންޒަރު ފެންނަ ވީޑިއޯތައް ވެސް ވަނީ އާންމުވެފައެވެ. 

ބައެއް މީހުންނަށް ކުދިކުދި އަނިޔާ ވާނެ ކަމަށް ބެލެވެއެވެ. އެކަކު އަނެކަކު ގައިގައި ހިފާގަނެ ތަޅާ ހަދާ މަންޒަރު ވެސް ބައެއް ވީޑިއޯތަކުން ފެނެއެވެ.

ނައިފަރުގެ ބައެއް މީހުން ބުނާ ގޮތުން އެކި ކުށްތަކުގައި -- ހާއްސަކޮށް މަސްތުވާތަކެތީގެ މައްސަލަ ތަކުގައި ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ގިނަ ބަޔަކު ވަނީ ދޫކޮށްލާފައެވެ. ހަމަނުޖެހުން ހިނގާ ރަށުގެ އަމާންކަން ގެއްލިފައިވަނީ އެ މީހުންގެ ސަބަބުންނެވެ.

ކޮމެންޓް

2
450
ރިފާއު
1 year ago

ސާބަސް، އެއި ދެން ތަޅާ ފޮޅަންް ޖެހޭވަރުގެ ކަމެއްތަ. ސިޔާސީ ޕާޓީތައް ހެދި ފަހުން އެއްބައިވަންތަކަން ގެއްލިއްޖެ

ހަމީދު ފޭން
1 year ago

ހަމީދު ކޮއެފުޅާ ކީކޭ ދޯ ބުނާނީ. ގައުމުގެ ހާލަތު މިފެންނަނީ. އަހުރެން ހަމަ ބުނާނީ ހައްލަކީ އުމަރޭ. ވޯޓް އުމަރު

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.