ހއ.ތަކަންދޫއަށް އާ ބަނދަރެއް - މަސައްކަތް އެމްޓީސީސީއަށް

މިއަދު ސޮއެކުރެވޭ ތަކަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ކުދި ދޯނި ފަހަރު އަޅާފައި ބާއްވާނެ ޖާގަ ތަނަވަސް ޒަމާނީ ބަނދަރެއް ރަށު ރައްޔިތުންނަށް ލިބިގެންދާނެއެވެ.

ބަނދަރު ހެދުމުގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު ސޮއިކުރަނީ -- އެމްޓީސީސީ

ހއ.ތަކަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ސަރުކާރުގެ ކުންފުނި މިއެމްޓީސީސީއަށް މިއަދު ހަވާލުކޮށްފި އެވެ. 

ބަނދަރު ހަލާކުވެފައިވާ ތަކަންދޫއަށް އާ ބަނދަރެއް ލިބިގެންދާނެ މި މަސައްކަތް ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެކްޒެކެޓިވް އޮފިސަރު އާދަމް އާޒިމް އެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ފަރާތުން ޑިރެކްޓަރު ޖެނެރަލް ފާތުމަތު ޝާނާ ފާރޫގް ސޮއިކުރެއްވި އެވެ.

މިއަދު ސޮއެކުރެވޭ ތަކަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ކުދި ދޯނި ފަހަރު އަޅާފައި
ބާއްވާނެ ޖާގަ ތަނަވަސް ޒަމާނީ ބަނދަރެއް ރަށު ރައްޔިތުންނަށް ލިބިގެންދާނެއެވެ. އަދި ލަފާ ފުރުމުގެ ދަތިތަކަށް ހައްލެއް ލިބިގެންދާނެއެވެ.

މި މަޝްރޫއުގައި ހިމެނޭ ބައިތައް

  •  15,565 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރު ބޭސިން
  •  ނެރު ފުންކުރުން
  •  58 މީޓަރުގެ ރިވެޓްމެންޓް ޖެހުން
  •  އެއް މީޓަރުގެ ބޭރުތޮށިލުން
  •  98 މީޓަރުގެ ސޭންޑްފިލްޑް ބޭރުތޮށި އައުޓަރ ރިވެޓްމެންޓެއް ޖެހުން
  •  244 މީޓަރުގެ އެއްގަމުތޮށިލުން
  •  17 މީޓަރު ދިގު ތިން މީޓަރު ފުޅާ ރޭމްޕެއް ހެދުން
  •  11 މީޓަރު ދިގު މިނާއި ތިން މީޓަރު ފުޅާ ބްރިޖެއް ހެދުން
  •  2463 އަކަ މީޓަރުގެ ހާބަރ ޕޭވްމަންޓް ހެދުން
  •  ބަނދަރު ބައްތި ހަރުކުރުން

މި މަޝްރޫއުގެ އަގަކީ ކޮބާ ؟ މި މަޝްރޫއަކީ 46.59 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް ހަވާލުކުރީ 420 ދުވަސް ތެރޭ ނިންމާށެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމެންޓެއް ހެދުމަށްފަހު އެވެ. މިއީ އާއްމު އުސޫލެކެވެ. 

 އެމްޓީސީސީއަކީ 1980 ވަނަ އަހަރު އުފެދުނު ސަރުކާރު ކުންފުންޏެކެވެ. އެ ކުންފުނިން ރާއްޖޭގައި 150 އަށްވުރެ ގިނަ މަޝްރޫއު ކުރިއަށް ގެންދެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.