ދިއްދޫގައި އާރްޓީއެލް ބަހުގެ ހިދުމަތް ފަށައިފި

އެމްޓީސީސީ އިން ބުނި ގޮތުގައި މިއަދުން ފެށިގެން ހަފްތާއެއް ވަންދެން ހިލޭ ދަތުރުކުރެވޭނެ އެވެ. އެގެ ފަހުން އާރްޓީއެލް ވެބްސައިޓް އަދި އެޕްލިކޭޝަން މެދުވެރިކޮށް ކިއުއާރް ޓިކެޓް ގަނެގެން ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

ހއ. ދިއްދޫގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ހިދުމަތް ފަށައިފި އެވެ.

އެމްޓީސީސީ އިން ބުނީ ދިއްދޫގައި ދަތުުރުތައް ކުރުމަށް ބޭނުން ކުރާނީ ދެ މިނީ ބަސް ކަމަށެވެ. މި ބަސްތަކުގައި އެއްފަހަރާ 32 މީހުންނަށް ދަތުުރު ކުރެވޭނެ އެވެ. އެއީ 22 މީހުން އިށީންދެ ތިބެ އަދި 10 މީހުން ކޮޅަށް ތިބެގެންނެވެ.

އެމްޓީސީސީ އިން ބުނި ގޮތުގައި މިއަދުން ފެށިގެން ހަފްތާއެއް ވަންދެން ހިލޭ ދަތުރުކުރެވޭނެ އެވެ. އެގެ ފަހުން އާރްޓީއެލް ވެބްސައިޓް އަދި އެޕްލިކޭޝަން މެދުވެރިކޮށް ކިއުއާރް ޓިކެޓް ގަނެގެން ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

ތިން އަހަރުން ދަށުގެ ކުޑަކުދިންނާ، ސްކޫލް ކުދިންނާއ،ި ހާއްސަ އެހީއަށްބޭނުންވާ މީހުންގެ އިތުރުން 65 އަހަރުން މަތީގެ މީހުންނަށް އަބަދުވެސް ހިލޭ ބަހުގައި ދަތުރު ކުރެވޭނެ އެވެ.

އާރްޓީއެލް ދިއްދޫ ބަހުގެ ހިދުމަތާއި ގުޅޭ ރޫޓް މެޕާއި ޝެޑިއުލްގެ މައުލޫމާތު، އާރްޓީއެލް ޓްރެވަލް އެޕުން ލިބޭނެ އެވެ. ޓްރެވަލް އެޕް، އެޕަލް ސްޓޯރުންނާއި ގޫގްލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވޭނެ އެވެ.

ކޮމެންޓް

1
450
މަޖިދާ
1 year ago

އައްސެރިބަހާ ސާބަސް އާރ ޓީ އެލް އަށް. ވަރަށްބޮޑަށް ޝުކުރިއްޔާ އެމްޓީސީސީ ރާއްޖޭގެ އެންމެ ބެސްޓް އެއް ކުންފުނި

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.