އިންޑިއަން އައިޑޮލް ފަށާނީ ސެޕްޓެމްބަރު 10 ގައި

ސޮނީ ޓީވީން ގެނެސްދޭ އިންޑިއަން އައިޑޮލް އަކީ ދިވެހިން ވެސް ވަރަށް ބޮޑަށް ސަމާލު ކަމެއްދޭ ރިއަލިޓީ ޝޯއެކެވެ، ޝޯތައް ސޮނީ ޓީވީން ދައްކާއިރު މި ފަހަރު ގަޑި ދިމާވާނީ ރާއްޖެ ގަޑިން 7:30 އިން 9:00 އަށެވެ.

އިންޑިއަން އައިޑޮލްގެ ޖަޖުން: ޝޯތައް ފަށާނީ އަންނަ މަހުގެ 10 ވަނަ ދުވަހު

"އިންޑިއަން އައިޑޮލް" ފޯމްކޮށް 13 ވަނަ ސީޒަން އަންނަ މަހުގެ 10 ގައި ފަށާ ގޮތަށް ނިންމައިފި އެވެ. ސޮނީ ޓީވީން ގެނެސް ދޭނެ އިންޑިއަން އައިޑޮލްގެ ޕްރޮމޯތައް ވެސް މިހާރު ވަނީ ފަށާފަ އެވެ. މިފަހަރު އިންޑިއަން އައިޑޮލްގެ އެޕިސޯޑްތައް ދައްކާނީ ހަފުގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭގަ އެވެ.

އިންޑިއަން އައިޑޮލްގެ 13 ވަނަ ސީޒަންގެ ހޯސްޓަކީ ދިތިޔާ ނާރަޔަން އެވެ. ޖަޖުންގެ ގޮތު ތިބޭނީ ހިމޭޝް ރޭޝަމިއާ އާއި ނޭހާ ކައްކަރާއި ވިޝާލް ދަދްލާނީ އެވެ. މީގެ ތެރެއިން ނޭހާއަކީ "އިންޑިއަން އައިޑޮލް" ލަވަކިޔުންތެރިއެއްގެ ގޮތުގައި ވާދަ ކުރި ފަންނާނެކެވެ. އޭގެ މާ ފަހުން އޭނާ މަޝްހޫރުވެފައި ވަނީ ބޮލީވުޑްގެ ކާމިޔާބު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނުނު ހިސާބުން ފެށިގެނެވެ.

ޝޯތައް ސޮނީ ޓީވީން ދައްކާއިރު ގަޑި ދިމާވާނީ ރާއްޖެ ގަޑިން ރޭގަނޑު 7:30 އިން 9:00 އަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.