ވޭމަންޑޫ-ކިނބިދޫ ގުޅާލަދޭން މުއިއްޒު ވައުދުވެވަޑައިގެންފި

ދެ ރަށުގެ ބިން ހިއްކަނީ އިގްތިސޯދީ ގޮތުން ޖާގަ އިތުރުކޮށް، ދުރު ރާސްތާއަކަށް މަންފާ ލިބޭނެ ސިޔާސަތެއްގެ ދަށުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވޭމަންޑޫގައި ވާހަކަދައްކަވަނީ --

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވައުދުވެވަޑައިގެންފައިވާ ގޮތަށް، އަދި މިސަރުކާރުން ބަޖެޓްކޮށްފައިވާ މަޝްރޫއެއް ކަމަށްވާ ތ. ވޭމަންޑޫ އާއި ކިނބިދޫ ކޯސްވޭއަކުން ގުޅާލަދޭނެ ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.

މުއިއްޒު މިއަދު ވޭމަންޑޫއަށް ވަޑައިގެން ކެމްޕޭނު ކުރައްވަމުން ވިދާޅުވީ ދެ ރަށް ގުޅައިލުމަކީ 2018 ވަނަ އަހަރު ރައީސް ޔާމީން ވެސް ވެވަޑައިގަތް ވައުދެއް ކަމަށެވެ. މުއިއްޒުގެ ސަރުކާރުން ދެ ރަށަށް ގުޅާލަދޭނީ ދެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއަކާ ވެސް އެކީ ކަމަށް ވިދާޅުވި އެވެ.

ދެ ރަށުގެ ބިން ހިއްކަނީ އިގްތިސޯދީ ގޮތުން ޖާގަ އިތުރުކޮށް، ދުރު ރާސްތާއަކަށް މަންފާ ލިބޭނެ ސިޔާސަތެއްގެ ދަށުން ކަމަށް މުއިއްޒު ވިދާޅުވި އެވެ. 

"އެހެންވީމަ މި ދެ ރަށުގެ ދޭތެރޭ މިދެންނެވި ގޮތަށް ބިން ހިއްކުމާ، [ދެ ރަށް] ގުޅާލުމުގެ މަޝްރޫއަކީ ދެކޮޅު ޖެހޭ ސިޔާސަތެއް ގޮތުގަ، އަދި އެއީ ހަރަދަކަށްވުރެ ބޮޑަށް އޭގެ ނަފާ އަނބުރާ ލިބޭ އިންވެސްޓްމެންޓެއްގެ ގޮތުގަ ހަމަ އަޅުގަނޑުމެންނަށް ފެންނަނީ،" މުއިއްޒު ވިދާޅުވި އެވެ.

އިތުރުކުރާ ބިމުގައި ހައުސިން މަޝްރޫއުތައް ވެސް ކުރިއަށް ގެންދަން ޕްލޭން ކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ވޭމަންޑޫ އާއި ކިނިބިދޫ ގުޅައިލުމުގެ މަޝްރޫއަކީ މި ސަރުކާރުން ފަށައި އެކަމަކު ކުރިއަށް ނުދާ މަޝްރޫއެކެވެ. އެ މަޝްރޫއަށް 2019 އަދި 2020 ވަނަ އަހަރު ބަޖެޓް ކޮށްފައި ވަނީ 2.8 މިލިއަން ރުފިޔާ އެވެ. މިއަހަރަށް ކަނޑައަޅާފައި ވަނީ 1.09 މިލިޔަން ރުފިޔާ އެވެ.

ސަރުކާރުން ވަނީ ވޭމަންޑޫ އަދި ކިނބިދޫއާ ދެމެދުގައި އޮތް ފަޅުރަށް، އެލާ ނަގާފަަ އެވެ. އެރަށް ކުރިން އޮތީ ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.