ކުރީގެ ވަޒީރު ޑރ. އިނާޒްގެ ތާއީދު ރައީސަށް

އިނާޒް ވިދާޅުވި ގޮތުގައި ރާއްޖެ ތަރައްގީ ކުރުމުގައި ލާމަރުކަޒު ކުރުމަކީ ރާއްޖޭގެ ތަރައްގީގެ އެންމެ ބޮޑު ޕްރޮޖެކްޓްކަން ރައީސް ސޯލިހުގެ ބަހާއި އަމަލުން ދައްކަވަ އެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެބިނެޓްގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި ޑރ. އަހުމަދު އިނާޒުގެ ތާއީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެއްވައިފި އެވެ. 

އިނާޒު "އެކްސް" ގައި ވިދާޅުވީ އޭނާ ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމީ ގިނަ ސިޔާސީ ޕާޓީތަކާއެކު ކެތްތެރި ކަމާއެކު ކޯލިޝަން ސަރުކާރެއް ހިންގަވައި މަޝްވަރާގެ ނަމޫނާ ދައްކަވާފައިވާތީ ކަމަށެވެ. 

އަދި ރާއްޖެ ތަރައްގީ ކުރުމުގައި ލާމަރުކަޒު ކުރުމަކީ ރާއްޖޭގެ ތަރައްގީގެ އެންމެ ބޮޑު ޕްރޮޖެކްޓްކަން ރައީސް ސޯލިހުގެ ބަހާއި އަމަލުން ދައްކަވާތީ ކަމަށެވެ. 

ކުރީގެ މިނިސްޓަރު އިނާޒް ވިދާޅުވީ ސިޔާސީ ހަތުރުންނާއި މިތުރުން ގާތުންނާއި ދުރުން ސުލްހަވެރި އެހަނަސް ވާދަވެރި ސިޔާސީ މާހައުލެއެއްގައި ރިޔާސީ ދައުރެއް ނިންމަވަމުން ގެންދަވާތީ އާއި އުނދަގޫ ސިޔާސީ އިގްތިސޯދީ އަދި އިޖްތިމާއީ ކަންކަން ހައްލު ހޯދުމަށް ރައްޔިތުންގެ އަޑު އިއްވޭނެ މާހައުލެއް ގާއިމް ވަމުން ދިޔުމަކީ ވެސް އޭނާގެ ތާއީދު ރައީސް ސޯލިހަށް ދެއްވަން ބޭނުންފުޅުވި ސަބަބެއް ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.