ނިއުކުލިއަ ހަމަލާއެގެ ދެވަނަ ޑްރިލެއް އުތުރުން ބާއްވައިފި

ކިމް ވަނީ ހަނގުރާންމަތީ މަނަވަރެއްގައި ސްޓްރެޓެޖިކް ކްރޫޒް މިސައިލް ޓެސްޓެއް ބައްލަވަން އިރުމަތީ އައްސޭރީން ނޭވަލް ފްލީޓަކަށް ޒިޔާރަތް ކުރައްވައި ހަނގުރާމައިގެ ހާލަތްތަކަށް އެ އުޅަނދުން "ސްޓްރައިކިން ޕަވާ" ދަމަހައްޓާނެ ގޮތް ބައްލަވާފަ އެވެ.

އުތުރުގެ ދެވަނަ ޑްރިލްގައި ނިއުކްލިއަ މޮކް ވޯހެޑާއެކު އުދުއްސި ދުރު ރާސްތާގެ މިސަލްތަކުން މިސައިލެއް ކަނޑަށް އަމާޒުކޮށްފައި

ނިއުކްލިއަ އެޓޮމިކް މޮކް ވޯހެޑާއެކު ދިގު ރާސްތާ ދެ މިސައިލް ބޭނުން ކޮށް އުތުރު ކޮރެއާއިން އަނެއްކާވެސް ނިއުކްލިއާ ހަމަލާއެއްގެ ޓެކްޓިކަލް ސިމިއުލޭޝަން ޑްރިލްއެއް ކުރިއަށް ގެންގޮސް އެކަން އިއުލާން ކޮށްފި އެވެ.   

އުތުރު ކޮރެއާގެ ރަސްމީ މީޑިއާ ކޭސީއެންއޭ އިން ހުކުރު ދުވަހު ނެރުނު މީޑިއާ ރިޕޯޓެއްގައި ބުނެފައި ވަނީ ނިއުކުލިއަ ހަމަލާއެއްގެ ދެވަނަ ޓެކްޓިކަލް ސިމިއުލޭޝަން ޑްރިލެއް ކުރީ ހޮނިހިރު ދުވަހު ކަމަށާއި އެއީ އެމެރިކާއިން އުފައްދާފައިވާ ފިތުނައިގެ ތެރެއިން ނިއުކްލިއާ ހަނގުރާމައެއް ހިނގައިގެންފިނަމަ އުތުރުގެ ސިޔާދަތު ދިފާއު ކުރަން ތައްޔާރުވާށާއި މިހާރުވެސް ތައްޔާރަށް އޮތްކަން "ދުޝްމަނުންނަށް" އަންގާލައި އިންޒާރު ދިނުމުގެ ބޭނުމުގައި ކަމަށެވެ. 

ހޮނިހިރުގެ ދުވަހުގެ ސިމިއުލޭޝަން ކުރިޔަށް ގެންދިޔައީ ދެކުނު ކޮރެއާ އާއި އެމެރިކާއާ ދެކޮޅަށް އަޅާނެ އަސްކަރީ ފިޔަވަޅުތައް ދުވަހެއްވިއްޔާ ދުވަހަކަށް ވަރުގަދަ ކުރުމަށް އަނެއްކާ ވެސް އިތުރަށް ވައުދުތައް ވުމާއެކު އެވެ. 

މޮކް ނިއުކްލިއާ ވޯހެޑްތައް އުފުލާފައިވާ ދެ ކްރޫޒް މިސައިލް ފޮނުވާލާފައި ވަނީ ކޮރެއަން ޕެނިންސޫލާގެ ހުޅަނގު ކަނޑާ ދިމާއަށެވެ. އެގޮތުން ކުރިން ވެސް ކަނޑައަޅާފައިވާ ގޮތަށް 150 މީޓަރުގެ އުސްމިނެއްގައި 1،500 ކިލޯމީޓަރަށް (930 މޭލު) މިސައިލް ފޮނުވާފައި ވެއެވެ.

މި ޑްރިލްއަކީ މިދިއަ ހަފްތާތަކުގައި ވެރިރަށް ޕިއޮންގްޔަން އިން ކުރިއަށް ގެންދިޔަ މިސައިލް ޓެސްޓްތަކާއި އަސްކަރީ ތަމްރީނުތަކުގެ އެންމެ ފަހުގެ ބުރެވެ. މި ޓެސްޓްތައް ހެދީ ދެކުނު ކޮރެއާ އާއި އެމެރިކާ ގުޅިގެން ހިންގާ އޮޕަރޭޝަން "އުލްޗީ ފްރީޑަމް ޝީލްޑް"ގެ ތަމްރީނުތައް ބުރާސްފަތި ދުވަހު ނިންމާލި ފަހުންނެވެ.  

"އުލްޗީ ފްރީޑަމް ޝީލްޑް" އޮޕަރޭޝަންގައި އެމެރިކާއިން ބީ-1ބީ ބޮން ގޮއްވާ ބޯޓުތަކާއެކު އެއާ ޑްރިލެއް ކުރި އެވެ. އެއީ ހަނގުރާމައިގެ ރިހާސަލްއެއްގެ ގޮތުގައި ހިންގާ ޑްރިލްތައްކެއް ކަމަށް ބުނެ އެކަން ކުށްވެރި ކުރަމުން އުތުރު ކޮރެއާއިން ބުނީ ބުރާސްފަތި ދުވަހު ބެލިސްޓިކް ދެ މިސައިލް ޖަހައިގެން އެމެރިކާގެ ބޮން ގޮއްވާ ސްޓްރެޓެޖިކް ބޯޓުތައް އުދުއްސުމަކީ ހެދި ގޯހެއް ކަމަށެވެ. 

ދެކުނު ކޮރެއާގެ ޔޮންހަޕް ނޫސް އެޖެންސީން ބުނަނީ "ކާމިޔާބު ނިއުކްލިއާ ހަމަލާއެއްގެ މިޝަނެއް" ހޮނި ހިރު ދުވަހު ނިންމި ކަމަށް އާދީއްތަ ދުވަހު ޕިއޮންޔަންގް އިން ބުނާ ވާހަކަތަކުގެ ފުރިހަމަ ކަމާ މެދު ޝައްކު އުފެދޭ ކަމަށެވެ.

"އެނަލިސިސްއަކުން ދައްކާ ގޮތުގައި މިއަދު ހެނދުނު އުތުރު ކޮރެއާއިން ކުރި އިއުލާނަކީ މާ ބޮޑުވަރުކޮށްފައިވާ އިއުލާނެއް. އެމީހުންގެ ހުރިހާ ކަމެއް ކާމިޔާބުވެފައެއް ނުވޭ،" ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ އިސް އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް ޔޮންހަޕް އަށް ވިދާޅުވެފައި ވެއެވެ.

އުތުރުގެ ކޭސީއެންއޭ އިން ހުކުރު ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން މެރިން އިންޖީނު އުފައްދާ ޕުކްޖަންގް މެޝިން ކޮމްޕްލެކްސް އާއި ވަޒަން އުފައްދާ ބޮޑު ކާރުހާނާއަކަށް ޒިޔާރަތް ކުރައްވައި ޕިއޮންގްޔަންގްގެ ކަނޑުގެ ސިފައިންގެ އެންމެހާ ކަންކަން ހަރުދަނާ ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލި އަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ.

ޒައީމް / ލީޑަރު ކިމް އަންގާރަ ދުވަހު ސިފައިންގެ ޓްރެއިނިން ކޮމާންޑް ޕޯސްޓަކަށް ވެސް ޒިޔާރަތް ކުރެއްވި އެވެ. އެތާނގައި ހުންނަވައި ކުރިއަށް އޮތް ތަނުގައި ކުރަންޖެހިދާނެ ހަނގުރާމައެއްގެ ޕްލޭންތަކެއްގެ ތަފްސީލު ދެއްވި އިރު، އޭގެ ތެރޭގައި ދެކުނުގެ މައިގަނޑު އަސްކަރީ ޕޯސްޓްތަކުން "އެއްފަހަރާ ސުޕަ އިންޓެންސް ސްޓްރައިކް" ދިނުމަށް ބާރު އެޅުއްވެވި އެވެ. 

އޮގަސްޓް މަހު ކިމް ވަނީ ހަނގުރާންމަތީ މަނަވަރެއްގައި ސްޓްރެޓެޖިކް ކްރޫޒް މިސައިލްތަކުގެ ޓެސްޓެއް ބައްލަވަން އިރުމަތީ އައްސޭރީން ނޭވަލް ފްލީޓަކަށް ޒިޔާރަތް ކުރައްވައި ހަނގުރާމައިގެ ހާލަތްތަކަށް އެ އުޅަނދުން "ސްޓްރައިކިން ޕަވާ" ދަމަހައްޓާނެ ގޮތް ބައްލަވާފަ އެވެ.

ވޮޝިންޓަން އާއި ސޯލްއާ ދެކޮޅަށް އުތުރު ކޮރެއާއިން އަސްކަރީ ފިޔަވަޅުތައް ވަރުގަދަ ކުރަމުން ގެންދާއިރު، އެ ދެ ގައުމުން އަސްކަރީ އެއްބާރުލުން ފުޅާ ކުރުމާ ގުޅޭ ގޮތުން މިދިޔަ މަހު ހެދި ސަމިޓް އެއްބަސްވުމަށް އުތުރުން ވަނީ ފާޑުކިޔާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.