އިންތިހާބު ކާމިޔާބު ވުމުން އޭނަ ވިދާޅުވީ ދެން އޮތީ ކުރިއަށް ވަޑައިގެން އަނެއްކާވެސް ސިންގަޕޫރު އާ ހަރުފަތްތަކަކަށް ގެންދިއުމުގެ މަސައްކަތް ކަމަށެވެ.
ސިންގަޕޫރުގައި އާ ރައީސަކު އިންތިހާބު ކޮށްފި އެވެ. އިލެކްޝަންސް ޑިޕާޓްމަންޓުން ހުކުރު ދުވަހު ވަނީ ވާދަވެރި ދެ ކެންޑިޑޭޓުންގެ މައްޗަށް ތާރްމަން ކާމިޔާބު ހޯއްދަވައިފި ކަމަށާއި އޭނާ ކާމިޔާބު ކުރެއްވީ 70.4 ޕަސެންޓް ވޯޓު ހޯދައިގެން ކަމަށް އިއުލާން ކުރައްވާފަ އެވެ.
"އަޅުގަނޑު އިއުލާން މި ކުރަނީ ތާމަން އަކީ ސިންގަޕޫރުގެ ރައީސް ކަމަށް ގަވާއިދުން އިންތިހާބު ކުރެވުނު ކެންޑިޑޭޓެއްގެ ގޮތުގައި،" އިލެކްޝަންސްގެ ރިޓަނިން އޮފިސަރު ޓަން މެންގް ޑޫއީ ވިދާޅުވި އެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ބޭފުޅަކީ އިންޑިއާ ދަރިކޮޅުގެ ތާމަން ޝަންމުގަތަރުނަމެވެ. އެ މަނިކުފާނަކީ ކުރިން އެ ގައުމުގެ ޑެޕިއުޓީ ބޮޑުވަޒީރުކަން ކުރެއްވެވުމުގެ އިތުރުން މިނިސްޓަރު ކަމުގެ މަގާމާއި ސިންގަޕޫރްގެ މަރުކަޒީ ބޭންކްގެ ޗެއާމަންގެ މަގާމު ވެސް އަދާ ކުރައްވާފައިވާ ބޭފުޅެކެވެ.
ތާރްމަން، އިންތިހާބު ކާމިޔާބު ކުރެއްވީ ވާދަވެރި ދެ ކެންޑިޑޭޓުން ކަމަށްވާ އެންޖީ ކޮކް ސޯންގް އާއި ޓަން ކިން ލިއަން ވާދަ ކުރައްވަ އެވެ.
ވޯޓްލީ މީހުންގެ 70.4 ޕަސެންޓްގެ ބޮޑު މެޖޯރިޓީއެއް ތާރްމަންއަށް ލިބި ވަޑައިގަތެވެ. އެންޖީ ކޮކް ސޯންގް އަށް ލިބިވަޑައިގަތީ 15.72 ޕަސެންޓް ވޯޓެވެ. ޓަން ކިން ލިއަން އަށް ލިބިވަޑައިގެންނެވީ 13.88 ޕަސެންޓް ވޯޓެވެ.
ތާރްމަން ސަރުކާރު ހިންގާ ޕީޕަލްސް އެކްޝަން ޕާޓީ (ޕީއޭޕީ) ގެ ލީޑަރު ކަމާއި ސަރުކާރުން އިސްތިއުފާ ދެއްވީ ދިހަ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ފުރަތަމަ ވާދަކުރެއްވި ރިޔާސީ އިންތިހާބުގެ ކުރިންނެވެ.
އިންތިހާބު ކާމިޔާބު ވުމުން އޭނަ ވިދާޅުވީ ދެން އޮތީ ކުރިއަށް ވަޑައިގެން އަނެއްކާވެސް ސިންގަޕޫރު އާ ހަރުފަތްތަކަކަށް ގެންދިއުމުގެ މަސައްކަތް ކަމަށެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި މިއީ ސިންގަޕޫރުގެ އިތުބާރުގެ ވޯޓެއް. އެކުގައި ކުރިއަރާނެ މުސްތަގުބަލަކަށް އުންމީދީ ވޯޓެއް،" ނަތީޖާ އިއުލާން ކުރުމުގެ ކުރިން ތާރްމަން ވިދާޅުވި އެވެ.
އުމުރުފުޅުން 66، ތާމަން ރައީސްގެ މަގާމު ހުވާ ކުރައްވާނީ މި މަހުގެ 14 ވަނަ ދުވަހު އެވެ.
ސިންގަޕޫރުގެ ދުވަސް ތިދިޔައީ ކަލޯ ️️