އިންޑިއާއިން އިރު ދިރާސާ ކުރާ މިޝަން "އަދިތިޔާ" ލޯންޗްކޮށްފި

އިންޑިއާގެ ޖައްވީ އުޅަނދު ޖައްވީ އުޅަނދު އިރުގެ ހެލޯ އޯބިޓަށް ވަދެވުމުން އެ އުޅަނދަށް އިރުގެ ސާފު މަންޒަރު މެދުކެނޑުމެއްނެތި ފެންނާނެ އެވެ.

އިންޑިއާގެ އަދީތިޔާ-އެލް1 މިޝަންގެ އޮބްޒަވޭޓަރީ އުޅަނދު މިއަދު އުދުހިގަތީ ސްރީހަރިކޯޓާ ސްޕޭސް ސެންޓަރުން.

ހަނދަށް ދިޔަ ހަތަރުވަނަ ގައުމަށް، އަދި ހަނދުގެ ދެކުނު ތަނޑި ދިރާސާ ކުރަން ދިޔަ ފުރަތަމަ ގައުމަށް އިންޑިއާ ވުމުގެ ތާރީހު ފާހަގަކޮށް އުފަލުގައި އޮތް އިންޑިއާއިން އިތުރު ފިޔަވަޅެއް ކުރިޔަށް އަޅައި އިރު ދިރާސާ ކުރުމަށް އެ ގައުމުން ރާވާފައިވާ މިޝަން "އަދިތިޔާ -އެލް1" އޮބްޒަވޭޓަރީ އުޅަނދު ކާމިުޔާބު ކަމާއެކު ލޯންޗް ކޮށްފި އެވެ. 

އިރާބެހޭ ގޮތުން ދިސާރާތައް ކުރަން ލޯންޗު ކުރި އޮބްޒަވޭޓަރީ އުޅަނދުގެ މި މިޝަނަށް އިންޑިއާއިން ދީފައި ވަނީ ''އަދިތިޔާ-އެލް 1'' އެވެ. އެލް1 އެއީ އިރުގެ ނިޒާމުގެ ހަލޯ އޯބިޓްގެ މުހިންމު އެއް ޕޮއިންޓެވެ. -- އެމެރިކާގެ ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީން މީގެ ކުރިން އިރު ދިރާސާތައް ކުރަން ހާއްސަ އުޅަނދުތައް ހަލޯ އޯބިޓަށް ގެންދިޔަ ނަމަވެސް މިއީ އިންޑިއާގެ މިފަދަ ފުރަތަމަ މިޝަނެވެ.  

އަދީތިޔާ-އެލް1 މިއަދު އުދުހިގަތީ ސްރީހަރިކޯޓާ ސްޕޭސް ސެންޓަރުންނެވެ. ހިންދީ ބަހުގެ "އިރު" ގެ ނަން ނަންދީފައިވާ މި އޮބްޒަވޭޓަރީ އުޅަނދު ސްރީހަރީކޯޓާގެ މައި ޖައްވީ ބަނދަރުން ފޮނުވާލީ ޕީއެސްއެލްވީ ލޯންޗް ވެހިކަލެއްގެ އެހީގަ އެވެ.

އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) އިން ކާމިޔާބު ކަމާއެކު ޗަންދްރަޔަން -3 ގެ ހަނދު އެކްސްޕެޑިޝަނަށް ފަހު މިއަދު އެގައުމުގެ އެންމެ ބޮޑު ސޯލާ މިޝަން، އަދީއްޔާ-އެލް1 ލޯންޗުކޮށްފައިވާ ކަން އިއުލާން ކޮށްފަ އެވެ. 

މިއަދު 11:40 ގައި ކައުންޓްޑައުން ނިމުމާއެކު، ޗެންނާއީ އާއި ގާތްގަނޑަކަށް 135 ކިލޯމީޓަރު ދުރުގައި އޮންނަ އިރުމަތީ އައްސޭރީގައި ގާއިމް ކޮށްފައިވާ ސްޕޭސްޕޯޓުން އަދިތިއްޔާ -އެލް 1 ލޯންޗް ކުރީ 11:50 ގަ އެވެ. ކަނޑައެޅިފައިވާ ގޮތަށް  44.4 މީޓަރުގެ އުސްމިނުގެ ޕޯލާ ސެޓެލައިޓް ލޯންޗް ވެހިކަލްގަ އެވެ.  

އަދީއްޔާ-އެލް1 އަކީ އިރު ދިރާސާކުރާ އިންޑިއާގެ ފުރަތަމަ ޖައްވީ އޮބްޒަވޭޓަރީ އެވެ. ދުނިޔެއާއި ގާތްގަނޑަކަށް 1.5 މިލިއަން ކިލޯމީޓަރު ދުރަށް (932،000 މޭލު) މި އުޅަނދު ދަތުރު ކުރާނެ އެވެ. މީގެ މާނައަކީ އޮބްޒަވޭޝަން ޕޮއިންޓަށް އަދިތިޔާ-އެލް1 ދަތުރު ކުރަން ގާތްގަނޑަކަށް ހަތަރު މަސް ދުވަސް ނަގާނެ އެވެ. ގާތްގަނޑަކަށް 125 ދުވަހުގެ ތެރޭ މަންޒިލަށް ދަތުރު ކުރުމަށްފަހު، އިރާ އެންމެ ކައިރި ކަމަށް ބެލެވޭ ލަގްރެންޖް ޕޮއިންޓް، އެލް1 ވަށައިގެންވާ ހެލޯ އޯބިޓެއްގައި އޮވެ ދިރާސާކޮށް ސައިންޓިފިކް ތަޖުރިބާތަކަށް ބޭނުންވާނެ އިރުގެ ތަސްވީރުތައް ފޮނުވާނެ އެވެ. މިޝަން ގައި އިރުގެ ހަރަކާތްތައް ބެލުމުގެ އިތުރުން އިރުގެ ސަބަބުން ސޯލާ ސިސްޓަމަށް އަންނަ ބަދަލުތައް ހޯދާން ވެސް ހިފާނާނީ އެލް 1ގެ ޕޮއިންޓްގައި އޮވެ އެވެ.

ދުނިޔެއާއި އިރާ ދެމެދު މަޑުކުރަން ފަސޭހަވާ ފަސް ލެގްރެންޖިއަން ޕޮއިންޓް (ނުވަތަ ޕާކިން އޭރިއާ) އެއް ވެއެވެ. ޖައްވުގައި ހުންނަ މި ޕޮއިންޓްތައް ޖައްވީ އުޅަނދުތަކަށް ބޭނުން ކޮށްގެން ތެޔޮ ބޭނުންކުރުން މަދުކޮށްގެން އެތަނުގައި މަޑު ކުރެވޭނެ އެވެ. 

ހެލޯ އޯބިޓަކީ އޯބިޓަލް މެކޭނިކްސްގެ ތިން ބައިގެ ޕޮއިންޓްތަކުގެ ތެރެއިން އެއް ޕޮއިންޓް ކައިރީ އޮންނަ ތިނެސްކަން ވަޒަނެކެވެ. 

މި އޯބިޓްގައި L1 އިން L5 އަށް ލޭބަލް ކޮށްފައިވާ މައިގަނޑު ފަސް ލަގްރެންޖް ޕޮއިންޓް އޮވެ އެވެ. "ހެލޯ އޯބިޓް" ގުޅިފައިވަނީ އެލް1، އެލް2، އަދި އެލް3 ލަގްރެންޖް ޕޮއިންޓްތަކާއެވެ. ހެލޯ އޯބިޓެއްގެ ސިފައަކީ އަހުގެ މަރަވަޅީގެ ސިފަ ލިބިފައިވާ މަގެކެވެ. މި ބާވަތުގެ އޯބިޓްގައި އޮންނަ ޖައްވީ އުޅަނދެއް ވަގުތު ފާއިތުވަމުންދާ ވަރަކަށް އޭގެ މަގާމު މާ ބޮޑުތަނުން ދުރަށް ނުޖެހި އޮވެވޭނެ އެވެ.

މި އޯބިޓްތަކުގައި ޖައްވީ ޓެލެސްކޯޕްތަކާއި އެހެނިހެން ސައިންޓިފިކް އާލާތްތައް ބަހައްޓައިގެން ދުނިޔެ އާއި ހަނދާއި އިރު އަދި އެހެނިހެން ވެސް އުޑުމަތީގެ އެފަދަ ތަންތަނުގެ ތަފާތު ދިރާސާތައް ކުރެވެއެވެ.

އިންޑިއާގެ ޖައްވީ އުޅަނދު ޖައްވީ އުޅަނދު އިރުގެ ހެލޯ އޯބިޓަށް ވަދެވުމުން އެ އުޅަނދަށް އިރުގެ ސާފު މަންޒަރު މެދުކެނޑުމެއްނެތި ފެންނާނެ އެވެ. އޭގެ ސަބަބުން އިރުގެ ހަރަކާތްތަކާއި އެތާނގެ ޖައްވާއި މޫސުމަށް ކުރާ އަސަރު ރިއަލް ޓައިމްގައި ބެލޭނެ އެވެ. މި ދަތުރު ކުރާ ޖައްވީ އުޅަނދުގައި އިލެކްޓްރޯމެގްނެޓިކް އަދި ޕާޓިކަލް ފީލްޑް ޑިޓެކްޓަރު ހިމެނެ އެވެ. އަދި އިރުގެ އެންމެ ބޭރު ފަށަލަތައް ކަމަށްވާ ފޮޓޯސްފިއާ އާއި ކްރޮމޮސްފިއާ ބެލުމަށް ހަތް ޕޭލޯޑް ވެސް އުފުލާނެ އެވެ.

ކޮމެންޓް

1
450
ލިލީ
1 year ago

މާތް ކަމޯ. ކީއް ނުވެގެން އުޅޭ ބައެއްތަ މީ. އިރަށް ގޮސް ނާދައްޗޭ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.