ގައުމީ އެއާލައިނާއެކު ފަންޑު މެނޭޖުމަންޓުން އިންޓަނޭޝަނަލް އެއާލައިނެއް

އުފައްދަން މަސައްކަތް ކުރަނީ ދުނިޔޭގެ އެކި ގައުމުތަކަށް އުދުހި ޓޫރިސްޓުން ގެނެވޭ ވަރުގެ އެއާލައިން އެކެވެ.

ފަންޑު މެނޭޖުމަންޓް ކުންފުންޏާއި އައިލެންޑް އޭވިއޭޝަނުން ސޮއިކުރި އެމްއޯޔޫ ބަދަލު ކުރަނީ

ސަރުކާރުގެ ދެ ކުންފުނި ކަމަށްވާ އައިލެންޑް އޭވިއޭޝަނާއި ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަން (އެފްއެމްއެމްސީ) ގުޅިގެން އިންޓަނޭޝަނަލް އެއާލައިނެއް ހަދަން އެމްއޯޔޫއެއް ހަދައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަންގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މަނިކު އެވެ. ގައުމީ އެއާލައިން މޯލްޑިވިއަން އުދުއްސާ އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއުކުރެއްވީ އެމްޑީ މުހައްމަދު މިހާދު އެވެ.

ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަނުން ބުނި ގޮތުގައި މި އެމްއޯޔޫއާއެކު ދުނިޔޭގެ އެކި ގައުމުތަކާއި ރާއްޖެ ގުޅާލެވޭ ވަރުގެ އިންޓަނޭޝަނަލް އެއާލައިނެއް އުފެއްދުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. މި އެމްއޯޔޫގެ މަގުސަދަކީ އެއާލައިން އުފެއްދުމުގައި އައިލެންޑް އޭވިއޭޝަންގެ ތަޖުރިބާކާރުންނާއި މާހިރުންގެ ލަފާ ހޯދުން ކަމަށް އެ ފަންޑު މެނޭޖުމަންޓް ކުންފުނިން ބުނެފައިވެ އެވެ.

"މި އެމްއޯޔޫގެ މަގުސަދަކީ ރާއްޖޭގެ ޓޫރިޒަމްގެ ރީތިނަމާއި ދިވެހިންގެ މެހުމާންދާރީ ފެނިގެންދާފަދަ ބައިނަލްއަގުވާމި އެއާލައިނެއް އުފެއްދުން،" ފަންޑު މެނޭޖުމަންޓް ކުންފުނިން ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ ބައިނަލްއަގުވާމީ އެއާލައިނެއް އުފެއްދުމުގެ މަގުސަދަކީ ނާޒުކު ދިވެހި ޓޫރިޒަމަށް ބޭނުންވާ ޓޫރިސްޓުން ގެނައުމެވެ. އަދި ޗައިނާ އާއި ރަޝިއާފަދަ މާކެޓުތަކުން ހުޅުވިގެންދާ ފުރުސަތުތަކުގެ ބޭނުން ހިފުން ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ނަމަވެސް މި އެއާލައިން އުފައްދާނެ ތާރީހެއް ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަނުން ބުނެފައެއް ނުވެ އެވެ.

ބައިނަލްއަގުވާމީ އެއާލައިނެއް އުފައްދަން ސޮއިކުރި ފަންޑު މެނޭޖުމަންޓް ކުންފުންޏަކީ ގިނަ މަޝްރޫއުތަކެއް ހިންގަމުން ގެންދާ ކުންފުންޏެކެވެ. އެ ކުންފުންޏަކީ ގިރާވަރުފަޅާއި އައްޑޫ ހަންކެޑެ މަޝްހޫރު މެނޭޖުކުރާ ކުންފުންޏެވެ. އަދި ގައުމީ އެއާލައިން މޯލްޑިވިއަންއަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތައް އެންމެ ފުޅާކޮށް ކުރާ ކުންފުންޏެވެ. ނަމަވެސް ގައުމީ އެއާލައިންއަކީ މާލީ ގޮތުން ގެއްލުންވަމުންދާ ކުންފުންޏެކެވެ. 

ގައުމީ އެއާލައިންގެ ތާރީހު - ރާއްޖެއަކީ ކުރިން ބޮޑު ގައުމީ އެއާލައިނެއް އޮތް ގައުމެވެ. އެއާ މޯލްޑިވްސް ގެ ނަމުގައި ހިންގި މި އެއާލައިންއަކީ ދުނިޔޭގެ އެކި ގައުމުތަކަށް ގައުމީ އެއާލައިނާއި ދިދަ އުފުލައިދިން ކުންފުންޏެވެ. މި އެއާލައިން އުފެއްދީ ރައީސް އިބްރާހިމް ނާސިރުގެ ރިޔާސީ ދައުރުގައި 1، އޮކްޓޯބަރު 1974 ގަ އެވެ. ގާތްގަނޑަކަށް 26 އަހަރު ވަންދެން އެ އެއާލައިން ހިންގުމަށް ފަހު ބަނގުރޫޓުވެފައިވާކަން އިއުލާންކޮށް، 2000 ވަނަ އަހަރު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.