ޕީޕީއެމް ކިއްލާ ބަދަލެއް ނުވޭ، ނައިފަރު އޮތީ ބޮޑުކޮށް މުއިއްޒާ އެކު

ނައިފަރަކީ މާލޭން އުތުރުން ޕީޕީއެމްގެ މައި ކިއްލާ އެވެ. އަދިވެސް އެ ރަށް އެ ގޮތުގައި އޮތްކަން މުއިއްޒު މިއަދު ވަޑައިގަތުމުން ވެސް އެ ރަށުގެ ރައްޔިތުން ވަނީ ސާބިތު ކޮށްދީފައެވެ.

ޑރ. މުހައްމަދު މުއިއްޒު ނައިފަރަށް ވަޑައިގަތުން: އެ ރަށުން ވަނީ ހޫނު މަރުހަބާ އެއް ކިޔާފައި

ޕީޕީއެމް / ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު، ފާދިއްޕޮޅު ވެރިރަށް -- ނައިފަރަށް ވަޑައިގަތުމުން ހޫނު މަރުހަބާ އެއް ކިޔައިފި އެވެ.

ނައިފަރަކީ މާލޭން އުތުރުން ޕީޕީއެމްގެ މައި ކިއްލާ އެވެ. އަދިވެސް އެ ރަށް އެ ގޮތުގައި އޮތްކަން މުއިއްޒު މިއަދު ވަޑައިގަތުމުން ވެސް އެ ރަށުގެ ރައްޔިތުން ވަނީ ސާބިތު ކޮށްދީފައެވެ.

މުއިއްޒަށް ނައިފަރުގެ ޕީޕީއެމް ސަޕޯޓަރުން އެންމެ ފުރަތަމަ މަރުހަބާ ކިޔާފައިވަނީ ކަނޑުމަތީންނެވެ.

ޑރ. މުހައްމަދު މުއިއްޒު ނައިފަރަށް ވަޑައިގަތުން: އެ ރަށުން ވަނީ ހޫނު މަރުހަބާ އެއް ކިޔާފައި

ކަނޑުމަތީން ދޯންޏެއްގައި އަންހެނުން ވަނީ ޒަމާނީ ކުރުފަލި ޖެހުމުގެ ހަރަކާތާއެކު މުއިއްޒަށް މަރުހަބާ ކިޔާފައެވެ. މުއިއްޒު ވެސް ހުންނެވީ އެ ދޯނީގައެވެ.

އޭރު ބަނދަރު ސަރަހައްދު އޮތީ ރައްޔިތުންނައިގެން ފުރިފައެވެ. އެތައް ސަތޭކަ ބަޔަކު ވަނީ މުއިއްޒަށް މަރުހަބާ ކިޔުމަށް ބަނދަރަށް ޖަމާވެފައެވެ.

ޑރ. މުހައްމަދު މުއިއްޒު ނައިފަރަށް ވަޑައިގަތުން: އެ ރަށުން ވަނީ ހޫނު މަރުހަބާ އެއް ކިޔާފައި

މުއިއްޒު ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައިވާ ހުރިހާ ރައްޔިތުންނާއި ސަލާމް ކުރައްވާފައެވެ. ސާޅީހަކަށް މިނެޓް މުއިއްޒު ވަނީ ސަލާމް ކުރުމުގައި ހޭދަ ކުރައްވާފައެވެ.

މުއިއްޒުގެ އަރިހުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމްއާ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވަނީ ނައިފަރަށް ވަޑައިގެންފައެވެ.

ޑރ. މުހައްމަދު މުއިއްޒު ނައިފަރަށް ވަޑައިގަތުން: އެ ރަށުން ވަނީ ހޫނު މަރުހަބާ އެއް ކިޔާފައި

މުއިއްޒަށް މަރުހަބާ ދެންނެވުމަށް ޖަމާވި މީހުން ބުނަމުން ދިޔައީ ނައިފަރު ބަދަލު ނުކުރެވޭނެ ކަމަށެވެ. އެ ރަށަކީ ރައީސް ޔާމީންގެ ރަށެއް ކަމަށް ބުނެ އަޑު އުފުލާފައިވެއެވެ. އަދި ނައިފަރު ދެމި އޮންނާނީ ވެސް ޕީޕީއެމްގެ ކިއްލާ އެއްގެ ގޮތުގައި ކަމަށް ބުނެފައިވެއެވެ.

މުއިއްޒު ވަޑައިގަންނަވާތީ ނައިފަރު ބަނދަރު ސަރަހައްދު އޮތީ ވަރަށް ބޮޑަށް ރީތިކޮށްފައެވެ. ފިޔާތޮށި ކުލައިން ވެލިގަނޑުވެސް ރީތިކޮށްފައިވެއެވެ.

ޑރ. މުހައްމަދު މުއިއްޒު ނައިފަރަށް ވަޑައިގަތުން: އެ ރަށުން ވަނީ ހޫނު މަރުހަބާ އެއް ކިޔާފައި

މަރުހަބާ ދެންނެވުމަށް ހަދާފައިވާ ބޯޑްގައި ވެސް ބޮޑުކޮށް ލިޔެފައި ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށެވެ.

ޖަލަށް ވަޑައިގަތުމުގެ ކުރީން ރައީސް ޔާމީން ނައިފަރަށް ވަޑައިގަތުމުން ވެސް އެ ރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް އޮތް ލޯތްބާއި ތާއީދު ހާމަކޮށްދީފައެވެ.

ޑރ. މުހައްމަދު މުއިއްޒު ނައިފަރަށް ވަޑައިގަތުން: އެ ރަށުން ވަނީ ހޫނު މަރުހަބާ އެއް ކިޔާފައި

މުއިއްޒުގެ ކުރީން ރައީސް ސޯލިހް ވެސް ވަނީ ނައިފަރަށް މިއަދު ވަޑައިގެންފައެވެ. ރައީސްގެ ކުރީން މުއިއްޒު ވަނީ ހިންނަވަރަށް ވަޑައިގެންފައެވެ. ރައީސް ސޯލިހް މިހާރު ހުންނެވީ ހިންނަވަރު ގައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.