ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީމު ދަތުރުފުޅުގައި ވޭވަށުގެ ބަނދަރާއި އެރަށުގައި އަލަށް އިމާރާތް ކުރި އިންޖީނުގެ ހުޅުއްވައި ދެއްވައި، ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވަ އެވެ.
ރާއްޖޭގެ މެދު އަތޮޅުތަކުން މ. އަތޮޅުގެ ފަސް ރަށަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރައްވާ ރަސްމީ ދަތުރުފުޅެ މިއަދު ހެނދުނު ފައްޓަވައިފި އެވެ.
ފަހަކަށް އައިސް މި ފަދަ ދަތުރުތައް ހަފުތާ ބަންދާ ދިމާ ކުރައްވާ ރައީސް ކުރައްވަ އެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ސޯލިހު މާލެވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު އެވެ.
މ. އަތޮޅަށް ރައީސް ފެއްޓެވި ދަތުރުފުޅުގައި މިއަދު ފުރަތަމަ ވަޑައިގަންނަ ވާނީ ރަތްމަންދޫ އަށެވެ. ދެން މަޑުއްވަރީ އާއި ދިއްގަރާއި ވޭވަށަށެވެ. އޭގެ ފަހުން އަތޮޅުގެ ވެރިރަށް މުއްޔަށް ވަޑައިގަންނަވާނެ އެވެ.
އަދި މި ދަތުރުފުޅުގެ ތެރެއަށް ލައްވައި ވޭވަށުގެ ބަނދަރާއި އެ ރަށުގައި އަލަށް އިމާރާތްކުރި އިންޖީނުގެ ހުޅުއްވައި ދެއްވައިވާނެ އިރު ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.