ރައީސް ބޮންގޯ އަކީ 1967 އިން 2009 އަށް ދަގަނޑު އަތަކުން ހަރުކަށި ކަމާއެކު ގެބޯންގައި ވެރިކަން ކުރެއްވި އޭނާގެ ބައްޕަ އުމަރު ބޮންގޯ އުފެއްދެވި ޕާޓީ ގަބޯން ޑިމޮކްރެޓިކް ޕާޓީ (ޕީޑީޖީ) ގެ ކެންޑިޑޭޓެވެ.
އަސްކަރިޔާއިން ގެބޯންގެ ވެރިކަން އިންގިލާބުކޮށް ވައްޓާލައިފި އެވެ. އެ ގައުމުގެ ވެރިކަން ވައްޓާލައި އަމިއްލައަށް ގައުމާ ހަވާލުވީ މި ހަފްތާ ބަންދުގައި ބޭއްވި އިންތިހާބަކީ ގަބޫލު ކުރެވޭ އިންތިހާބުތަކަކަށް ނުވާތީ ކަމަށް ބުނަމުންނެވެ. އެކަން އިއުލާނު ކުރީ އަސްކަރީ އިސް އޮފިސަރުންގެ ގްރޫޕެއް ޓީވީއަށް އަރައި ތިބެ އެވެ.
ޖުމްލަ 12 އޮފިސަރުން ޓީވީއަށް އަރައި ކުރި ބްރޯޑްކާސްޓްގައި ބުނެފައިވަނީ ބޭއްވި އިންތިހާބު ކެންސަލް ވެއްޖެ ކަމަށެވެ. ދައުލަތުގެ ހުރިހާ މުއައްސަސާއެއް އުވާލައި، ގައުމުގެ ބޯޑަރުތައް ބަންދު ކޮށްފައިވާ ކަމަށެވެ. އަދި ބުނީ އެމީހުން ތަމްސީލު ކުރަނީ ގަބޯންގެ ސަލާމަތީ އަދި ދިފާއީ ހުރިހާ ބާރުތަކެއް އެކަށް ކަމަށެވެ.
މިކަން އިއުލާންކޮށްފައި ވަނީ ހޮނިހިރު ދުވަހު ބޭއްވި ދެބަސްވުން ބޮޑު އިންތިހާބުގައި ރައީސް އަލީ ބޮންގޯގެ ވެރިކަމުގެ ތިން ވަނަ ދައުރެއް ކާމިޔާބު ކުރައްވާފައިވާ ކަމަށް އެ ދައުލަތުގެ އިންތިހާބީ އިދާރާއިން ބުނިތާ މާގިނަ އިރުތަކެއް ނުވެ އެވެ.
ގަބޯންގެ އިންތިހާބީ އިދާރާގެ އިލެކްޝަން ސެންޓަރުން ބުނީ ރައީސް އަލީ ބޮންގޯއަށް 64.27 ޕަސެންޓް ވޯޓު ލިބިވަޑައިގެން އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ކަމަށާއި ވާދަވެރިޔާ އަލްބަޓް އޮންޑޯ އޮސާއަށް ލިބި ވަޑައިގަތީ 30.77 ޕަސެންޓް ކަމަށެވެ. ނަމަވެސް އިދިކޮޅު ކޭމްޕުން ބުނީ އިންޓަނެޓް ކަނޑާލައި ކާފިއު ކަނޑައެޅުމަށް ފަހު ބޭއްވި އިންތިހާބަކީ ރައީސް އަލީ ބޮންގޯ އާއި އޭނާގެ ސަޕޯޓަރުން ރާވާފައިވާ މަކަރާއި ހީލަތެއް ކަމަށެވެ.
ރޮއިޓާސް އާއި އޭއެފްޕީގެ ނޫސް އެޖެންސީތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގަބޯންގެ ވެރިރަށް ލިބްރޭވިލްގައި ބަޑިޖަހާ އަޑު އިވިފައި ވެއެވެ.
ރައީސް ބޮންގޯ އަކީ 1967 އިން 2009 އަށް ދަގަނޑު އަތަކުން ހަރުކަށި ކަމާއެކު ގެބޯންގައި ވެރިކަން ކުރެއްވި އޭނާގެ ބައްޕަ އުމަރު ބޮންގޯ އުފެއްދެވި ޕާޓީ ގަބޯން ޑިމޮކްރެޓިކް ޕާޓީ (ޕީޑީޖީ) ގެ ކެންޑިޑޭޓެވެ. އެ ދުވަހުން އޭނާއަކީ އެ ގައުމުގެ ރައީސެވެ.
ގާތްގަނޑަކަށް 2.34 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގެބޯން އަކލީ ސެންޓްރަލް އެފްރިކާގެ އެޓްލާންޓިކް ކަނޑުގެ އައްސޭރީގައި އޮންނަ ގައުމެކެވެ. އަލީ ބޮންގޯގެ ވެރިކަން ނިމުމަކަށް ގެނެވިއްޖެ ނަމަ ގެބޯންގައި އޮތް އޭނާގެ އާއިލާގެ 53 އަހަރުގެ ވެރިކަމުގައި ސިއްކަ ޖެހި ނިމުމަކަށް އަންނާނެ އެވެ.
އަދި ރާއްޖޭގެ ސަރުކާރު ވެސް ސިފައިން ނުކުމެ ވައްޓާލާ ދުވަސް އަތުވެ ދާނެ އެއް ފަހަރު މީގެ ކުރީން 7 ފެބުރިއަރީގައި ވެސް އަދި އޭގެ ކުރީން ރައީސް އަމީންގެ ވެރިކަން ވެސް ވައްޓާލި