ހަނދުގެ މިޝަނަށްފަހު އިންޑިއާގެ އިރުގެ މިޝަން ލޯންޗް ކުރަނީ

އިންޑިއާގެ ސޯލާ މިޝަން ގައި އިރުގެ ހަރަކާތްތައް ބެލުމުގެ އިތުރުން އިރުގެ ސަބަބުން ސޯލާ ސިސްޓަމަށް އަންނަ ބަދަލުތައް ހޯދާން ވެސް ހިފާނާނީ އެލް 1ގެ ޕޮއިންޓްގަ އެވެ.

އިންޑިއާގެ ފުރަތަމަ އިރުގެ މިޝަން އަންނަ މަހުގެ ދެވަނަ ދުވަހު ލޯންޗު ކުރާނެ އެވެ. އިންޑިއާގެ ޖައްވީ އިދާރާ، އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ) ގެ ޕްލޭނަކީ ވަނީ އެގައުމުން ފެށި ހަނދަށް ދިއުމުގެ ބޮޑު މިޝަން އަދި ހަނދުގެ ދެކުނު ފަޅިއަށް ދިޔަ ފުރަތަމަ ގައުމަށް ވުމުގެ ތާރީހީ ކާމިޔާބަށް ފަހު އިރަށް ހާއްސަކޮށްފައިވާ މިޝަން އަވަހާ ފެށުމެވެ.   

އިރާބެހޭ ގޮތުން ދިސާރާތައް ކުރަން ލޯންޗު ކުރާ އޮބްޒަވޭޓަރީ އުޅަނދުގެ މި މިޝަނަށް އިންޑިއާއިން ދީފައި ވަނީ ''އަދިތިޔާ-އެލް 1'' އެވެ. އެލް1 އެއީ އިރުގެ ނިޒާމުގެ ހަލޯ އޯބިޓްގެ މުހިންމު އެއް ޕޮއިންޓެވެ. 

އެމެރިކާގެ ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީން މީގެ ކުރިން އިރު ދިރާސާތައް ކުރަން ހާއްސަ އުޅަނދުތައް ހަލޯ އޯބިޓަށް ގެންދިޔަ ނަމަވެސް މިއީ އިންޑިއާގެ މިފަދަ ފުރަތަމަ މިޝަނެވެ. 

އިސްރޯގެ ފުރަތަމަ ސޯލާ މިޝަން، އަދީތިޔާ-އެލް1 ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހުގެ ހެނދުނު 11:50 ގައި އުދުހިގަންނާނީ ސްރީހަރިކޯޓާ ސްޕޭސް ސެންޓަރުންނެވެ. ހިންދީ ބަހުގެ "އިރު" ގެ ނަން ނަންދީފައިވާ މި އޮބްޒަވޭޓަރީ އުޅަނދު ސްރީހަރީކޯޓާގެ މައި ޖައްވީ ބަނދަރުން ފޮނުވާލާނީ ޕީއެސްއެލްވީ ލޯންޗް ވެހިކަލެއްގެ އެހީގަ އެވެ. 

އެ އުޅަނދު ގާތްގަނޑަކަށް 1.5 މިލިއަން ކިލޯމީޓަރު (932،000 މޭލު) ދުރަށް ދަތުރު ކުރާނެ އެވެ. މީގެ މާނައަކީ އޮބްޒަވޭޝަން ޕޮއިންޓަށް އަދިތިޔާ -އެލް1 ދަތުރު ކުރަން ގާތްގަނޑަކަށް ހަތަރު މަސް ދުވަސް ނަގާނެ އެވެ.

މި އުޅަނދު ފަޒާގެ ތެރެއަށް އަރައި ދަތުރުކޮށް އިރުގެ ނިޒާމުގައި ހިމެނޭ ހަލޯ އޯބިޓެއްގެ އިހްތިސޯސީ ދައުރަކަށް ވަންނާން މަސައްކަތް ކުރާނެ އެވެ. ދުނިޔެއާ 1.5 މިލިއަން ކިލޯމީޓަރު ދުރު ރާސްތާއެއް ހަމަވަނީ ހަލޯ އޯބިޓާ ހަމައިންނެވެ. 

ހެލޯ އޯބިޓަކީ އޯބިޓަލް މެކޭނިކްސްގެ ތިން ބައިގެ ޕޮއިންޓްތަކުގެ ތެރެއިން އެއް ޕޮއިންޓް ކައިރީ އޮންނަ ތިނެސްކަން ވަޒަނެކެވެ. "ހެލޯ އޯބިޓް" ނިސްބަތްވަނީ އެހެން ޕްލެނެޓް ނިޒާމުތައް ފަދަ ގްރެވިޓޭޝަނަލް ދެ ހަށިގަނޑެއްގެ ތިނެސްކަން ވަޒަނަށެވެ.

މި އޯބިޓްގައި L1 އިން L5 އަށް ލޭބަލް ކޮށްފައިވާ މައިގަނޑު ފަސް ލަގްރެންޖް ޕޮއިންޓް އޮވެ އެވެ. "ހެލޯ އޯބިޓް" ގުޅިފައިވަނީ އެލް1، އެލް2، އަދި އެލް3 ލަގްރެންޖް ޕޮއިންޓްތަކާއެވެ. ހެލޯ އޯބިޓެއްގެ ސިފައަކީ އަހުގެ މަރަވަޅީގެ ސިފަ ލިބިފައިވާ މަގެކެވެ. މި ބާވަތުގެ އޯބިޓްގައި އޮންނަ ޖައްވީ އުޅަނދެއް ވަގުތު ފާއިތުވަމުންދާ ވަރަކަށް އޭގެ މަގާމު މާ ބޮޑުތަނުން ދުރަށް ނުޖެހި އޮވެވޭނެ އެވެ.

މި އޯބިޓްތަކުގައި ޖައްވީ ޓެލެސްކޯޕްތަކާއި އެހެނިހެން ސައިންޓިފިކް އާލާތްތައް ބަހައްޓައިގެން ދުނިޔެ އާއި ހަނދާއި އިރު އަދި އެހެނިހެން ވެސް އުޑުމަތީގެ އެފަދަ ތަންތަނުގެ ތަފާތު ދިރާސާތައް ކުރެވެއެވެ.

އިންޑިއާގެ ސޯލާ މިޝަން ގައި އިރުގެ ހަރަކާތްތައް ބެލުމުގެ އިތުރުން އިރުގެ ސަބަބުން ސޯލާ ސިސްޓަމަށް އަންނަ ބަދަލުތައް ހޯދާން ވެސް ހިފާނާނީ އެލް 1ގެ ޕޮއިންޓްގަ އެވެ.

އިންޑިއާގެ ޖައްވީ އުޅަނދު ޖައްވީ އުޅަނދު އިރުގެ ހެލޯ އޯބިޓަށް ވަދެވުމުން އެ އުޅަނދަށް އިރުގެ ސާފު މަންޒަރު މެދުކެނޑުމެއްނެތި ފެންނާނެ އެވެ. އޭގެ ސަބަބުން އިރުގެ ހަރަކާތްތަކާއި އެތާނގެ ޖައްވާއި މޫސުމަށް ކުރާ އަސަރު ރިއަލް ޓައިމްގައި ބެލޭނެ އެވެ. މި ދަތުރު ކުރާ ޖައްވީ އުޅަނދުގައި އިލެކްޓްރޯމެގްނެޓިކް އަދި ޕާޓިކަލް ފީލްޑް ޑިޓެކްޓަރު ހިމެނެ އެވެ. އަދި އިރުގެ އެންމެ ބޭރު ފަށަލަތައް ކަމަށްވާ ފޮޓޯސްފިއާ އާއި ކްރޮމޮސްފިއާ ބެލުމަށް ހަތް ޕޭލޯޑް ވެސް އުފުލާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.