ރައީސް ވިދާޅުވީ މުންޑޫއަށް ދިރުން ގެނެސްދެވިއްޖެ ކަމަށް

"އެދުވަހު އޮތީ ހަނަފަސް ރަށެއްގެ ގޮތުގަ. އެއްވެސް ދިރުމެއް ނެތް، ބަޔަކު ދިރިއުޅޭ މިތާ، އެކަމަކު ސަރުކާރަކުން ފޯރުކޮށްދެން ޖެހޭ އަސާސީ ހިދުމަތްތަކުން މަހުރޫމްވެފައި ތިބި ރައްޔިތުންތަކެއް އޭރު މިތާ ތިބީ،" ރައީސް ވިދާޅުވި އެވެ.

މުންޑޫ މީހަކާ ރައީސް މިއަދު ސަލާމް ކުރައްވަނީ: މުންޑޫއަށް ދިރުން ގެނެސްދެވެއްޖެ ކަމަށް ވަނީ ވިދާޅުވެފައި --

ކުރިން ހަނަފަސް ބިމެއްގެ ގޮތުގައި އޮތް ލ. މުންޑޫއަށް ދިރުން ގެނެސްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ދައުރުގައި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ތާއީދު ހޯއްދަވަން ރައީސް މިއަދު ހެނދުނު ވަނީ މުންޑޫއަށް ވަޑައިގެންފަ އެވެ. އާބާދީ ވަރަށް ކުޑަ މުންޑޫގެ ރައްޔިތުންނާ މުހާތަބުކުރައްވަމުން ރައީސް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ވަޑައިގަތް އިރު އެރަށަކީ ހަނަފަސް ސަރަހާއެއްހެން އޮތް ތަނެއް ކަމަށެވެ.

ފަސް އަހަރު ފަހުން މިއަދު އެ ރަށަށް ވަޑައިގަތުމުން ވަރަށް ބޮޑު ކުރިއެރުންތައް ރަށަށަށް ލިބިފައިވާ މަންޒަރު ފެންނަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ތެރޭގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފުރިހަމަކޮށްދެވިއްޖެކަން ފާހަގަކުރެއްވި އެވެ.

"އެދުވަހު އޮތީ ހަނަފަސް ރަށެއްގެ ގޮތުގަ. އެއްވެސް ދިރުމެއް ނެތް، ބަޔަކު ދިރިއުޅޭ މިތާ، އެކަމަކު ސަރުކާރަކުން ފޯރުކޮށްދެން ޖެހޭ އަސާސީ ހިދުމަތްތަކުން މަހުރޫމްވެފައި ތިބި ރައްޔިތުންތަކެއް އޭރު މިތާ ތިބީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ގިނަ ކަންތައްތަކެއް ރަށަށް ކޮށްދިނުމުން މިއަދު ފެންނަމުން މި ދަނީ ވަރަށް އުފާވެރި މަންޒަރެއް ކަމަށެވެ. މުންޑޫ އަކީ އާބާދީ ކިތަންމެ ކުޑަ ރަށަކަސް، ކުރިއަށް އޮތް ދައުރުގައި ވެސް ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން އެރަށަށް ބާކީކޮށް ނުލައްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގަތެވެ.

މުންޑޫ މީހަކާ ރައީސް މިއަދު ސަލާމް ކުރައްވަނީ: މުންޑޫއަށް ދިރުން ގެނެސްދެވެއްޖެ ކަމަށް ވަނީ ވިދާޅުވެފައި --

ރައީސް ވަނީ ކުރިއަށް އޮތް ދައުރު މުންޑޫއަށް ވައުދުތަކެއް ވެވަޑައިގެންފަ އެވެ. 

  •  ޒަމާނީ ފެންވަރަކަށް ބަނދަރު ހަދައިދިނުން
  •  ފޮޓުބޯޅަ ދަނޑެއް
  •  ވޮލީ ކޯޓެއް

ރައީސް ވިދާޅުވީ ކުޅުވަރު ކުޅޭ ދަނޑުތައް އެޅުމުން އެތަންތަން ހުޅުއްވައިދެއްވަމުން އެމަނިކުފާނު އެ ރަށަށް ވަޑައިގަންންވާނެ ކަމަށެވެ.

"ތިޔަ ބޭފުޅުންނަށް މި ވޭތުވެދިޔަ ފަސް އަހަރާ، އޭގެ ކުރީގެ ފަސް އަހަރާ ވަރަށް ރަގަޅަށް މިނާ ކިރާލެވޭނެ، ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ކަންތައްތައް ކޮށްފައި ހުރީ ކިހިނެއްތޯ. މިއަދުވެސް އަޅުގަނޑުމެންގެ ވާދަވެރިން ބުނަމުން ދިޔައީ ހަމަ ކުރީގަ ދެއްކި ވާހަކަ. އެރަށަކަށް، އެބަޔަކަށް ސަރުކާރުން ކޮށްދެން ޖެހޭ ކަންތައްތައް ކޮށްދެން ޖެހޭނީ ކުޑަ ބޮޑުމިނެއް ބަލާފައޭ. އެއީއެއް ނޫން އަޅުގަނޑުމެންގެ ސިޔާސަތަކީ. އެކަން ވަރަށް ރަގަޅަށް މުންޑޫގެ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ،" މުންޑޫގެ ރައްޔިތުންނާ މުހާތަބު ކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

1
450
ގައްޓިމަ
2 years ago

ހުސް ފޮނި އެކަނޑަނޫ، އަސާސީ ހިރުމަތް ތެއް މި ރަށު ހުރި ކުރޫ ސަރުކާރު އޮތް އިރު ވެސް. އިބޫ ވަކި ކޮށްދިން މޮޅަ ކަމެއްމިތާކު ނެތް.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.