އަބާޔާ ލުން ވެސް ފްރާންސްގައި މަނާކޮށްފި

މިފިޔަވަޅު މި އެޅީ، ބުރުގާ މަނާކޮށް އަދި އަބަޔާ ވެސް މަނާ ކުރަން ކަނާއަތު ފިޔައިގެ މީހުނާއި ވާތުފިޔައިގެ މީހުން މަސްތަކެއް ވަންދެން ބަހުސް ކޮށްފަ އެވެ.

ސަރުކާރު ސްކޫލުތަކުގައި އަބާޔާ ލައިގެން ކިޔަވަން ދިޔުން ފްރާންސުން މަނާ ކޮށްފި އެވެ. މީގެ ކުރީން ބުރުގާ އެޅުން މަނާ ކުރުމަށް ފަހު އެ ގައުމުގެ އާންމު ތަންތާނގައި ވެސް މޫނު ބުރުގާ އަޅައިގެން އުޅުން މަނާ ކޮށްފައި ވެއެވެ.  

"އަޅުގަނޑު ނިންމާފައި އެވަނީ ސްކޫލްތަކުގައި ދެން އަބާޔާ ނުލެވޭނެ ކަމަށް،" ޓީވީ ޗެނަލް ޓީއެފް1 އަށް ދެއްވި އިންޓަވިއުއެއްގައި ފްރާންސް އެޑިއުކޭޝަން މިނިސްޓަރު ގެބްރިއަލް އައްޓަލް ވިދާޅުވި އެވެ. "ކްލާސް ރޫމަކަށް ވަންނައިރު، ހަމައެކަނި ބަލާލުމުން ދަރިވަރުންގެ ދީން ދެނެގަނެވިގެނެއް ނުވާނެ." 

ސަރުކާރު ސްކޫލްތަކުގައި ގަޔަށް ދޫކޮށް އަދި އެކަށް ހަށިގަނޑު ނިވާވާ ގޮތަށް ދިގު އަބާޔާ ލުން ފްރާންސުގައި މަނާ ކުރުން ގުޅުވާފައި ވަނީ ސްކޫލްގައި ނަސޯރާ ދީނުގެ ޝިއާރުތައް ފާޅުކުރުން މަނާކޮށް 19 ވަނަ ގަރުނުގައި އެކުލަވާލި ގާނޫނާއެކު އެކަން ހުއްޓިފައި އޮއްވާ ފްރާންސުގައި މުސްލިމުންގެ އާބާދީ އިތުރުވަމުން އަންނަ އިރު ބުރުގާ އެޅުމާއި ގަޔަށް ދޫކޮށް އަދި މުޅިން ނިވާވާރަށް ދިގުކޮށް އަބާޔާ ލުމަކީ ވެސް އެ މިންގަނޑަށް ފެތޭ ކަމެކޭ ބުނަމުންނެވެ.

މިފިޔަވަޅު މި އެޅީ، ބުރުގާ މަނާކޮށް އަދި އަބަޔާ ވެސް މަނާ ކުރަން ކަނާއަތު ފިޔައިގެ މީހުނާއި ވާތުފިޔައިގެ މީހުން މަސްތަކެއް ވަންދެން ބަހުސް ކޮށްފަ އެވެ. ވާތުފިޔައިގެ މީހުން ބުނަނީ މުސްލިމުން ވަކިގޮތަކަށް ހެދުން އަޅަން މަޖުބޫރު ކުރުވުމަކީ މިނިވަންކަމާއި އެ މީހުންގެ ކަރާމާތަށް އަަރައިގަތުން ކަމަށެވެ.

ފްރާންސްގެ ސްކޫލްތަގައި ބޮޑެތި ސޮލީބާއި، ބުރުގާ އާއި ޔަހޫދީ އަޅާ ތާކިހާ އަޅައިގެން ސްކޫލުތަކަށް ދިއުން މަނަލެވެ.

ފްރާންސުން އަލަށް އެޅި ފިޔަވަޅާއެކު އެ ގައުމުގެ ފަސް މިލިއަން މުސްލިމުންގެ އާބާދީގެ ވަނީ ހިތްހަމަ ނުޖެހި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ފްރާންސުގެ ކައުންސިލް އޮފް މުސްލިމް ފެއިތް (ސީއެފްސީއެމް) ގައި ހިމެނޭ ޖަމްއިއްޔާތަކުން ބުނީ މީހާ އަޅާ ހެދުމަކީދީނީ ރަމްޒެއް ނޫން ކަމަށެވެ.

ފްރާންސްގައި އިސްލާމް ދީނަށް ނަފުރަތުކޮށް ސެކިއުލަރިޒަމް ދިފާއު ކުރުމުން ދިއުމަކީ އެ ގައުމުގެ ސިޔާސީ ފަރާތްކުގެ ވަރަށް ބޮޑު ޝައުގުވެރި ކަމަށް ހަދައިގެން އުޅެ އެވެ. 

ކޮމެންޓް

2
450
ނުރަބޯ
1 year ago

ކިތައްމެ ވަރަކަށް ހުރަސް އެޅިޔަސް އިންޝާﷲ އިސްލާމް ދީނުގެނޫރު ނިއްވައެއް ނުލެވޭނެ.

ޕެރިސް މޯޑް
1 year ago

ފްރާންސް އަށް ދާހިތްވެސް ކެނޑިއްޖެ. ވަރަށް ރޭސިސްޓް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.