މަލައިކާ ވަނީ މީގެ ކުރިން ކައިވެންޏެއްކޮށް އެކައިވެންޏަށް ދަރިއަކުވެސް ލިބިފައެވެ. އޭނާ ކުރިން ކައިވެނި ކުރީ ސަލްމާން ހާންގެ ކޮއްކޮ އަރްބާޒް ހާނާ އެވެ.
ބޮލީވުޑްގެ ތަރިންގެ ޖޯޑެއް ކަމަށްވާ މަލައިކާ އަރޯރާ އާއި އަރުޖުން ކަޕޫރުގެ ގުޅުން ކެނޑި ދެ މީހުން ރުޅިވެފައިވާ ކަމަށް ފެތުރުނު ވާހަކަތައް އަރުޖުން ދޮގު ކޮށް އެކަމަށް ރައްދެއް ދީފި އެވެ.
މަލައިކާ އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓަކަށް އަރުޖުން ވަނީ ކޮމެންޓް ކޮށްފަ އެވެ. އެ ކޮމެންޓުން އެ ދެމީހުންގެ ގުޅުން ކެނޑިފައި ނުވާކަން ކަށަވަރުވާ ވަރުކޮށްދީފައި ވެއެވެ.
އަރުޖުން އާއި މަލައިކާ އާ ގުޅުވައި އެންމެ ބޮޑަށް ފެތުރުނު އަޑަކީ ދެ މީހުން ރުޅިވުމަށް ފަހު ކުޝާ ކަޕީލާ އާ ލޯބީގެ ގޮތުން އަރުޖުން ގުޅިފައިވާ ވާހަކަ އެވެ. ނަމަވެސް ކުޝާ ވަނީ އެކަން ދޮގު ކޮށްފަ އެވެ. މީގެ ކުރިން ވެސް މި ދެ ތަރިންނާބެހޭ ގޮތުން ތަފާތު ވާހަކަތައް ފެތުރިފައި ވެއެވެ.
މަލައިކާ އާއި އެކްޓަރު އަރުޖުން ލޯބީގެ ގޮތުން ގުޅިފައި ވިޔަސް އެއީ އުމުރުގެ ގޮތުން ތަފާތު ދެ ތަރިންނެވެ.
މަލައިކާ ވަނީ މީގެ ކުރިން ކައިވެންޏެއްކޮށް އެކައިވެންޏަށް ދަރިއަކުވެސް ލިބިފައެވެ. އޭނާ ކުރިން ކައިވެނި ކުރީ ސަލްމާން ހާންގެ ކޮއްކޮ އަރްބާޒް ހާނާ އެވެ.