ގާސިމްގެ ވެރިކަމެއްގައި ވިހައިގެން ލިބޭ ޗުއްޓީ އަހަރަކަށް، އަލަށް އުފަންވާ ކުއްޖަކަށް 5،000 ރުފިޔާ

"އަޅުގަނޑުމެންގެ ވެރިކަަމެއްގައި އިރާދަކުރެއްވިއްޔާ ޖެހިގެން އަންނަ ހަ މަސް އެއީ އަދި ގޭގެ ތެރޭގައި ހުރެގެން މަސައްކަތް ކުރެވޭނެ އިންތިޒާމުތަކެއް ހަމަޖެހިގެން ދާނެ. އެހެންވީމަ އެއް އަހަރު ދުވަހަށް މުއްދަތު އިތުުރު ކުރެވެނީ މިއީ،"

ގުރައިދޫގައި ބޭއްވި ބައްދަލްވުމުގައި އަމީން ވާހަކަފުޅު ދައްކަވަނީ

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ވެރިކަމެއްގައި އަންހެނުންނަށް ހާއްސަ ފުރުސަތުތަކެއް ތަނަވަސް ކޮށްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

އަމީން މިހެން ވިދާޅުވީ ތ. ގުރައިދޫގައި މިރޭ ބޭއްވި ކެމްޕެއިން ބައްދަލްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަމީން ވަނީ ގާސިމްގެ މެނިފެސްޓޯ ގައި ހުރި މުހިންމު ކަންކަން ފާހަގަ ކުރައްވާފައެވެ. ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވި ބައްދަލްވުމުގައި އަމީން ވަނީ ގާސިމްގެ މެނިފެސްޓޯގައި އަންހެނުންނަށް ހާއްސަކޮށްގެން ހިމަނާފައިވާ މުހިންމު ކަންކަން ތަފްސީލު ކޮށްދެއްވާފައެވެ.

އަމީން އެއް ކަމަކަށް ފާހަގަ ކުރެއްވީ ވިހައިގެން ލިބޭ ޗުއްޓީ އިތުރު ކުރުމަށް ހިމަނާފައިވާ ހިމެނުމެވެ. އަމީން ވިދާޅުވީ މިހާރު ލިބޭ ޗުއްޓީގެ އިތުރުން އިތުުރު ހަ މަހު ގޭގައި ހުރެގެން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ވެރިކަަމެއްގައި އިރާދަކުރެއްވިއްޔާ ޖެހިގެން އަންނަ ހަ މަސް އެއީ އަދި ގޭގެ ތެރޭގައި ހުރެގެން މަސައްކަތް ކުރެވޭނެ އިންތިޒާމުތަކެއް ހަމަޖެހިގެން ދާނެ. އެހެންވީމަ އެއް އަހަރު ދުވަހަށް މުއްދަތު އިތުުރު ކުރެވެނީ މިއީ،" އަމީން ވިދާޅުވި އެވެ.

ގުރައިދޫގައި ބޭއްވި ބައްދަލްވުމުގައި އަމީން ވާހަކަފުޅު ދައްކަވަނީ

އަމީން ވިދާޅުވީ ގާސިމްގެ ވެރިކަމެއް ގައި އަލަށް އުފަންވާ ކޮންމެ ކުއްޖަކަށް 5،000 ގެ އިނާޔަތެއް ދެއްވާނެ ކަމަށެވެ. އަދި އަންހެނުންނަށް ހަމަހަމަ ފުުރުސަތު ފަހިކޮށް ދިނުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އެ ގޮތުން މަޖިލީހާއި ސިޔާސީ މައިދާނު ގައި އަންހެނުންގެ ނިސްބަތް ވަރަށް ބޮޑަށް އިތުރު ކުރައްވާނެ ކަމަށެވެ.

މީގެ އިތުުރުން އަނިޔާ ލިބޭ އަންހެނުންނަށް އިންސާފު ހޯދާ ދިނުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އަމީން ވިދާޅުވި އެވެ.

މީގެ އިތުރުން ފަގީރުންނަށް ދޭ އެލަވަންސްއެއް ތައާރަފު ކުރުމާއި އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނާޔަތް 7،000 ރުފިޔާއަށް އިތުރު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

1
450
ސިޔާސީ އަލިބެ
1 year ago

ތިހެން ވައުދު ވި މިދިޔަ ބުރު އެމްޑީޕީން ވެސް. އަންހެނުން ވިހައިގެން ހާލަތު ހުރިގޮތުން ފިރިމީހާ ޗުއްޓީއަށް އެދިގެން ޗުއްޓީ ނުދިން ވާހަކަވެސް މަޝްހޫރުވީ އިހަކަށްދހުވަހު

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.