ދެ އޮޑީގައި ނުހުންނެވޭނެ، ކެރިގެން މަގާމަށްޓަކާ ވަޑައިގަންނަވާ

"މައުސޫމް ވެސް ގާސިމް އަރިހުން ހުރިހާ މޮޅެއް ހޯއްދަވާފަ އެންމެ ފަހު ވަގުތު ވަޒީރު ކަމުގެ މަގާމަށްޓަކައި އެވަޑަައިގަތީ. އެހެންވީމަ ހުސައިން ވެސް ދެ އޮޑީގައި ދެ ފައި އަޅުއްވައިގެން ނުހުންނަވާ ސާފުކޮށް ވިދާޅުވެފައި މަގާމަށްޓަކާ ގާސިމް ދޫކޮށްލައްވަންވީ. އަޅުގަނޑުމެންގެ މައްސަލައެއް ނެތް،"

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް (މ) މިނިސްޓަރު އައިޝަތު ނަހުލާ (ކ) މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަަސަން (ވ)

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރު ޑރ. ހުސައިން ރަޝީދު ހަސަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ޖަލްސާއެއް ގައި ބަައިވެރިވެވަޑަައިގަތުމުން ހުންނެވި ގޮތް ސާފުކޮށް ދޭން އެދި ހުސައިނަށް ޖުމްހޫރީ ޕާޓީން ފާޑު ކިޔަައިފި އެވެ.

ހުސައިން ވަނީ ތ. ތިމަރަފުށީގައި މިރޭ ބޭއްވި ރައީސް ސޯލިހްގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ. އޭނާ އިންނެވީ ވެސް ޖަލްސާގެ އެންމެ ކުރީ ސަފުގައެވެ.

ރިޔާސީ އިންތިހާބު ގައި ގާސިމް ވާދަކުރަން ފެންނަ ކަމަށް ނިންމީ ހުސައިންގެ ވެސް ވޯޓާއެކު ގައެވެ. އަދި އިންތިހާބާ ގުޅޭގޮތުން އެ ޕާޓީން ބޭއްވި ބައްދަލްވުންތަކުގައި ވެސް ހުސައިން ގެންދެވީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

އެންމެ ފަހުން އޮތް އެ ޕާޓީގެ ގައުމީ ޖަލްސާގައި ނާއިބު ލީޑަރު ކަމަށް ވާދަކުރެއްވި ނަމަވެސް ހުސައިން އެ މަގާމަށް އިންތިހާބު ކުރަން ގައުމީ ޖަލްސާގެ މެންބަރުންނަކަށް ފެނިވަޑައެއް ނުގަތެވެ. ނާކާމިޔާބުވެވަޑަައިގަތަސް ހުސައިން ވަނީ ގާސިމާއި ޖުމްހޫރީ ޕާޓީއާއެކު ހުންނެވިކަން ހާމަ ކުރައްވާފައެވެ.

ނަމަވެސް މި ފަހުން ޖޭޕީގެ ހަރަކާތްތަކުގައި އޭނާ ބައިވެރިވެވަޑައެއް ނުގަންނަވައެވެ. ގާސިމްގެ ރަނިންމޭޓް އިއްޔެއާ މިއަދު ތ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވެވަޑައިނުގެން ހުސައިން ވަނީ ރައީސްގެ ކެމްޕެއިނަށް ތ އަތޮޅަށް ވަޑައިގެންފައެވެ.

އެކަމާ ގުޅޭގޮތުން ހުސައިންގެ ބަހެެއް ނުލިބެއެވެ. ޖޭޕީގެ އިސް ބޭފުޅަކު ވަނީ މަގާމަށްޓަކައި ޕާޓީ ދޫކޮށްލާނަމަ ހިތްވަރު ހުންނަން ވާނެ ކަމަށް ވިދާޅުވެ ހުސައިންނަށް ފާޑު ވިދާޅުވެފައެވެ. އަދި ވިދާޅުވީ އެހެން ބޭފުޅުން ފަދައިން ކޮންމެވެސް އެއްކޮޅެއްގައި ހުންނެވުމަށެވެ.

"މައުސޫމް ވެސް ގާސިމް އަރިހުން ހުރިހާ މޮޅެއް ހޯއްދަވާފަ އެންމެ ފަހު ވަގުތު ވަޒީރު ކަމުގެ މަގާމަށްޓަކައި އެވަޑަައިގަތީ. އެހެންވީމަ ހުސައިން ވެސް ދެ އޮޑީގައި ދެ ފައި އަޅުއްވައިގެން ނުހުންނަވާ ސާފުކޮށް ވިދާޅުވެފައި މަގާމަށްޓަކާ ގާސިމް ދޫކޮށްލައްވަންވީ. އަޅުގަނޑުމެންގެ މައްސަލައެއް ނެތް،"

ޖޭޕީން ބުނި ގޮތުގައި ގާސިމަށް އެންމެ މުހިންމު ވަގުތު ހުސައިން އެފަދަ ގޮތަކަށް އަމަލު ކުރުމަކީ "ގޮތެއް" ނެތް ކަމުގެ މިސާލެކެވެ.

ގާސިމްގެ ވަރަށް ބޮޑު އެހީތެރިކަމެއް ހުރިހާ ގޮތަކުން ލިބިވަޑައިގެންފައިވާ ހުސައިން ރަަޝީދު މި ސަރުކާރުގައި މިނިސްޓަރު ކަން ދެއްވެވީ ވެސް ގާސިމްގެ އެދިވަޑައިގަތުމަކަށެވެ.

ގާސިމްގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިވަޑައިގެންނެވި ޑރ. މައުސޫމް ވެސް ވަނީ މަގާމުގައި ހުންނެވުމަށް ނިންމާ ޖުމްހޫރީ ޕާޓީން ވަކިވެވަޑަައިގެން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

ޖޭޕީގެ ސްލޮޓްގައި ވަޒީރަކަށް ދެން ހުންނެވީ ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އެވެ. އޭނާ ގެންދަވަނީ ވަރަށް ބުރަކޮށް ގާސިމްގެ ކެމްޕެއިން ގައި ބުރަކޮށް މަސައްކަތް ކުރައްވަމުންނެވެ.

ކޮމެންޓް

4
450
މަރާން
1 year ago

ގާސިމު އަޅާ ލާނެ ކަމެ ނެެތް.ގާސިމަ ކީ މިކަހަލަ ކިތަންމެ ބަޔަކު މީހުންނަށްހަދާދީފަ ވާމީހެއް.

ނަންނި
1 year ago

މީ ދޯ އެހޯދާ ހަސަނަކީ. " މުޅި އޮޑިގައި ހަސަނުގެ ދެފައި"، / ހަސަނަށް ހީވާނެ ފުޅައްބުޑުން ދަންޏާ ކެޔޮގަނޑު ކަނޑާލަފާނެ އެ. ހަހހަހަހހ އަދި ކޮބާ " ތުނޑު ހަސަނު" ތީ ހަމަ ރެޓެއް.

ލިޔާޒް ވަހީދު
1 year ago

(ޖޭޕީން ބުނި ގޮތުގައި ގާސިމަށް އެންމެ މުހިންމު ވަގުތު ހުސައިން އެފަދަ ގޮތަކަށް އަމަލު ކުރުމަކީ "ގޮތެއް" ނެތް ކަމުގެ މިސާލެކެވެ.) މި އީ އަބަދުވެސް ގާސިމަށް މީހުން ހަދާގޮތް. މިހާރު އަންނި އަށްވެސް އެހެން އެހަދަނީ. އިހްލާސްތެރި މީހަކު ނޫޅެ.

އެގްރިކައްޓަލަ
1 year ago

އަބަފުވެސް ގާސިމް މީހުނަށް ފައިސާ ދޭ ވާހަކަ ދައްކައި ކަލަގޮވުމުގެ ހައްދެއް ވެސް އޮންނަންވާނެ. ސިޔާސީ މީހުނަކީ އައިސް ގޮސް ވާ ބައެއް.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.