އެ ތިން ބޭފުޅުންނަށް ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ވަހީދު ސޮއިކުރައްވާ ފޮނުވާފައިވަނީ ސިޓީގައި ވަނީ ރައީސް ސޯލިހް އެ ބޭފުޅުން މަގާމުން ވަކިކުރައްވާފައިވާކަން އަންގަވާ ކަމަށް ވިދާޅުވެފައެވެ.
މަގާމުން ވަކިކޮށްފައި ވަނީ ފޮނަދޫ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި ހަސަން ހަލީލް އާ ހައުސިން މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވްގެ މަގާމުގައި ހުންނެވި މުހައްމަދު ހަނީފްއާ ހެލްތް މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ގެ މަގާމުގައި ހުންނެވި އިބްރާހިމް ސިނާޒެވެ.
އެ ތިން ބޭފުޅުންނަށް ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ވަހީދު ސޮއިކުރައްވާ ފޮނުވާފައިވަނީ ސިޓީގައި ވަނީ ރައީސް ސޯލިހް އެ ބޭފުޅުން މަގާމުން ވަކިކުރައްވާފައިވާކަން އަންގަވާ ކަމަށް ވިދާޅުވެފައެވެ.
އެނގިފައިވާ ގޮތުގައި މިއަދު މަގާމުން ވަކިކޮށްފައިވަނީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖާ ގާތް ގުޅުމެއް އޮންނަ ބޭފުޅުންނެވެ. އިތުރު ބޭފުޅުންތަކެއް އަދި ވަކި ކުރާނެ ކަމަށް ވެސް އެނގިފައިވެއެވެ.
މޫސާ ސިރާޖު ވަނީ ރައީސް ސޯލިހާއެކު ހުންނެވުމަށް ފަހު އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. އަދި ރައީސް ސޯލިހްގެ ބަދަލުގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު އެންޑޯސް ކުރައްވާ ކެންޕެއިނަށް ވަނީ ނިކުންނަވާފައެވެ. މޫސަ ވިދާޅުވި ގޮތުގައި ފޮނަދޫ ދާއިރާއިން 200 ވުރެ ގިނަ މީހުން މިހާރު ވަނީ އެމްޑީޕީން ވަކިވެފައެވެ.