ގާސިމްގެ ވެރިކަމެއްގައި ބޭސްފަރުވާއަށް ސަލާން ޖެހުން ހަގީގީ މާނާގައި ނިމުމަކަށް ގެންނާނެ: އަމީން

"މި ބޭފުޅުންނަކަށް ނޭންގުނު މި އާސަންދަ ރައްޔިތުން ބޭނުންވާ ގޮތުގައި ހެޔޮ ގޮތުގައި މި ހިދުމަތް ދޭކަށްވެސް. އަދި ނުވިތާކަށް އޭގެ ތެރެއިން ނާޖައިޒު ފައިދާ ނަގަމުން މި ގެންދަނީ،"

އަމީން އިބްރާހިމް މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ: ގާސިމްގެ ވެރިކަމެއް ވާނީ އުންމީދީ ވެރިކަމަށް ކަމަށް ވިދާޅުވި

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ވެރިކަމެއްގައި ބޭސްފަރުވާއަށް ސަލާން ޖެހުން ހަގީގީ މާނާގައި ނިމުމަކަށް ގެންނަވާނެ ކަމަށް އެމަނިކުފާނުގެ ރަނިންމޭޓް ޑރ. އަމީން އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

އަމީން މިހެން ވިދާޅުވީ ތ. ވޭމަންޑޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުނެވެ.

އަމީން ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ކަމެއް ކޮށްދެއްވަން ވައުދުވެވަޑައިގަންނަވާއިރު އެ ބޭފުޅެއްގެ މާޒީއަށް ބަލަން ޖެހެ އެވެ. ގާސިމްގެ މެނިފެސްޓޯގައި ބޭސްފަރުވާއަށް ސަލާން ޖެހުން ނައްތާލާ ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ދިވެހީންނަށް ބޭސްފަރުވާ ކަށަވަރު ކޮށްދެއްވުމަށް ހިމަނުއްވާފައިވާކަން އަމީން ފާހަގަ ކުރެއްވި އެވެ.

މިހާރު ހިނގަމުންދާ ސަރުކާރު ގެނައީވެސް ރައްޔިތުންނަށް އޮތް ބޭސްފަރުވާއަށް ސަލާން ޖެހުމުގެ ތަކުލީފު ނައްތާލުމަށް ކަމަށާ ނަމަވެސް އޭގެ ބަދަލުގައި ބޭސް ފަރުވާއަށް ސަލާން ޖެހުން ވީ އިތުރު ކަމަށް އަމީން ވިދާޅުވި އެވެ. އޭގެ ބަދަލުގައި އާސަންދަ އަކީ ވަކި ބަޔަކު ނަހަމަ ގޮތުގައި ފައިސާ ހޯދަން ބޭނުންކުރާ ވަސީލަތަކަށް ހަދާފައިވާ ކަމަށް ވިދާޅުވި އެވެ.

"މި ބޭފުޅުންނަކަށް ނޭންގުނު މި އާސަންދަ ރައްޔިތުން ބޭނުންވާ ގޮތުގައި ހެޔޮ ގޮތުގައި މި ހިދުމަތް ދޭކަށްވެސް. އަދި ނުވިތާކަށް އޭގެ ތެރެއިން ނާޖައިޒު ފައިދާ ނަގަމުން މި ގެންދަނީ،" 

އަމީން އިބްރާހިމް މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ: ގާސިމްގެ ވެރިކަމެއް ވާނީ އުންމީދީ ވެރިކަމަށް ކަމަށް ވިދާޅުވި

އަމީން ވިދާޅުވީ ވަށާ ޖެހޭ ފުރިހަމަ ނިޒާމެއްގެ ދަށުން ބޭސްފަރުވާ ކަށަވަރު ކޮށް ދިނުމަށް ގާސިމް ވައުދުވެވަޑައިގަންނަވާއިރު މީގެ އެތައް އަހަރެއް ކުރީން އެމަނިކުފާނު ވަނީ އެ މަަސައްކަތްޕުޅު އަމިއްލަފުޅަށް ފައްޓަވާ އެކަން ކަށަވަރު ކޮށް ދެއްވާފައި ކަމަށެވެ.

ގާސިމް އަމިއްލަފުޅަށް މާކުރީން އާސަންދަ ވަނީ ފައްޓަވާފައިވަ ކަމަށާ އެއް ފަހަރާ 300 އެއްހާ ދިވެހީން އިންޑިއާއަށް ބައިތިއްބާ ވަށާޖެހޭ ގޮތަކަށް ބޭސްފަރުވާ ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަވައި ދެއްވި ކަމަށް އަމީން ވިދާޅުވި އެވެ. އެމަނިކުފާނަށް ސަރުކާރު ހިންގެވުމުގެ ފުރުސަތު ލިބިވަޑަައިގެންފިނަމަ އެކަން މާބޮޑަށް ވެސް ރަނގަޅަށް ކުރައްވާ ހަގީގީ މާނާގައި ބޭސް ފަރުވާއަށް ސަލާން ޖެހުން ނައްތާލާނެ ކަމަށް ވިދާޅުވި އެވެ.

ދިވެހީންގެ ފައިސާކޮޅު ރައްކާކޮށްދޭނެ

މިރޭގެ ޖަލްސާގައި އަމީން ވަނީ ބެންކުތަކުގައި ހުންނަ ދިވެހި ރައްޔިތުންގެ ފައިސާ ވާނުވާ ނޭންގި ގެއްލޭ މައްސަލަ ބޮޑުވެފައިވާތީ އެކަމާއި ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާފައެވެ. އަމީން ވިދާޅުވި ގޮތުގައި އެކަމުގެ ކަންބޮޑުވުމުގައި އެތައް ޒުވާނަކު އެބަ ތިއްބެވެ.

ޖޭޕީގެ ވެރިކަމެއްގައި އެފަދަ އެއްވެސް ކަމެއް ކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

"ލާހިކު ކުޅަދާނައެއް ނޫން އަޅުގަނޑުމެންގެ ވެރިކަމެއްގައި މި ސަކަރާތެއް ޖަހާކަށެއް. ރައްޔިތުން އެކައުންޓްގައި ހުރި ރައްޔިތުންގެ ފައިސާ އެ މީހުންނަށް ހަމައަށް ރައްކާތެރިކޮށް ބަލަހައްޓައިދޭން ޖެހޭނެ. ގެއްލިއްޖެ ކަމަށް ވަނީ ވިއްޔާ އެ ޒިންމާ ކޮންމެ ބެންކަކުން ވެސް ޖެހޭނީ ނަގަން،"

އަމީން ވިދާޅުވީ ގާސިމް ހުށައަޅުއްވަނީ ވަށާޖެހޭ މެނިފެސްޓޯއެއް ކަމަށާ ކޮންމެ ކަމެއް ކުރާނެ ގޮތާއި ހައްލު ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ.

މިރޭގެ ޖަލްސާ ގައި އަމީން ވަނީ ވޭމަންޑޫ މީހުން އެންމެ ބޭނުންވާ އެއް ކަމަކީ ބިން ހިއްކުން ކަން ފާހަގަ ކުރައްވާ ޖޭޕީގެ ވެރިކަމެއްގައި އެކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް

1
450
ފިކުރީ
1 year ago

އެންމެ ފަހަރަކު އަޅުގަނޑު ދިޔައީ ގާސިމް ކައިރި އަށް ބޭސްފަރުވާ އަށް އެހީއަށް، ވަރަށްދީލަތި. މިއަދު އަަަޅެގަނޑު މިހެން މިހުރެވެނީ ގާސިމްގެ ދީލަތި އެހީގެ ސަބަބުން. އަޅުގަނޑު ދުވަހަކުވެސް ހަނދާން ނުނެތޭނެ އެދުވަހެއް، އަބަދުވެސް އަޅުގަނޑު ގެ ވޯޓް ގާސިމްއަށް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.