މައުސޫމް، ޖޭޕީން ވަކިވަޑައިގެންނެވީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ. އަދި މިރޭ ވަނީ އެމްޑީޕީއަށް ސޮއި ކުރައްވާ މެންބާޝިޕް ފޯމް އެ ޕާޓީގެ އިސް ލީޑަރު / ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ހަވާލު ކުރައްވާފައެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް، އޭނާ ނިސްބަތްވި ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތުމަށް ފަހު މިރޭ އެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ.
މައުސޫމް، ޖޭޕީން ވަކިވަޑައިގެންނެވީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ. އަދި މިރޭ ވަނީ އެމްޑީޕީއަށް ސޮއި ކުރައްވާ މެންބާޝިޕް ފޯމް އެ ޕާޓީގެ އިސް ލީޑަރު / ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ހަވާލު ކުރައްވާފައެވެ.
މައުސޫމް މީގެ ކުރީން ވަނީ އެއްވެސް ޝަރުތަކާ ނުލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވާފައެވެ.
ރައީސް މައުމޫންގެ ސަރުކާރުގައި ވެސް ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި މައުސޫމަކީ ގާސިމުގެ ވަރަށް ގާތް އަދި ގާސިމްގެ އެހީ ވަރަށް ބޮޑަށް ލިބި ވަޑައިގެންފައިވާ ބޭފުޅެކެވެ. ގާސިމް ބޭނުންފުޅު ވެގެން މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި މައުސޫމް ގާސިމްގެ ސަން އައިލެންޑް ރިސޯޓުގެ މެނޭޖަރު ކަން ވެސް ޒަމާންތަކެއް ވަންދެން ކުރެއްވި އެވެ.
މައުސޫމް ސިޔާސީ ކެރިއަރު ފެއްޓެވީ ރައީސް މައުމޫނާއެކު ޑީއާރުޕީންނެވެ. އޭގެ ފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތެވެ. އެ ޕާޓީގެ ނާއިބު ރައީސްކަން ވެސް ވަނީ ކުރައްވާފައެވެ.
ދުވަހެއް ދުވަހަކަށް އެމްޑީޕީ ފުޅާވެ ތައުލީމީ ގާބިލް ބޭފުޅުން ޕާޓީ އާއި ގުޅިވަޑައިގަތުމަކީ ދެންތިބި މީހުން ވެސް ގޮތްދޫކޮށް ވަޑައިގަންނަވަންވީ ކަމުގެ ސަބަބެއް ނޫންތޯ. އިންޝާﷲ އިބޫ އެއްބުރުން
މަ ހިތައްއަރާ ލަދު ހަޔާތުން ކުޑަމިންވަރެއްވެސް މައުސޫމް ގައިގަ ނެތީބާއެ، ޗޮސް ޗޮސް
ވިކިފަ ، ވިކި ހުސްވެފަ. ދައްކަވަން ހުރި ތަނެއް ދައްކަވާފަ ނޫނީ ނުގެންދަވާނެ.