ސްޓާލިންކް ރާއްޖެއަށް | ހިދުމަތް ފަށަން މިލިއަން ޑޮލަރުގެ ވިޔަފާރިއެއް

ސްޓާލިންކް ފަށަން ލައިންސް ދިން ކުންފުނީގެ މައުލޫމާތެއް އިކޮނޮމިކް މިނިސްޓްރީގެ ކުންފުނި ޑައިރެކްޓަރިއަކު އަދި ނެތެވެ.

ސްޓާލިންކް ހިދުމަތް ފަށަން އިލޮން މަސްކުގެ ސްޕޭސް އެކްސް ކުންފުންޏަށް ލައިންސް ދެނީ -- ކޭމް

ހިދުމަތް ފަށާ ކުންފުނީގެ މައުލޫމާތު ސަރުކާރުން ހާމައެއް ނުކުރެ 

ބިލިއަނަރު އަދި ސްޕޭސް އެކްސް އަދި ޓުވިޓަރުގެ ބާނީ މަސްކްގެ އިންޓަނެޓު ކުންފުނި ސްޕޭސް އެކްސްގެ އިންޓަނެޓުގެ ހިދުމަތް ފަށަން އިއްޔެ ވަނީ ރާއްޖެ އަށް ހުއްދަ ދީފަ އެވެ. މި ހުއްދަ ދީފައިވަނީ މި ހިދުމަތް ފަށަން ރާއްޖޭގައި ކުންފުންޏެއް އުފައްދައިފި އެވެ. 

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް ފަށަން ހުއްދަ ދީފައިވަނީ ސްޓާލިކްސް ސާވިސް މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ. ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގެ ހެޑް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއް މި ކުންފުންޏަށް ދިން ލައިންސްއާ ސަރުކާރުގެ ފަރާތުން ހަވާލުވީ ޓެކްނޮލޮޖީއާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ އެވެ. ބިލިއަނަރު އެލޮންމަސްގެ ސްޓާލިންކް ކުންފުނީގެ ފަރާތުން ހުއްދައިގެ ލިޔުން އެރުވީ ސްޕޭސް އެކްސްގެ ސީނިއާ ޑިރެކްޓަރު ގްލޯބަލް ލައިސަންސިން އެންޑް އެކްޓިވޭޝަން، ރަޔަން ގުޑްނައިޓްއާ އެވެ. މިއީ ސާކު ސަރަހައްދުގެ ގައުމަކުން މި ލައިންސް ލިބުނު ފުރަތަމަ ގައުމެވެ. 

އަގު ބޮޑު ވިޔަފާރިއަށް ކުންފުންޏެއް

މި ހިދުމަތް ރާއްޖޭގައި ފަށާނެ ސީދާ ތާރީހެއް ސަރުކާރުން އިއުލާނުކޮށްފައެއް ނުވެ އެވެ. އަދި ސަރުކާރުން މި ހިދުމަތް ދޭން ލައިސަންސް ދީފައިވާ ސްޓާލިކްސް ސާވިސް މޯލްޑިވްސް މައުލޫމާތެއް އިކޮނޮމިކް މިނިސްޓްރީގެ ކުންފުނި ޑައިރެކްޓްރީއަށް މިހާތަނަށް އަޕްޑޭޓްކޮށްފައެއް ނުވެ އެވެ. އެހެންވެ މި ކުންފުންޏަކީ ސަރުކާރު ކުންފުންޏެއް ތޯ ނުވަތަ އަމިއްލަ ޕްރައިވެޓް ކުންފުންޏެއްތޯ އެނގޭނެ ގޮތެއް ނެތެވެ. އަދި އެތައް މިލިއަން ޑޮލަރެއްގެ އަގުހުރި މި ވިޔަފާރި ރާއްޖޭގައި ފަށާ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބީ ކޮންބައެއް ކަމެއްވެސް އެނގޭކަން ނެތެވެ. އަދި މި ހިދުމަތް ހޯދަން ލައިސަންސްގެ ގޮތުގައި ސަރުކާރުން އެއްވެސް ފައިސާއެއް ދިން ކަމެއް ވެސް ނޭނގެ އެވެ. 

ސްޓާލިންކް ހުއްދަ ދިނުމާ ހަމައަށް

  •  12، މެއި 2021 - ރާއްޖޭގައި ސްޓާލިންކް މަނާ ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ސަރުކާރުން ބުނުން
  •  13، ފެބްރުއަރީ 2022 - ސްޓާލިންކް ފަށަން ސްޕޭސް އެކްސްއާއެކު މަޝްވަރާ ކުރުން
  •  7، މާރިޗު 2022 - ސްޓާލިންކް ފަށަން އިތުރަށް މަޝްވަރާ ކުރާ ކަމަށް ބުނި
  •  24. އޮކްޓޫބަރު 2023 - ކުންފުންޏެއް ހަދައި ލައިންސް ހަވާލު ކުުރުން

ރާއްޖޭގެ ހަތަރު ވަނަ އިންޓަނެޓު ޕްރޮވައިޑަރު

ސްޕޭސް އެކްސްއަށް ހިދުމަތް އިންޓަނެޓު ދޭން ލައިންސަސް ދިނުމާއެކު މިއީ ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ދޭން ލައިންސް ދޭ ހަތަރު ވަނަ ކުންފުންޏެވެ. މި ހިދުމަތާއެކު އިންޓަނެޓުގެ ހިދުމަތަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ސަރުކާރުން އުންމީދު ކުރެ އެވެ. 

ސްޕޭސް އެކްސް / ސްޓާލިންކަށް ނަޒަރެއް - އެމެރިކާގެ ނުފޫޒުގަދަ ބިލިއަނަރު އަދި ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަރު އީލޮން މަސްކްގެ ސްޕޭސް އެކްސް ކުންފުނިން ސްޓާލިން އިންޓަނެޓުގެ ހިދުމަތް ދޭން 4،000 އަށްވުރެ ގިނަ ސެޓެލައިޓް ކައުނުގެ ތެރެއަށް އަރުވާފައިވެ އެވެ. މި ހިދުމަތް މިހާތަނަށް 40 އަށްވުރެ ގިނަ ގައުމުގައި ދެމުންދެ އެވެ. ރާއްޖެއަކީ މި ހިދުމަތްދޭން ލައިންސް ލިބުނު މި ސަރަަހައްދުގެ ފުރަތަމަ ގައުމެވެ. ސްޓާލިންކް އިންޓަނެޓު ހިދުމަތް ސިކުންތަކު 50-150 މެގަބިޓް ސްޕީޑުގައި ދޫކުރެ އެވެ. މި ސްޕީޑުގައި ދިން ނަމަވެސް ހިދުމަތް އެއްކޮށް ކެނޑޭ ވަގުތު ތަކެއް ވެސް ބައެއް ފަހަރު އާދެ އެވެ. މި ހިދުމަތް ލިބެނީ ހާއްސަ ޑިވައިސެއް މެދުވެރިކޮށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.